އިރައޯލާ ބުނީ ލިވަޕޫލާ ހަވާލުވީ ހާލަތު އެނގިހުރެ ކަމަށް

Jun 5, 2026, 8:13 AM
ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވުމަށް ފަހު އިރައޯލާ ޖޯޒީ ހިފައިގެން.

ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވުމަށް ފަހު އިރައޯލާ ޖޯޒީ ހިފައިގެން.

ލިވަޕޫލް (ޖޫން 5) - ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވީ އެ މަގާމުގައި ހުރެ އަދާކުރަން ޖެހޭ ޒިންމާތަކާއި މިހާރުގެ ހާލަތު ވެސް އެނގި ހުރެ ކަމަށް ސްޕެއިނުގެ ކޯޗު އަންޑޯނީ އިރައޯލާ ބުނެފި އެވެ. 

ލިވަޕޫލްގެ ކޯޗުގެ މަގާމު ހުސްވީ މިދިޔަ ދެ ސީޒަނުގައި އެ ޓީމަށް އިރުޝާދުދިން ނެދަލެންޑްސްގެ އާނާ ސްލޮޓް ވަކިކުރަން އެ ކްލަބުން ނިންމުމުންނެވެ. މަގާމާ ހަވާލުވި ފުރަތަމަ ސީޒަނުގައި ސްލޮޓް ވަނީ ލިވަޕޫލަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އެކަމަކު، ނިމިދިޔަ ސީޒަނުގައި ލިވަޕޫލް، ހުރިހާ މުބާރާތަކުން 20 މެޗުން ބަލިވެ، ދަށް ރެކޯޑަކާ ކުރިމަތިލާން ޖެހި ސްލޮޓަށް ވަޒީފާ ގެއްލުނީ އެވެ. 

އުމުުރުން 43 އަހަރުގެ އިރައޯލާ އަށް ލިވަޕޫލުން ދިނީ ދެ އަހަރުގެ ކޮންޓްރެކްޓެކެވެ. އެއީ، ފުރަތަމަ ކުރު ކޮންޓްރެކްޓެއްގަައި މަސައްކަތްކުރަން އިރައޮލާ ވެސް ބޭނުންވާތީ އެވެ. މިދިޔަ ސީޒަނުގައި ބޯންމަައުތަށް އިނގިރޭސި ޕްރިމިއާ ލީގުގެ ހަ ވަނަ އާ އެކު އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތަކުން ފުރުސަތު ހޯދައިދިން އިރައޯލާ ބުނީ، ލިވަޕޫލަކީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު ޗެލެންޖު ކަމަށާއި އެ ޓީމާ ހަވާލުވެ، އަދާކުރަން ޖެހޭ ޒިންމާތައް އެނގޭ ކަމަށެވެ. 

"އަހަރެން މި ހުރީ މަސައްކަތް ފަށަން ކެތްމަދުވެފައި. ލިވަޕޫލަކީ ކޮބައިކަން ނޫނީ ކިހާ ބޮޑު ޓީމެއްކަން އެންމެނަށް ވެސް އެނގޭ. ދުނިޔޭގެ ނިސްބަތުން ބެލިޔަސް ބޮޑު ކްލަބެއް. ލިވަޕޫލާ މެދު ޝައުގުވެރިކަން އޮންނަން މާ ގިނަ ކަންތައްތަކެއްގެ އޮޅުންފިލުވައިދިނުން މުހިންމު ކަމަށް ނުފެންނަނީ ލިވަަޕޫލަކީ ކޮބައިކަން އެނގޭނެތީ،" އިރައޯލާ ބުންޏެވެ. 

އަންޑޯނީ އިރައޯލާ: ލިވަޕޫލާ ހަވާލުވީ އެ މަގާމުގެ ޒިންމާ އެނގިހުރެ ކަމަށް ވަނީ ބުނެފައި.
އަންޑޯނީ އިރައޯލާ: ލިވަޕޫލާ ހަވާލުވީ އެ މަގާމުގެ ޒިންމާ އެނގިހުރެ ކަމަށް ވަނީ ބުނެފައި.

އޭނާ ބުނީ، ލިވަޕޫލުން ލިބުނު ފުރުސަތާއެކު އެންމެ ރަނގަޅު ލެވަލްގެ ކުޅުންތެރިންނާ އެކު މަސައްކަތްކޮށް، ތަށްޓައް ވާދަކުރުމުގެ އެ ޗެލެންޖުތައް ނަގައިގެން ކުރިއަށް ދިއުމަށް ފުރުސަތު އެބައޮތް ކަމަށެވެ. 

"މަގާމަކާ ހަވާލުވާއިރު ހުރިހާ ކަމެއްގެ ޔަގީންކަމެއް ނުދެވޭނެ. ވައުދެއް ނުވެވޭނެ ވަކި ކަމެއްގެ. ދެން، ޔަގީންކަމެއް. އަހަންނަށް އެނގޭ ކޮން ކަމެއްކަން އަހަރެންގެ ފަރާތުން އުންމީދުކުރަނީ. ކޮން ހާލަތެއްގައިކަން މި އޮތީ، އަހަރެން މި ޗެލެންޖަށް ތައްޔާރު،" އެތުލެޓިކް ބިލްބާއޯ އާއި ނިއު ޔޯކް ސިޓީގެ ކުރީގެ މިޑްފީލްޑަރު، އިރައޯލާ ބުންޏެވެ. 

މީގެ އަށް އަހަރު ކުރިން އިރައޯލާ ކޯޗިން ކެރިއަރު ފެށީ ސައިޕްރަސްގެ އޭއީކޭ ލަނާކާ އިންނެވެ. އެ ޓީމަށް 2018-2019 ސީޒަނުގައި ކޯޗުކޮށްދިނުމަށް ފަހު، ޖެހިގެން އައި ސީޒަނުގައި، ސްޕެއިނުގެ މިރަންޑެސް އަށް ކޯޗުކޮށްދިންނެވެ. އެ ކްލަބްގައި ކުރި މަސައްކަތް ރަނގަޅުވުމުން 2020-2023 އަށް ރަޔޯ ވަޔެކާނޯގައި ކޯޗުކޮށްދޭން ފުރުސަތެއް ލިބުނެވެ.

ވަޔެކާނޯ އަށް ފަހު، ދެން، އިރައޯލާ ފެނުނީ ބޯންމައުތުގެ ކޯޗެއްގެ ގޮތުގަ އެވެ.  އިރައޯލާ، ބޯންމައުތުގެ ކޯޗުކަމާ ހަވާލުވީ 2023 ވަނަ އަހަރުގެ ޖޫން މަހު އެވެ. އެއީ، އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ގެރީ އޮނީލް ވަކިކުރުމަށް ފަހު ބޯންމައުތު މެނޭޖްމަންޓުން ގެނައި ބަދަލެކެވެ. އިރައޯލާ އަށް ދެ އަހަރުގެ ކޮންޓްރެކްޓެއް އެންމެ ފުރަތަމަ ބޯންމައުތުން ދިންއިރު، ފަހުން އެ އެއްބަސްވުން އާ ކޮށް މި ސީޒަން ނިމުމުން އޭނާ ބޯންމައުތު ދޫކޮށްލީ، ތިން އަހަަރު އެ ޓީމުގައި ހޭދަކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox