ނިއު ރޭޑިއަންޓް ބަލިކޮށް މާޒިޔާގެ ޗެރިޓީ ޝީލްޑް ރެކޯޑް ކުރިއަށް

Aug 1, 2026, 1:48 AM
އެފްއޭއެމް ޗެރިޓީ ޝީލްޑް ހަތް ވަނަ ފަހަރަށް ކާމިޔާބުކުރި މާޒިޔާ އިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

އެފްއޭއެމް ޗެރިޓީ ޝީލްޑް ހަތް ވަނަ ފަހަރަށް ކާމިޔާބުކުރި މާޒިޔާ އިން އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ޕެނަލްޓީ ޖަހައިގެން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށް، ސީޒަން ހުޅުވަން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ރެކޯޑް އިތުރަށް ފުރިހަމަަކޮށްފި އެވެ. 

މި ފަހަރުގެ ސީޒަން ހުޅުވަން ކުޅުނު މެޗުގައި މާޒިޔާ އިން ވަނީ ފަހަތުން އަރައި 3-3 އިން ނިއު ރޭޑިއަންޓާ އެއްވަރުކޮށްފަ އެވެ. މެޗުގެ ފުރިހަަމަ ވަަގުުތު ހަމަވިއިރު، އެއްވަރުވެފައި އޮތުމުން، ޕެނަލްޓީ ޖަހައިގެން ނަތިޖާ ނެރެން ޖެހުނެވެ. ޕެނަލްޓީގައި މާޒިޔާ 5-3 އިން މޮޅުވެ، ހަތް ވަނަ ފަހަރަށް ޗެރިޓީ ޝީލްޑް އުފުލާލި އެވެ. 

އެންމެ ގިނަ ފަހަރު ޝީލްޑް އުފުލާލުމުގެ ރެކޯޑް އޮތް މާޒިޔާ އިން ވަނީ 2015، 2016، 2017، 2021، 2023، 2025 އަދި 2026 ވަނަ އަހަރު ޗެރިޓީ ޝީލްޑް ހާސިލްކޮށްފަ އެވެ. 

ކަޕް ވިނާސް ކަޕް އުވާލުމަށް ފަހު، 2009 އިން ފެށިގެން ކުޅެން ފެށި ޗެރިޓީ ޝީލްޑް، ނިއު އިން ވަނީ ދެ ފަހަރެއްގެ މަތިން އުފުލާލައިފަ އެވެ. އެއީ، 2013 އާއި 2014 ވަނަ އަހަރު އެވެ. މިދިޔަ ސީޒަނުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި ނިއު އިން ޗެރިޓީ ޝީލްޑް މެޗުގައި މި ކުޅުނީ، 10 އަހަރަށް ފަހު އެވެ. 

އެފްއޭއެމް ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން: ނިއުގެ ޑޮރިއެލްޓަން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
އެފްއޭއެމް ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން: ނިއުގެ ޑޮރިއެލްޓަން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ގަލޮޅު ދަނޑުގަައި މިރޭ ކުޅުނު މެޗުގައި، ނިއު އިން ވަނީ 36 މިިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެ ގޮތުން، އެ ޓީމަށް ހަތަރު ވަނަ މިނިޓްގައި ލީޑުނަގައިދިިނީ، ބްރެޒިލްގެ ފޯވާޑް، ޑޮރިއެލްޓަން ގޯމޭސް އެވެ. ބަންގްލަދޭޝްގެ ބަޝުންދަރަ ކިންގްސް އަށް ކުރިން ކުޅުނު ޑޮރިއެލްޓަން އަކީ މި ސީޒަނަށް ނިއު ވަރުގަދަ ކުރުމުގެ ގޮތުން، ތިންހާސް ޑޮލަރުގެ މުސާރަ އަކަށް ގެނައި ކުޅުންތެރިއެކެވެ. 

ނިއުގެ ދެ ވަނަ ލަނޑު ޖެހީ، 36 ވަނަ މިނިޓްގައި އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ، މި ސީޒަނުގައި ނިއުއާ ގުޅުނު އީތަން އިބްރާހިމް ޒަކީއާ ގުޅިގެން ކުރި އެޓޭކެއްގަައި ސެންޓޭ ޖެހި ގޯލެކެވެ. 

ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް، މާޒިޔާގެ ޒުވާން ފޯވާޑް، މުހައްމަދު އިލާން އިމްރާން ވަނީ ގޯލެއް ޖަހައި، އެ ޓީމަށް އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޑޮރިއެލްޓަން ވަނީ ލިބުނު ފުރުސަތެއްގެ ބޭނުންްހިފައި ލަނޑު ޖަހައި، ދެ ގޯލުގެ ލީޑަކާ އެކު ހާފު ނިންމާލުމަށް ނިއު އިން ކުރި މަސައްކަތް ކާމިޔާބުކޮށްދީފަ އެވެ. 

މާޒިޔާ އިން ފުރަތަމަ ހާފާ ހިލާފަށް ދެ ވަަނަ ހާފުގައި ވަރަށް ރަނގަޅަށް މެޗުގެ ތެރެއަށް ވަދެގެން ރަނގަޅު ކުޅުމެއް ދެއްކި އެވެ. ނަތީޖާ އަކަށްވީ މި ހާފުގައި ދެ ގޯލު ޖަހައި، މާޒިޔާ އިން އެއްވަަރުކުުރުމެވެ. އެ ގޮތުން، ދެ ވަނަ ހާފުގައި މާޒިޔާގެ ފުރަތަމަ ލަނޑު ޖެހީ، 51 ވަަނަ މިނިޓްގައި، މި ސީޒަނުގައި އަލުން މާޒިޔާ އަށް ބަދަލުވި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ. އަދި، މާޒިޔާ އިން އެއްވަރުކުރީ، މެޗުގެ 65 ވަނަ މިނިޓްގައި އިލާން ޖެހި ގޯލުންނެވެ. 

އެފްއޭއެމް ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން: މާޒިޔާގެ އިލާން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
އެފްއޭއެމް ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން: މާޒިޔާގެ އިލާން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ

ފުރިހަމަ ވަގުތު ހަމަވިއިރު، އިތުރު ލަނޑެއް ނުފެނި، ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޕެނަލްޓީ ޖެހި އެވެ. ޕެނަލްޓީގައި، މާޒިޔާ އިން ފަސް ޕެނަލްޓީ ވެސް ވައްދާލި އެވެ. އެ ޓީމުގެ ޕެނަަލްޓީތައް ޖެހީ، އިލާން، އަހުމަދު އައިހަމް (ފަތޯ)، އިބްރާހިމް އައިސަމް، އައިދު މުހައްމަދު ޖަވީޒު އަދި ހައިޝަމް ހަސަން (ބިޑި) އެވެ. 

ނިއުގެ ފުރަތަމަ ޕެނަލްޓީ ޑޮރިއެލްޓަން ކާމިޔާބުކުރި ނަމަވެސް، ދެ ވަނަ ޕެނަލްޓީ ޖަހަން ދިޔަ މުހައްމަދު ނާއިމް ޖެހި ބޯޅަ މާޒިޔާ ކީޕަރު، ހުސެއިން ޝަރީފް މަތަކުރި އެވެ. އޭގެ ފަހުން، ނިއު އިން ފޮނުވާލި ދެ ޕެނަލްޓީ މޫސާ ޔާމީން (ޔާމްބެ) އާއި އަހުމަދު އަބްދުﷲ (ލިލީ) ކާމިޔާބުކުރި ނަމަވެސް، ނިއުގެ ކީޕަރު އަހުމަދު ސަމީރު އަށް މާޒިޔާގެ އެއްވެސް ޕެނަލްޓީއެއް މަތަނުކުރެވި، މެޗުން މާޒިޔާ މޮޅުވީ އެެވެ. 

މާޒިޔާ އިން މި މެޗުގައި ކުޅުނީ އެސިސްޓަންޓް ކޯޗު، އަހުމަދު ސުޒެއިރު (ކޮއްކޮ) އާއި އިބްރާހިމް ސައީދު (ކަކާ)ގެ ކޯޗުކަމުގަ އެވެ. ނިއުގެ ކޯޗަކަށް ހުރީ މިދިޔަ ސީޒަނުގެ ފަހުކޮޅުގައި އެ ޓީމުގައި ހުރި، ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ) އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox