ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގާ ބިލު އެމްޑީޕީގެ ތާއީދާއެކު މަޖިލީހަށް ބަލައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަން ފެށުމުގެ ގޮތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް (ޖީއެސްޓީ ގާނޫނަށް) ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފި އެވެ.

އެ ބިލު މަޖިލީހަށް ބަލައިގަންނަން ފާސްކުރީ ވޯޓުގައި ބައިވެރިވި 70 މެންބަރުންގެ ތާއީދާއެކު އެވެ. އެ ބިލު މަޖިލީހަށް ބަލައިގަންނަން ނުފެންނަކަމަށް ވޯޓުދެއްވީ ކެޔޮދޫ ދާއިރާގެ މެންބަރު، މުހައްމަދު ނިއުޝާދު އެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހަޅުއްވާފައިވާ ބިލަށް އިދިކޮޅު އެމްޑީޕީން ތާއީދުކުރި ނަމަވެސް، އެ ބިލުގައި ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން އެ ޕާޓީގެ މެންބަރުން ވަނީ ފާހަގަކުރައްވައިފަ އެވެ.

Advertisement

އެގޮތުން، ގާނޫނުތައް ހަދައި، ގާނޫނުތައް އިސްލާހު ކުރާއިރު، އެކަމަށް އެކަށީގެންވާ ވަގުތު ދޭންޖެހޭކަން އެ މެންބަރުން ފާހަގަކުރެއްވި އެވެ.

"ބޮޑެތި ބަދަލުތަކެއް ގެންނައިރުގައި އޭގެ ސަބަބުން އަސަރަުކުރަނީ ކޮން ފަރާތްތަކަކަށްކަން، ކޮން ވިޔަފާރިތަކަކަށްކަން އެ ވިޔަފާރިތަކަށް އިއްޒަތްތެރި ރައީސް އެގެންޖެހޭ، އެ ވިޔަފާރިތަކަށް އެކަން ނޭނގޭ ކަމަށްވާ ނަމަ ކުދި، އަދި ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް. އެ ވިޔަފާރިތަކަށް ނޭނގި ކުރެވޭ ކަންތައްތަކެއްގެ ސަބަބުން އޭގެ ޖޫރިމަނާ ނުވަތަ އޭގެ ގެއްލުމާ ކުރިމަތިލާންޖެހޭ ހާލަތު ވަރަށް ގިނައިން އާދޭ،" މައުރޫފް ވިދާޅުވި އެވެ.

އޭގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް ބަދަލެއް އަންނަ ފަދަ އިސްލާހެއް ފާސްކުރުމުގެ ކުރިން އެ ދާއިރާގެ ބޭފުޅުންނާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަންޖެހޭ ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ.

މަސްވެރިކަމާއި ދަނޑުވެރިކަން ކުރިނާރުވާ، ފަތުރުވެރިކަން ފެލަމުން ގޮސް ދެން ނުކުންނާނީ ލޭ: އައްބާސް

އޭނާ ވިދާޅުވީ ފަތުރުވެރިކަމަށް އެކަނި ބަރޯސާވެ، އެ ސިނާއަތުން މާބޮޑަށް ޓެކްސް ނަގަމުންދާނަމަ އެ ދާއިރާ އިނދަޖެހިދާނެ ކަމަށާއި، އިގްތިސާދީ އެހެން ސިނާއަތްތައް ކުރިއަރުވަން ޖެހޭ ކަމަށެވެ.

އެ ބިލަށް ބަހުސްކުރައްވަމުން، ވެލިދޫ ދާއިރާގެ މެންބަރުން މުހައްމަދު އައްބާސް ވެސް ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތުގެ ގޮތުގައި މި ފަހަކާ ޖެހެންދެން އޮތް މަސްވެރިކަން ކުރި އެރުވުމަށް އެއްވެސް ސަރުކާރަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާތީ ކަންބޮޑުވާ ކަމަށެވެ.

"އަޅުގަނޑުމެން މިއަދު، ފަތުރުވެރިކަމާ ކުޅެން ވާހަކދައްކާއިރު އަޅުގަނޑުމެން މިއަދު ވަރަށް ބޮޑަށް ވިސްނާލަންޖެހޭ އިއްޒަތްތެރި ރައީސް، ފަތުރުވެރިކަން ގެރިއެއްގެ ކިރު ފެލާހެން އަޅުގަނޑުމެން ފެލަމުން ގޮސް ފަތުރުވެރިކަން ނެތޭ ހިސާބަށް އަޅުގަނޑުމެން ފުރުސަތު ދީގެން ނުވާނެ އިއްޒަތްތެރި ރައީސް، ދެން އަންނާނީ ލޭ،" އައްބާސް ވިދާޅުވި އެވެ.

ދިވެހިރާއްޖެއަށް ވަންނަ ހުރިހާ ޑޮލަރެއް ރާއްޖެއިން ބޭރަށް ދަނީ ކީއްވެތޯ ސުވާލުއުފައްދަވައި އައްބާސް ވިދާޅުވީ މީގެ ކުރިން ކޮންމެ ގެއެއްގައި ރާނާ ކުދިންނާއި ވަޑާންކުރާ ކުދިން އުފެދޭ ކަމަށެވެ. އެހެންނަމަވެސް، މިހާރު އެ ހުރިހާ މަސައްކަތެއް ކުރަން ގެންނަނީ ބޭރުން ބިދޭސީން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ޒުވާން ޖީލު މަސައްކަތުގެ މައިދާނަށް ނުކުމެގެން ރާއްޖޭގެ އިގުތިސާދު ރަނގަޅު ވާނީ، ރާއްޖޭގެ ޒުވާން ޖީލު މަސްވެރިކަމަށް ނުކުމެގެން ރަނގަޅު ވާނީ، ރާއްޖޭގެ ޒުވާން ޖީލު ދަނޑުވެރިކަމަށް ނުކުމެގެން ރާއްޖޭގެ އިގުތިސާދު ރަނގަޅު ވާނީ، ހަމައެކަނި ފަތުރުރިކަން ނަގާ ހޭއަރުވާލައިގެން ކަމަކު ނުދާނެ،" އައްބާސް ވިދާޅުވި އެވެ.

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައިވަނީ، ޖީއެސްޓީ ނެގޭނީ ރާއްޖޭގައި ވިއްކާ މުދަލުން ކަމަށް ގާނޫނުގައި އޮތް މާއްދާތައް ބަދަލުކޮށް، ރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭގޮތަށް އިބާރާތް ބަދަލުކުރަން ހުށަހަޅާފައެވެ. ހަމައެހެންމެ، ޖީއެސްޓީ ނެގޭ މުދަލަކީ ރާއްޖޭގައި ހިންގާ ވިޔަފާރިއަކުން ވިއްކާ މުދަލަށް ނުވަތަ ތަކެއްޗަށް ކަމަށް ބުނާ މާއްދާ، ދިވެހި ވިޔަފާރިތަކުގެ މައްޗަށް އެކަނި ހިނގާގޮތަށް އޮތްއޮތުން ބަދަލުކުރަން ވަނީ ހުށަހަޅާފައެވެ.

ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގާ ބިލަށް އެމްޑީޕީގެ ތާއީދު، އެދުނީ އަވަސް އަރުވާނުލައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން

ބޭރުގެ އޮންލައިން ބުކިން ޕްލެޓްފޯމްތަކާއި ޓްރެވަލް އެޖެންޓުންގެ އަތުން ޖީއެސްޓީ ނެގުމަށް ސަރުކާރުން ހުށަހެޅި ބިލަށް އިދިކޮޅު އެމްޑީޕީން ތާއީދުކޮށްފިއެވެ. ނަމަވެސް، މި ބަދަލުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި، އަވަސް އަރުވާނުލައި ކަމާބެހޭ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގަން ފެށުމުގެ ގޮތުން ގާނޫނަށް ގެންނަ ބަދަލުތަކުގައި ދިވެހިރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތަކީ ކޮބައިކަން މާނަކޮށްދީފައިވެއެވެ. އަދި ޓެކްސް ނެގޭނީ ކޮން ބާވަތެއްގެ ވިޔަފާރިއަކުން ހިންގާ ހަރަކާތްތަކަކުންކަން ވެސް ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ ތެރޭގައި ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުތައް ވަނީ ހިމަނާފައެވެ. އަދި ސަފާރީތަކުން ވިއްކާ ޗާޓަރު ދަތުރުތަކަށް އަމާޒުކޮށްގެން ޗާޓަރަކީ ކޮބައިކަން ވަރަށް ތަފުސީލުކޮށް ބަޔާންކުރަން ވެސް ބިލުގައި ހިމަނާފައިވެއެވެ.

ސަރުކާރުން ހުށަހަޅާފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ބަދަލުތައް ތަންފީޒުކުރަން ފަށައި، މިހާރުގެ ޓީޖީއެސްޓީ ރޭޓު ކަމުގައިވާ 17 ޕަސެންޓުގައި މި ބާވަތުގެ މުދަލުން ޓެކްސް ނަގަން ފަށާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox