ގާޒާގެ ސުލްހައަށް ޓްރަމްޕްގެ ހުށަހެޅުމާ މެދު މަޝްވަރާކޮށްފި

Aug 17, 2026, 8:00 AM
ފޮޓޯ: އޭއެފްޕީ

ފޮޓޯ: އޭއެފްޕީ

ގާޒާއަށް ސުލްހަ ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބުން އާދީއްތަ ދުވަހު ގާހިރާގައި މިސްރާއި ގަތަރު އަދި ތުރުކީގެ މެދުވެރިންނާ ބައްދަލުކުރައްވައިފި ކަމަށް ޑިޕްލޮމެޓިކް މަސްދަރަކުން ބުނެފި އެވެ.

މެދުވެރިންނާއި ޓްރަމްޕްގެ މަންދޫބުންނާ ދެމެދު ބޭއްވުނު ބައެއް ބައްދަލުވުންތަކުގައި ހަމާސްގެ އޮފިޝަލުން ބައިވެރިވެފައިވާ ކަމަށް އެ މަސްދަރުން މައުލޫމާތުދެ އެވެ. މި ބައްދަލުވުންތަކުގައި ޓްރަމްޕްގެ މަންދޫބެއްގެ ގޮތުން އެމަނިކުފާނުގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާ އާއި ގާޒާގެ ސުލްހައިގެ ކަންކަމާ ބެހޭ ޓްރަމްޕްގެ މަންދޫބު ނިކޮލާއި މިލަޑެނޯވް ބައިވެރިވެވަޑައިގެންނެވި އެވެ.

އިސްރާއީލުގެ އިސް އޮފިޝަލަކު ބުނި ގޮތުގައި، ކުޝްނާ އާއި މިލަޑެނޯވް ހޯމަ ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ނަތަންޔާހޫ ވަނީ ގާޒާގެ ސުލްހައަށްޓަކައި ޓްރަމްޕް އެންމެ ފަހުން ހުށަހެޅުއްވި މަގުޗާޓަކީ ބަލައިގަނެވޭނެ އެއްޗެއް ނޫން ކަމަށް އޮގަސްޓް 9 ވަނަ ދުވަހު ވިދާޅުވެފަ އެވެ.

އެ އޮފިޝަލް އިތުރަށް ވިދާޅުވީ، ހަމާސްއިން އެ ޖަމާއަތުގެ ބާރުތައް އަލުން ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައި، ގާޒާގައި ތިބި ހަމާސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ދޭ ހަމަލާތައް ހުއްޓާލުމަށް ވޮޝިންޓަނުން އެދެމުންދާތީ އެކަމާ މެދު އިސްރާއީލުން ކަންބޮޑުވާ ކަމަށެވެ.

ޓްރަމްޕްގެ ސުލްހައިގެ މަޝްރޫއުގައި ގޮވާލާފައިވަނީ ގާޒާގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް ވަގުތުން ހުއްޓާލުމަށެވެ. މި މަޝްރޫއުގައިވާ ގޮތުން، އިސްރާއީލުގެ ސިފައިން ގާޒާއިން ފައިބަމުންދާއިރު ހަމާސްއިން ހަތިޔާރު ބަހައްޓަން ޖެހޭނެ އެވެ. އަދި ފަލަސްތީނުގެ އާ މަދަނީ ސަރުކާރެއްގެ ދަށުން ގާޒާ އަލުން އާބާދުކުރުމަށް ވެސް މި މަޝްރޫއުގައި ހިމަނާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އަނިޔާވެރިކަން އިތުރުވަނީ

ހުޅަނގު އައްސޭރީގައި ޒައިތޫނި ބިންނަ މޫސުމާ ދިމާކޮށް، މޫނު ނިވާކޮށްގެން ތިބި ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ ދަނޑުވެރިންނަށް ހަމަލާދީ، އުޅަނދުތަކާއި ގަސްތަކުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މި ހަމަލާތަކުގައި 12 މީހަކު ޒަޚަމްވެފައިވާއިރު، އދ. އިން ހާމަކުރާ ގޮތުގައި މި އަހަރު ވަޒަންވެރިން ދޭ ހަމަލާތައް ވަނީ ނިސްބަތުން ވަރަށް ބޮޑަށް އިތުރުވެފައެވެ.

އިޒްރޭލްގެ ވަޒީރުންނާ ދެކޮޅަށް އިޓަލީން ތަހުގީގެއް

ގައްޒާއަށް އެހީ ހިފައިގެން ދިޔަ ބޯޓުތަކުގައި ތިބި އެކްޓިވިސްޓުންނަށް އަނިޔާކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، އިޒްރޭލުގެ ދިފާއީ ވަޒީރާއި އަސްކަރިއްޔާގެ އިސް ވެރިންނާ ދެކޮޅަށް އިޓަލީން ޖިނާއީ ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ހިންގަނީ އިޓަލީގެ 50 ރައްޔިތަކު ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން، ރަހީނުކުރުމާއި، ލާއިންސާނީ އަނިޔާ ދިނުމާއި، ޖިންސީ ގޯނާކުރުން ފަދަ ސީރިއަސް މައްސަލަތަކެއް ބެލުމަށެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ އިސްތިއުފާ ދެއްވައިފި

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކޭޓީ ޒަކަރިއާ، މަގާމާ ހަވާލުވިތާ ފަސް ދުވަސް ނުވަނީސް އިސްތިއުފާ ދެއްވީ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިމަތިވި ގޮންޖެހުންތަކާއި ފާޑުކިއުންތަކާ ގުޅިގެންނެވެ. އޭނާގެ ތައުލީމީ ފެންވަރާ މެދު ސުވާލު އުފެދިފައިވާއިރު، މިއީ ޓްރަމްޕްގެ ސަރުކާރުގެ އޮފިޝަލަކު މިހާ އަވަހަށް މަގާމުން ވަކިވި ފުރަތަމަ ފަހަރެވެ.

ޔަމަނުގެ ރިޔާސީ ގަނޑުވަރަށް ހަމަލާދީ ފަސް މީހަކު މަރާލައިފި

ޔަމަނުގެ އަދަނުގައި ހުންނަ ރިޔާސީ ގަނޑުވަރަށް ހޫތީން ދިން މިސައިލް ހަމަލާއެއްގައި ފަސް މީހުން މަރުވެ، ސޯޅަ މީހުން ޒަހަމްވެއްޖެއެވެ. މި ހަމަލާ ދިން ވަގުތު ބޮޑުވަޒީރާއި ވަޒީރުން ގަނޑުވަރުގައި ތިއްބެވި ނަމަވެސް، އެއްވެސް ބޭފުޅަކަށް އަނިޔާއެއް ނުވެއެވެ. ޔަމަނުގެ ސަރުކާރުން މި ހަމަލާ ކުށްވެރިކޮށް، ހޫތީންނާ ދެކޮޅަށް ކުރާ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށް ވަނީ ބުނެފައެވެ.

އިޒްރޭލުން އަލްޖަޒީރާގެ ނޫސްވެރިންނަށް ޖާސޫސުކޮށްފި

އިޒްރޭލުގެ ކުންފުނިތަކަކުން އުފެއްދި "ޒީރޯ-ކްލިކް" ސްޕައިވެއާ ބޭނުންކޮށްގެން އަލްޖަޒީރާގެ ނޫސްވެރިންގެ ފޯނުތަކުން މައުލޫމާތު ވަގަށްނަގައި ޖާސޫސުކޮށްފައިވާކަން ސިޓިޒަން ލެބުގެ ތަހުގީގަކުން ހާމަވެއްޖެއެވެ. އިޝްތިހާރުތަކެއް މެދުވެރިކޮށް ފޮނުވި މި ނުރައްކާތެރި ސޮފްޓްވެއާގެ ސަބަބުން، ފޯނުގައި ހުންނަ ޕާސްވޯޑްތަކާއި މެސެޖުތައް ނެގުމުގެ އިތުރުން ކެމެރާއާއި މައިކްރޯފޯން ބޭނުންކޮށްގެން އަޑާއި މަންޒަރު ރެކޯޑްކުރުމުގެ ފުރުސަތު ހަމަލާދިން ފަރާތްތަކަށް ލިބިފައިވެއެވެ.

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ސްކޫލެއްގެ ފުރާޅު ވެއްޓި 27 ކުދިންނާއި ޓީޗަރަކު މަރުވެއްޖެ

ޕާކިސްތާނުގެ ޕެޝާވަރުގައި ހުންނަ އަމިއްލަ ސްކޫލެއްގެ ފުރާޅު ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި 27 ދަރިވަރުންނާއި މުދައްރިސަކު މަރުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ. އިމާރާތުގެ ބައިތަކުގެ ދަށުގައި ތާށިވި ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުންދާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

Newsletter

Get the latest news delivered straight to your inbox