ލިވަޕޫލްގެ ކޯޗުކަން ހަވާލުކުރަން އިރައޯލާއާ އެކު މަޝްވަރާތައް ފަށައިފި

Jun 1, 2026, 9:59 AM
ސްޕެއިނުގެ ކޯޗު އަންޑޯނީ އިރައޯލާ: އޭނާއާ ލިވަޕޫލްގެ ކޯޗުކަން ހަވާލުކުރާނެ ކަމަށް ބެލެވޭ.

ސްޕެއިނުގެ ކޯޗު އަންޑޯނީ އިރައޯލާ: އޭނާއާ ލިވަޕޫލްގެ ކޯޗުކަން ހަވާލުކުރާނެ ކަމަށް ބެލެވޭ.

ލިވަޕޫލް (ޖޫން 1) - ހުސްވެފައިވާ ލިވަޕޫލްގެ ކޯޗުކަން ހަވާލުކުރަން ސްޕެއިނުގެ ކޯޗު އަންޑޯނީ އިރައޯލާއާ އެކު ރަސްމީކޮށް މަޝްވަރާތައް ފަށާފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. 

ބޯންމައުތުގެ ކޯޗަކަށް ހުރި އިރައޯލާ މި ނިމުނު ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލިއިރު، އޭނާ އަށް އެހެން ޓީމުތަކާ ހަވާލުވާން ލިބުނު ފުރުސަތުތައް ވަނީ ދޫކޮށްލައިފި އެވެ. ލިވަޕޫލްގެ ކޯޗުގެ މަގާމު ހުސްވީ މިދިޔަ ދެ ސީޒަނުގައި އެ ޓީމަށް އިރުޝާދުދިން ނެދަލެންޑްސްގެ އާނާ ސްލޮޓް ވަކިކުރަން އެ ކްލަބުން ނިންމުމުންނެވެ. މަގާމާ ހަވާލުވި ފުރަތަމަ ސީޒަނުގައި ސްލޮޓް ވަނީ ލިވަޕޫލަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އެކަމަކު، ނިމިދިޔަ ސީޒަނުގައި ލިވަޕޫލް، ހުރިހާ މުބާރާތަކުން 20 މެޗުން ބަލިވެ، ދަށް ރެކޯޑަކާ ކުރިމަތިލާން ޖެހި ސްލޮޓަށް ވަޒީފާ ގެއްލުނީ އެވެ. 

މީގެ އަށް އަހަރު ކުރިން އިރައޯލާ ކޯޗިން ކެރިއަރު ފެށީ ސައިޕްރަސްގެ އޭއީކޭ ލަނާކާ އިންނެވެ. އެ ޓީމަށް 2018-2019 ސީޒަނުގައި ކޯޗުކޮށްދިނުމަށް ފަހު، ޖެހިގެން އައި ސީޒަނުގައި، ސްޕެއިނުގެ މިރަންޑެސް އަށް ކޯޗުކޮށްދިންނެވެ. އެ ކްލަބްގައި ކުރި މަސައްކަތް ރަނގަޅުވުމުން 2020-2023 އަށް ރަޔޯ ވަޔެކާނޯގައި ކޯޗުކޮށްދޭން ފުރުސަތެއް ލިބުނެވެ. ވަޔެކާނޯ އަށް ފަހު، ދެން، އިރައޯލާ ފެނުނީ ބޯންމައުތުގެ ކޯޗެއްގެ ގޮތުގަ އެވެ.  އިރައޯލާ، ބޯންމައުތުގެ ކޯޗުކަމާ ހަވާލުވީ 2023 ވަނަ އަހަރުގެ ޖޫން މަހު އެވެ. އެއީ، އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ގެރީ އޮނީލް ވަކިކުރުމަށް ފަހު ބޯންމައުތު މެނޭޖްމަންޓުން ގެނައި ބަދަލެކެވެ. އިރައޯލާ އަށް ދެ އަހަރުގެ ކޮންޓްރެކްޓެއް އެންމެ ފުރަތަމަ ބޯންމައުތުން ދިންއިރު، ފަހުން އެ އެއްބަސްވުން އާ ކޮށް މި ސީޒަން ނިމުމުން އޭނާ ބޯންމައުތު ދޫކޮށްލާނީ، ތިން އަހަަރު އެ ޓީމުގައި ހޭދަކޮށްފަ އެވެ. 

Advertisement

ލިވަޕޫލުން އިރައޯލާއާ އެކު ރަސްމީކޮށް ވާހަކަތައް ދައްކަން ފަށާފައިވާއިރު، އޭނާ އަށް ދޭނީ ދެ އަހަރުގެ އެއްބަސްވުމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. 

އާ ކޯޗެއް ހޯދުމުގެ މަސައްކަތުގެ ތެރޭގައި ލިވަޕޫލުން، ޖަރުމަނުގެ ސްޓުޓްގާޓުގެ ކޯޗު ސަބެސްޓިއަން ހޮއެނޭސް އާއި ފްރާންސްގެ ލޯންސްގެ ކޯޗު ޕިއޭރޭ ސާޖް އަށް ބެލި ނަމަވެސް، ލިވަޕޫލް ޓެކްނިކަލް ޓީމުގެ ލަފަޔަކީ އިރައޯލާ ގެނައުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

އިރައޯލާ އަށް ޗެލްސީ އާއި އޭސީ މިލާންގެ އޮފާ ލިބުނު ކަމުގައި ވިޔަސް އޭނާ ވަނީ ބަޔާ ލެވަކޫސަން އާއި ލިވަޕޫލްގެ އޮފާ އަކަށް މަޑުކުރަން ނިންމައިފަަ އެެވެ. އަދި، ބަޔާ ލެވަކޫސަނުން އިރައޯލާއާ ވާހަކަތައް ފަށަން ތައްޔާރުވާން އުޅެނިކޮށް، ލިވަޕޫލުން މި ވަނީ އެ ޑީލްގެ ތެރެއަށް ވަދެފަ އެވެ. 

ރިޕޯޓްތައް ބުނާގޮތުން، މި މަހު 11 ވަަނަ ދުވަހު ފަށާ ވޯލްޑް ކަޕްގެ ކުރިން އިރައޯލާގެ ޑީލް ނިންމައި، އަންނަ ސީޒަނަށް ޓީމު ތައްޔާރުކުރުމުގެ މަސައްކަތް ފަށަން ލިވަޕޫލުން ވަނީ އަމާޒުހިފައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox