ސިޔާސީ ނުފޫޒުން ކުޅިވަރު އެސޯސިއޭޝަންތަަކަށް ފައިސާ ދޫކޮށްފައިވޭ: އޭސީސީ

Aug 19, 2026, 8:57 AM
ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓް އާންމު ކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: އޭސީސީ

ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓް އާންމު ކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން.--- ފޮޓޯ: އޭސީސީ

އަހަރީ ރިޕޯޓާއި މާލީ ރިޕޯޓްތައް އަދި ހުށަހަޅަންޖެހޭ ފޯމުތައް ހުށަނާޅާ ކުޅިވަރު އެސޯސިއޭޝަންތަކަށް ވެސް ސިޔާސީ ނުފޫޒުން ސަރުކާރުން ފައިސާ ދޫކޮށްފައިވާ ކަމަށް  ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި މިންވަރު ދެނެގަތުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތައްޔާރުކުރި ދިރާސާގެ ރިޕޯޓުގައި ބުނެފި އެވެ.

އޭސީސީން ބުނެފައިވަނީ، މި ދިރާސާގެ މައިގަނޑު މަގުސަދަކީ  ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ކުޅިވަރު ޖަމިއްޔާތަކުން ފައިސާ އަދި ފަންޑު ހޯދާ ގޮތާއި، މުދަލާއި ފައިސާ ބަލަހައްޓައި ޚަރަދުކުރާގޮތް ބަލާ ފަރާވެރިވެވޭނެ ނިޒާމެއް ކަނޑައެޅުން ކަމަށެވެ. އަދި، ކުޅިވަރު އިދާރާތަކާއި ޖަމިއްޔާތަކުގެ ގާނޫނީ އަދި މުއައްސަސީ އޮނިގަނޑު އެކުލެވިފައިވާ ގޮތް ދެނެގަނެ އެކަންކަމުގައި ކޮރަޕްޝަނަށް އޮތް ހިރާސްތައް ދެނެގަތުމަށާއި، އިސްލާހުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެފަދަ މައްސަލަތައް ހައްލުކުރުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން ލަފާދިނުން ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ. 

މި ދިރާސާއަށް މަޢުލޫމާތު ހޯދުމަށްޓަކައި ކުޅިވަރު އިދާރާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މާލީ ނިޒާމާގުޅޭގޮތުން ލިބެންހުރި ލިޔެކިޔުންތައް މުރާޖަޢާކުރުމުގެ އިތުރުން، ކުޅިވަރު އިދާރާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ކަމާބެހޭ މުވައްޒަފުންގެ ފަރާތުން މަޢުލޫމާތު ހޯދިފައިވެ އެވެ.  މައްްސަލަތަކަށް އަލިއަޅުވާލައި އެކަން އިސްލާހު ކުރުމަށް އޭސީސީން ވަނީ މި ރިޕޯޓްގައި 18 ލަފާ ހިމަނައިފަ އެވެ.  

Advertisement

ކުޅިވަރު އެސޯސިއޭޝަންތަކުގައި މާލީ ކަންކަމުގައި ޖަވާބުދާރީ ކުރުމުވުން ހީނަރުވެފައިވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ. އެ ގޮތުން، ދައުލަތުގެ ބަޖެޓުންހަރަދުކުރާ ކުޅިވަރު ޖަމިއްޔާތަކަށް ފައިސާ ދޫކުރަނީ ހަތަރު ކުއާޓަރަކަށް ބަހާލައިގެން ކަމަށް ވާއިރު، ކޮންމެ އެސޯސިއޭޝަނަކަށް މަދުވެގެން އަހަރަކަށް ޖުމްލަ އެކު ފަސް ލައްކަ ރުފިޔާ ދޭ ގޮތަށް 2024 ވަނަ އަހަރު ވަނީ ހަމަޖައްސައިފަ އެވެ. މި ގޮތުން، މި ފައިސާ ދޫކުރުމުގައި ބަލަނީ އެސޯސިއޭޝަނެއްގެ ކުޑަ ބޮޑު މިނަށާއި އެ ކުޅިވަރަކީ އިންޑިވިޖުއަލް ނޫނީ ޓީމު ކުޅިވަރެއްތޯ އެވެ. 

ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ދޭ ލަފާގެ މަތިން ކޮންމެ ކުއާޓަރަކު އެއް ފަހަރު ކުޅިވަރު އެސޯސިއޭޝަނަށް ފައިސާ ދޫކުރުމަކީ ކުޅިވަރު އެސޯސިއޭޝަންގެ ޒިންމާ އެކެވެ. އަދި، ފައިސާ ހަރަދުކުރި ގޮތުގެ ރިޕޯޓް ނޫނީ ތަފްސީލީ މާލީ ބަޔާނެއް ހުށަހެޅުމަކީ އެސޯސިއޭޝަނުގެ ޒިންމާ އަކަށް ވީ ހިނދު، އެސޯސިއޭޝަން ތަކުން ހުށަހަޅާ މާލީ ބަޔާން މޮނިޓާކޮށް، ފިޔަަވަޅު އެޅުމަކީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ ޒިންމާ އެކެވެ. މީގެ އިތުރުން، ކުޅިވަރު އެސޯސިއޭޝަންތަކުން އަހަރީ ރިޕޯޓް ގަވާއިދުން ހުށަނާޅާއިރު، އެ ކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އޮންނަ، 500 ރުފިޔާ އިން ޖޫރިމަނާ ކުރެވޭ ގަވާއިދަށް އަމަލުކުރަމުން ނުދާ ކަމަށް ވެސް އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ. 

މި ރިޕޯޓްގައި ހިމަނާފައިވާ ކުޅިވަރާ ގުޅޭ ކަންކަމުގައި ގޮތް ނިންމުމުގެ މަރުހަލާގައި ބުނެފައިވަނީ، ސިޔާސީ ނުފޫޒުން ކުޅިވަރާ ގުޅޭ ކަންކަމުގައި ގޮތް ނިންމުމަކީ މި ރިޕޯޓް ހެދުމަށް ކުރި ދިރާސާ ތެރެއިން ފާހަގަކުރެވުނު ކަމެއް ކަމަށެވެ. 

"މި ގޮތުން،އެސޯސިއޭޝަންތަކަށް ފައިސާ ދޫކުރެވެނީ ޕްރޮޖެކްޓްތަކަށް ބަލައި ފާއިތުވި ކުއާޓަރުގައި އެ އެސޯސިއޭޝަނަކުން ހަރަދުކުރި ގޮތުގެ މާލީ ރިޕޯޓް ހުށަހެޅުމުން ކަމުގައި ވީ ނަމަވެސް އަހަރީ ރިޕޯޓާއި މާލީ ރިޕޯޓްތައް އަދި ހުށަހަޅަން ޖެހޭ ފޯމުތައް ހުށަނާޅާ އެސޯސިއޭޝަންތަކަށް ވެސް ސިޔާސީ ނުފޫޒުން ފައިސާ ދޫކޮށްފަައިވާކަން ހާމަވެ އެވެ،" ރިޕޯޓްގައި ލިޔެފައިވެ އެވެ. 

މީގެ އިތުރުން ދެން މި ކަމާ ގުޅޭ ގޮތުން ފާހަގަކޮށްފައިވާ އިތުރު މައްސަލަތަކަށް ބަލާއިރު، ކުޅިވަރު އެސޯސިއޭޝަނަކުން ވަޒީފާގެ ޒިންމާ އަދާނުކުރާ ފަރާތްރަކަށް އެސޯސިއޭޝަންގެ މުސާރަ މަހުން މަހަށް ހިނގާ ގޮތަށް ހަމަޖައްސާފައިވުމާއި ގުޅިގެން އޭސީސީން ތަހުގީގުކުރި މައްސަލައެއް ހިމެނޭ ކަމަށް ރިޕޯޓްގައިވެ އެވެ.

ބައެއް އެސޯސިއޭޝަންތަކުން އެންމެ ގިނައިން ވިޔަފާރި ކުރާ ތަނަކީ، އެސޯސިއޭޝަންގެ ރައީސް އަކަށް ހުރި ފަރތުގެ މަސްލަހަތު އޮންނަ ފިހާރައެއް ކަމަށް ވެސް އޭސީސީ އަށް ހުށަހެޅިފައިވާ މައްސަލައެއްގައި ވެ އެވެ. އަދި، މުބާރާތްތަކަށް ތައްޔާރުވުމުގެ ނަމުގައި ދަނޑުތައް މަރާމާތު ކުރުމުގައި ކޯޓޭޝަން ހޯދުމަކާ ނުލައި މަސައްކަތާ ނުބައްދަލު އަދަދަކަށް ފައިސާ ހަރަދުކޮށްފައިވާ ކަމުގެ މައްސަލަތަކާއި މި ގޮތަށް މަސައްކަތް ހަވާލުކުރާއިރު، އަމިއްލަ ނުނީ އާއިލާގެ ގާތް ފަރާތަކާއި މަސައްކަތް ހަވާލުކޮށްފައިވާކަން ވެސް އޭސީސީ އަށް ހުށަހެޅިފައިވާ ބައެއް މައްސަަލަތަކުން އެނގިފައިވެ އެވެ. 

ކުޅިވަރު އެސޯސިއޭޝަންތަކަށް ލިބޭ ހިލޭ އެހީ އާއި ސްޕޮންސަޝިޕް އަދި ޗެރިޓީގެ އިތުރުން ދެން ވެސް އެކި ގޮތްގޮތުން ލިބޭ ފައިސާ، އެ އެސޯސިއޭޝަންތަކުން ހަރަދުކުރާގޮތް ބަލައި، ފާރަވެރިވާނެ ނިޒާމެއް ނެތުމަކީ ވެސް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރަން ފުރުސަތު ލިބޭ ކަމެއް ކަމަށް ވެސް އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ. 

އެ ކަމަށް އަލި އަޅުވާލައި، ރިޕޯޓްގައި ބުނެފައިވަނީ، ހާލުގައި ޖެހިފައި ތިބި ބޭރުގެ ބަަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި އެސޯސިއޭޝަނަކުން ޗެރިޓީ ފުޓްބޯޅަ މެޗެއް ކުޅެ، އެކަމުން ލިބުނު ފައިސާ ހަރަދުކުރި ގޮތުގެ އެއްވެސް ތަފްސީލެއް އެނގެން ނެތް މައްސަލައެއް އޭސީސީ އަށް ހުށަހެޅުނު ކަމަށެވެ. އަދި، ޗެރިޓީން އެސޯސިއޭޝަނަށް ލިބުނު ފައިސާ ހަރަދުކުރިކަން އެނގޭނެ އެއްވެސް ލިޔުމެއް ފެންނަން ނެތްއިރު، އެސޯސިއޭޝަންގެ ބޭންކް އެކައުންޓަށް ވެސް އެ ފައިސާ ވަދެފައިނުވާއިރު، އެ އިވެންޓްގެ ހަރަދުތައް ކުރެވިފައިވާ ގޮތާއި އިވެންޓުން ލިބުނު ފައިސާ ލިޔެކިއުމުން ބެލެހެއްޓިފައިނުވާކަން އޭސީސީގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ. 

މި ކަންކަމަށް އޭސީސީން ހުށަހަޅާ މައިގަނޑު ލަފަޔަކީ، ކުޅިވަރު ޖަމިއްޔާތަކުގެ އިންތިހާބީ ނިޒާމް ހަރުދަނާ ކުރުމާއި އެސޯސިއޭޝަންތަކުގެ މަގާމުތަކަށް ނަޒާހަތްތެރި، ގާބިލްމީހުން އައްޔަންކުރުމާއި ކުޅިވަރު ޖަމިއްޔާ/އެސޯސިއޭޝަންތަކަށް ލިބޭ ފައިސާގެ ކަންކަން ބަރާބަރަށް ބެލެހެއްޓޭނެ ނިޒާމެއް ލިޔެކިޔުންތައް ހަމަކޮށް ކުރިއަށްގެންދިއުމުގެ އިތުރުން، ގަވާއިދުން އޮޑިޓްކޮށް، ފިޔަވަޅު އަޅަން ޖެހޭ ކަންކަމާ މެދު ގޮތެއް ނިންމާފައި އޮތުމެވެ. 

ކުޅިވަރާ ބެހޭ އެކިއެކި މުއައްސަސާތަކުން ކޮރަޕްޝަން މަދުކުރުމުގެ ގޮތުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސްޕޯޓްސް މިނިސްޓްރީ ގުޅިގެން، "ޕަޗަސް" ގެ ނަމުގައި 2024 ވަނަ އަހަރުގެ ޖުލައި މަހު ވަނީ ކެމްޕެއިނެއް ފަށައިފަ އެވެ. އެ އިވެންޓްގައި ވާހަކަ ދައްކަވަމުން، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވީ، ކުޅިވަރުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލުމަށްޓަކައި ހަރަކާތްތެރިކަމާ އެކު މަސައްކަތްތަކެއް ކުރަން އާ އަޒުމެއްގައި ކަންކަން ފެށިގެންދާތީ ހިތްހަމަޖެހޭ ކަމަށެވެ.

އެ އިވެންޓްގައި ވާހަކަ ދައްކަވަމުން، އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ފާއިތުވި ދެތިން، އަހަރު އެ ކޮމިޝަނުން ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅޭ ކޮރަޕްޝަންގެ އެކި މައްސަލަ ބެލިއިރު، އެ ކޮމިޝަނަށް ވެސް އާ ތަޖުރިބާތަކެއް ކުރެވި، މި ކަންކަން ރަނގަޅުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން، ބައިނަލްއަގުވާމީ ފެޑެރޭޝަންތަކާ މުއާމަލާތްކުރެވުނު ކަމަށެވެ. އަދި އެ ކަންކަމުގެ ތެރެއިން ގިނަ އާ ކަންތައްތަކެއް ދަސްވެގެން ދިޔަކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox