ކޮނާޓޭ އާއި ޑަމްފްރީސް ރެއާލާ ގުޅެނީ: ރިޕޯޓް

Jun 3, 2026, 12:20 PM
ޑަމްފްރީސް: މި ސީޒަނުގައި އިންޓައާ އެކު ލީގާއި ކަޕްގެ ޗެމްޕިއަންކަން ވަނީ ހޯދައިފައި.

ޑަމްފްރީސް: މި ސީޒަނުގައި އިންޓައާ އެކު ލީގާއި ކަޕްގެ ޗެމްޕިއަންކަން ވަނީ ހޯދައިފައި.

މެޑްރިޑް (ޖޫން 3) - ލިވަޕޫލްގެ ފްރާންސް ޑިފެންޑަރު، އިބްރާހިމާ ކޮނާޓޭ އާއި އިންޓަ މިލާންގެ ނެދަލެންޑްސް ފުލްބެކް، ޑެންޒެލް ޑަމްފްރީސް، ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

އުމުރުން 27 އަހަރުގެ ކޮނާޓޭ، ހިލޭ ޓްރާންސްފާއެއްގައި ކްލަބް ދޫކޮށްލާނަަމަ، އޭނާ ވެގެންދާނީ އެ ގޮތަށް މި ފަހަރުގެ ޓްރާންސްފާގައި ލިވަޕޫލުން ދާނެ ތިން ވަނަ ކުޅުންތެރިޔާ އަށެވެ.

އެ ގޮތުން، މިސްރުގެ ތަރި، މުހައްމަދު ސަލާހު އާއި ސްކޮޓްލެންޑްގެ ކެޕްޓަން، އެންޑީ ރޮބަޓްސަން ވެސް މި ޓްރާންސްފާގައި ލިވަޕޫލް ދޫކޮށްލާނީ ބަދަލުގައި އެއްވެސް ފީއެއް ލިވަޕޫލަށް ނުލިބޭ ގޮތަށް ހިލޭ އެވެ. އެއީ، ކޮންޓްރެކްޓް ނިމުމުންނެވެ. 

ކޮނާޓޭގެ އެއްބަސްވުން އާ ކުރުމުގެ މަޝްވަރާތައް އެންމެ ފުރަތަމަ ލިވަޕޫލުން ފެށީ 2023 ވަނަ އަަހަރުގެ ނޮވެމްބަރު މަހު އެވެ. އެ ފަހުން، މެދުކެނޑުތަކެއް އައުމަށް ފަހު، މި ސީޒަނުގައި އަނެއްކާ ވެސް މަޝްވަރާތައް ފެށި އެވެ  މި ދިޔަ މަހު ދިން މީޑިއާ އިންޓަވިއުއެއްގައި ކޮނާޓޭ ވަނީ ލިވަޕޫލާ އެކު އާ އެއްބަސްވުމުގެ ވާހަކަތައް ރަނގަޅަށް ކުރިއަށްދާ ކަމަށް ބުނެފަ އެވެ. އަދި، އެއްބަސްވުން އާ ކުރަން ތައްޔާރަށް ހުރި ވިސްނުމުގައި ކޮނާޓޭ ވާހަކަ ދައްކާފައިވީ ނަމަވެސް، ދެ ފަރާތުގެ މެދުގައި ދެކެވުނު ވާހަކަތަކަށް ސީޒަން ނިމުނުއިރު ވެސް ކުރިއެރުމެއް ނުލިބި، އެންމެ ފަހުން ކޮނާޓޭ މިހާރު ނިންމާފައިވަނީ، ލިވަޕޫލް ދޫކޮށްލަން ކަމަށް އިނގިރޭސި ގިނަ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. 

ކޮނާޓޭ: ރެއާލާ ގުޅޭނީ ހިލޭ ޓްރާންސްފާއެއްގައި، ސޮއިކުރާއިރު ބޯނަހެއް ލިބޭގޮތަށް.
ކޮނާޓޭ: ރެއާލާ ގުޅޭނީ ހިލޭ ޓްރާންސްފާއެއްގައި، ސޮއިކުރާއިރު ބޯނަހެއް ލިބޭގޮތަށް.

ޖަރުމަނުގެ އާރްބީ ލައިޕްޒިގުން 2021 ވަނަ އަހަރު 40 މިލިއަން ޑޮލަރަށް ލިވަޕޫލަށް ބަދަލުވި ކޮނާޓޭގެ ފޯމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު، މި ސީޒަން ނިމުމުން އޭނާ ހިލޭ ޓްރާންސްފާއެއްގައި ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ވާހަކަތައް ސްޕެއިނުގެ މީޑިއާގައި ދެކެވެ އެވެ. 

ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ރެއާލާ އެކު، ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދަން ކޮނާޓޭ ވަނީ އަނގަބަހުން އެއްބަސްވުމަކަށް އަތުވެފަ އެވެ. 

އުމުރުން 30 އަހަރުގެ ޑަމްފްރީސް، އިންޓައާ އެކު، ހަދާފައިވާ އެއްބަސްވުން، 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ނަމަވެސް މި ފަަހަރުގެ ޓްރާންސްފާގައި އެ ޓީމު ދޫކޮށްލަން ހުރީ ތައްޔާރަށެވެ. އެ ގޮތުން، ޑަމްފްރީސްގެ ކޮންޓްރެކްޓްގައި އޮތް ބާކީ އަހަރު އުވާލުމަށް ފަހު، އޭނާ ވިއްކާލުމަށް، އިންޓަ  އިން ކިޔާ އަގު އުޅެނީ 25 މިލިއަން ޑޮލަރުގަ އެވެ. އަދި، ރެއާލުން އެ ފީ ދައްކަން ވަނީ ތައްޔާރުވެފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

ނެދަލެންޑްސްގެ ޕީއެސްވީ އައިންދޯވަން އަށް ކުރިން ކުޅުނު، ޑަމްފްރީސް، އިންޓަ އަށް ބަދަލުވީ، 2021 ވަނަ އަހަރު އެވެ. އެ ފަހަރު އިންޓަ އިން ޕީއެސްވީ އަށް ދެއްކީ 15 މިލިއަން ޑޮލަރުގެ ފީ އެކެވެ. ރެއާލުން ޑަފްރީސް އަށް ތިން އަހަރުގެ އެއްބަސްވުމެއް ދޭނެ ކަމަށް ރިޕޯޓްތައް ބުނާއިރު، އޭނާ މި ގެންދަނީ، މި ސީޒަނަށް ފަހު، ރެއާލް ދޫކޮށްލި ތަޖުރިބާކާރު ޑިފެންޑަރު، ޑެނީ ކާވަހާލްގެ ބަދަލުގަ އެވެ. 

ރެއާލްގެ ކޯޗުކަމާ ދެން ހަވާލުވާނީ ހޯސޭ މޮރީނިއޯ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބެންފީކާގައި އެންމެ ފަހުން މަސައްކަތްކުރި މޮރީނިއޯ އަލުން ރެއާލާ މި ހަވާލުވަނީ، 13 ވަރަަކަށް އަހަރު ފަހުންނެވެ. އޭނާ ވަނީ، 2010 އިން 2013 އަށް ރެއާލަށް ކޯޗުކޮށްދީފަ އެވެ. އޭރު އެ ޓީމަށް އޭނާ ވަނީ، ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް އަދި ސުޕަ ކަޕް ކާމިޔާބުކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox