ކުލި ނުދައްކާ ރިސޯޓުތަކަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ ސަރުކާރުގެ އިންޒާރެއް

ޓްރާންސްޕޯޓް މިނިސްޓަރު އަހުމަދު އަމީން: ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ކުލި ނުދައްކާ ފަރާތްތަކާމެދު އަޅާނީ ކޮން ފިޔަވަޅެއްކަން ހާމައެއް ނުކުރޭ -- ފޮޓޯ: އަދަދު ފައިލް

ޓްރާންސްޕޯޓް މިނިސްޓަރު އަހުމަދު އަމީން: ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ކުލި ނުދައްކާ ފަރާތްތަކާމެދު އަޅާނީ ކޮން ފިޔަވަޅެއްކަން ހާމައެއް ނުކުރޭ -- ފޮޓޯ: އަދަދު ފައިލް

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނަށް ގަވާއިދާ އެއްގޮތަށް ކުލި ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ބުނެ ޓޫރިޒަމް މިނިސްޓްރީން އިންޒާރުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ހިންގަމުންދާ ތަންތަނާއި އެ މިނިސްޓްރީގެ ހުއްދަނެތި އޮޕަރޭޝަންތައް މެދުކަނޑާލައިފައިވާ ތަންތަނުގެ ތެރެއިން، އެއްބަސްވުމުގައި ވާގޮތަށް ކުއްޔާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ނަމަވެސް އެ ފަރާތްތަކަމެދު އަޅާނެ ފިޔަވަޅެއް ހާމައެއް ނުކުރެ އެވެ. ޓޫރިޒަމް ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުން ކޮންމެ ކުއާޓަރެއްގެ ކުި އެ ކުއާޓަރެއް ފެށުމުގެ ކުރިން ދައްކަންޖެހޭނެ އެވެ. ކުއާޓާރު ފެށުމުގެ ކުރިން އެ ފައިސާ ނުދައްކައިފިނަމަ، 0.0493 ޕަސެންޓުގެ ރޭޓުން ޖޫރިމަނާ އަރަމުންދާނެ އެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ފުރަތަމަ ކުއާޓާރުގައި ރިސޯޓު ކުލީގެ ގޮތުގައި ބަލައިގެންފައި ވަނީ 586 މިލިއަން ރުފިޔާ އެވެ. އެ ކުއާޓަރު ނިމުނުއިރު، ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހި ނުލިބި ހުރި ފައިސާގެ އަދަދު ވަނީ ހަ ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އެއީ އިންސައްތައިން ބަލާނަމަ، ޓެކުސް ނޫން އާމްދަނީން ދައުލަތަށް ނުލިބި ހުރި ފައިސާގެ 94.7 ޕަސެންޓެވެ.

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ކުލި ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ބުނެ ސަރުކާރުން އިންޒާރު ދީފައި މިވަނީ، ޑޮލަރުގެ އަގު އިންތިހާއަށް އުފުލި ތަކެތީގެ އަގު ބޮޑުވަމުންދާ ދަނޑިވަޅެއްގަ އެވެ.

އެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ދަނީ، އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގުމަށާއި ރާއްޖޭގައި ޕްރޮޖެކްޓުތައް ހިންގާ ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި ނަގާ އަދަދު ފަސް ޕަސެންޓުން 10 ޕަސެންޓަށް އިތުރުކުރުމަށް ގާނޫނަށް އިސްލާހުތަކެއް ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox