35 އަހަރުން މަތީގެ ވެލްބެކާއި ހެންޑަސަން އަށް ޗެލްސީން ދެ އަހަރުގެ ކޮންޓްރެކްޓެއް

Jul 29, 2026, 11:31 PM
ހެންޑަސަން އާއި ވެލްބެކް: ޗެލްސީ އަށް ވަރަށް އަވަހަށް ސޮއިކުރާނެ.

ހެންޑަސަން އާއި ވެލްބެކް: ޗެލްސީ އަށް ވަރަށް އަވަހަށް ސޮއިކުރާނެ.

ލަންޑަން (ޖުލައި 29) - ތިރީސް ފަސް އަހަރުން މަތީގެ ޖޯޑަން ހެންޑަސަން އާއި ޑެނީ ވެލްބެކް އަށް ޗެލްސީން ދެ އަހަރުގެ ކޮންޓްރެކްޓެއް ދޭން ނިންމައިފި އެވެ. 

މިއީ، ޗެލްސީ ހިންގުމާ މީގެ ހަތަރު އަހަރު ކުރިން،  އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ އިސްވެ އުފެއްދި ކޮންސޯޓިއަމް ހަވާލުވި ފަހުން، އެ ޓީމުން ސޮއިކުރާ އެންމެ ދުވަސްވީ ދެ ކުޅުންތެރިންނެވެ. 

ކުރިން ލިވަޕޫލްގެ ކެޕްޓަންކަން ކުރި ހެންޑަސަން، 36، ވަނީ އޭނާ އެންމެ ފަހުން ކުޅެމުން އައި އިނގިރޭސި ޕްރިމިއާ ލީގުގެ ބްރެންޓްފޯޑްގެ ކޮންޓްރެކްޓް ނިމުމަކަށް ގެނެސްފަ އެވެ. އަދި، އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު ވެލްބެކް، 35، ޗެލްސީ އަށް ބަދަލުވާއިރު، ޗެލްސީން އޭނާގެ ސޮއި ހޯދަން ބްރައިޓަން އަށް ފީ އެއް ދައްކާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

Advertisement

ވެލްބެކް އާއި ހެންޑަސަން ސޮއިކުރަން، ޗެލްސީގެ މެނޭޖްމަންޓުގައި އެދުނީ އެ ޓީމުގެ ކޯޗުކަމާ ހަވާލުވި، ބަޔާ ލެވަކޫސަނާއި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު، ޒަބީ އަލޮންސޯ އެވެ. ވެލްބެކް އާއި ހެންޑަސަން ގެންނަަ އެންމެ ބޮޑު ސަބަބަކީ، ކުރިއަށް އޮތް ސީޒަނަކީ ޗެލްސީ އަށް ޔޫރަޕްގެ އެއްވެސް މުބާރާތެއްގެ ފުރުސަތު ނެތް އަހަރަކަށް ވުމުން، ޑޮމެސްޓިކް މުބާރާތްތަކުގައި ކުޅޭއިރު، ސްކޮޑަށް ތަޖުރިބާ ހުރި ކުޅުންތެރިން. އިތުރު ކުރުމުގެ ގޮތުންނެވެ. 

އެ ގޮތުން، ހެންޑަސަން އާއި ވެލްބެކަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ދިން ނަމަވެސް، ކުރިއަށް އޮތް ސީޒަނަށް ފަހު، އެ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ އިހުތިޔާރު ދެ ފަރާތަށް ވެސް އޮންނާނެ އެވެ. 

ސަންޑަލެންޑުން ކެރިއަރު ފެށި ހެންޑަސަން ވަނީ ލިވަޕޫލަށް ކުޅުމުގެ އިތުރުން، ބްރެންޓްފޯޑާ ގުޅުމުގެ ކުރިން ސައުދީ ޕްރޯ ލީގުގެ އަލް އިއްތިފާގާއި ނެދަލެންޑްސްގެ އަޔަކްސް އަށް ކުޅެފަ އެވެ. އަދި، ވެލްބެކް ވަނީ ޔުނައިޓެޑާއި އާސެނަލް އަދި ބްރައިޓަންގެ އިތުރުން ޕްރިމިއާ ލީގުގައި ސަންޑަލެންޑާއި ވަޓްފޯޑަށް ވެސް ކުޅެފަ އެވެ. މިދިޔަ ސީޒަނުގައި ވެލްބެކް ވަނީ ޕްރިމިއާ ލިގުގައި 13 ގޯލު ޖަހައިފަ އެވެ. 

މި ފަހަރުގެ ޓްރާންސްފާގައި ޗެލްސީން ގެނައި ކުޅުންތެރިންނަށް ބަލާއިރު، ކަޒަކްސްތާންގެ ފޯވާޑް ޑަސްޓާސް ސަޓްޕައޭވް، ބްރެޒިލްގެ ވާތުބެކް ޑެނެއާ، ނެދަލެންޑްސްގެ ފޯވާޑް އެމަނުއެލް އެމެގާ، ޕޯޗުގަލްގެ ވިންގް ޖިއޮވާނީ ކުއެންޑާ، އިޓަލީގެ ވާތުބެކް މާކޯ ޕަލެސްޓްރާ އަދި އެސްޓަން ވިލާގެ މިޑްފީލްޑަރު މޯގަން ރޮޖާސް ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox