ފުރުސަތުގެ ބޭނުންހިފައި މެންޗެސްޓާ ޔުނައިޓެޑުން ފެނާންޑޭސް މަޑުކުރުވައިފި

Nov 27, 2026, 7:41 PM
ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން ބްރޫނޯ ފެނާންޑޭސް.

ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން ބްރޫނޯ ފެނާންޑޭސް.

މެންޗެސްޓާ (ނޮވެމްބަރު 27) - މެންޗެސްޓާ ޔުނައިޓެޑުން އެ ޓީމުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސްއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން ލިބިފައި އޮތް ފުރުސަތުގެ ބޭނުންހިފައިފި އެވެ. 

އުމުރުން 32 އަހަރުގެ ފެނާންޑޭސް، ޔުނައިޓެޑާ އެކު ހަދާފައިވާ ކޮންޓްރެކްޓް އޮތީ މި ސީޒަނުގެ ނިޔަލަށެވެ. ޔުނައިޓެޑުން ފެނާންޑޭސްގެ އެއްބަސްވުން އާ ކުރަން ކުރަމުން އައި މަޝްވަރާތައް ވަނީ މަޑުޖެހިފަ އެވެ. އަދި، މި ސީޒަނަށް ފަހު ފެނާންޑޭސް، ޔުނައިޓެޑް ދޫކޮށްލުމުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ.

ޔުނައިޓެޑާ އެކު ފެނާންޑޭސް، އެންމެ ފަަހުން ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން، ދެ ފަރާތް އެއްބަސްވެވޭނަމަ، މިހާރު ހިނގަމުން އަންނަ ކޮންޓްރެކްޓް އިތުރު އެއް އަހަރަށް އާ ކުރެވޭނެ އެވެ. އަދި، އެ މާއްދާ އަށް އަމަލުކުރަން ޖެހޭނީ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުގެ ހަ މަސް ކުރިންނެެވެ. މާނަ އަކީ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ޔުނައިޓެޑުން އެކަން ކުރަން ޖެހޭނެ އެވެ. 

އެހެން ނަމަވެސް، ޔުނައިޓެޑުން މިހާރު މި ވަނީ، ފެނާންޑޭސް، އިތުރު އެއް އަހަރަށް އެ ކްލަބްގައި މަޑުކުރުވަން ލިބިފައިި އޮތް ފުރުސަތުގެ ބޭނުންހިފައިފަ އެވެ. 

ދާދި ފަހުން، ޗެމްޕިއަންސް ލީގުގައި ސްޕޯޓިން ލިޒްބަންއާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗުގެ ކުރިން ފެނާންޑޭސް ވަނީ މުސްތަގުބަލާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. ފެނާންްޑޭސް ބުނީ، އޭނާގެ ކުރިމަގުގެ ވާހަކަ އަށް ވުރެން ޔުނައއިޓެޑަށް މެޗުތަކުގައި ނަތީޖާ ނެރެދެން ބޭނުންވާ ކަމަށެވެ. 

"އަހަންނަށް އެނގޭ މި ދެކެވެނީ، އަހަރެންގެ މުސްތަގުބަލުގެ ވާހަކަކަން. އެކަމަށް ވަގުތު އޮތް ކަމަށް އަހަރެން ދެކެނީ، މި ހުރިހާ ކަމަކަށް ވުރެން އަހަރެން މި ކަންބޮޑުވަނީ މި ވަގުުތު އަހަރެމެންގެ ނަތީޖާތައް ހުރި ގޮތާ މެދު،" ޗެމްޕިއަންސް ލީގުގައި ސްޕޯޓިން ލިޒްބަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފެނާންޑޭސް ބުންޏެވެ.

"ކޮންޓްރެކްޓް ވާހަކަތައް އޮތީ މަޑުޖެހިފައި. މި ވަގުތު މި އުޅެނީ މެޗުތަކުން މޮޅުވެވޭތޯ. އޭރުން ކޮންޓްރެކްޓް ވެސް ވާހަކަ ދެއްކޭނެ. މިއީ، އެ ވަގުތެއް ނޫން،"

ސްޕޯޓިން ލިޒްބަންގެ ކުރީގެ ކެޕްޓަން، ފެނާންޑޭސް، ޔުނައިޓެޑާ ގުޅުނީ، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އެއީ 80 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ.  މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފެނާންޑޭސް ވަނީ، ޔުނައިޓެޑަށް މިހާތަނަށް ކުޅެދިން، 343 މެޗުން 115 ލަނޑު ޖަހައި، 111 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފީފާގެ ސިސްޓަމް ހެކްކޮށް 12 ޖީބީގެ މައުލޫމާތު ވަގަށް ނަގައިފި

ފީފާގެ މުވައްޒަފެއްގެ ގޮތުގައި ސިސްޓަމަށް ވަދެ، ހެކަރުންތަކެއް ވަނީ 12 ޖީބީގެ ޒާތީ އަދި މާލީ މައުލޫމާތުތަކެއް ވަގަށް ނަގާފައި. މި ހަމަލާގެ ޒިންމާ "ހޭންޑްސަމް ބޯއީ ހެކިން ކްލަބް" އިން އުފުލާފައިވާއިރު، މީގެ ތެރޭގައި އައިޑެންޓިޓީ ލިޔެކިޔުންތަކާއި ގާނޫނީ މައުލޫމާތުތައް ހިމެނޭ ކަމަށް ފީފާ އިން ބުނޭ

އެފްއައިއޭގެ ފަންޑިން ޕްރޮގްރާމުން ރާއްޖެ އަށް އެހީއެއް

ދުނިޔޭގެ މޮޓޯސްޕޯޓްސް ޖަމިއްޔާ (އެފްއައިއޭ) އިން ރާއްޖޭގައި މި ކުޅިވަރު ކުރިއެރުވުމަށް ދެ ގޯކާޓް ހަދިޔާކޮށްފިއެވެ. ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ނިންމާފައިވަނީ މި ކާޓުތައް ބޭނުންކޮށްގެން އަންނަ އަހަރު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޒުވާން ރޭސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށެވެ.

ބާސެލޯނާ އަށް މޮޅެއް، ބަޔާން ބަލި، ޕީއެސްޖީގެ ރެކޯޑް ނިމުމަކަށް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ 4-1 އިން ސަބާ ބަލިކުރިއިރު، ބަޔާން މިއުނިކް ވަނީ ލިލް އަތުން 2-1 އިން ބަލިވެފައި. މުބާރާތުގައި މޮޅުވަމުން އައި ޕީއެސްޖީ، ރޯމާއާ 2-2 އިން އެއްވަރުވެ އެ ޓީމުގެ ރެކޯޑަށް ނިމުން އައިއިރު، މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ޓީމަކީ މިހާރު ރެއާލް މެޑްރިޑް

ލިވަޕޫލް މޮޅުވިއިރު، ޔުނައިޓެޑާއި ސްޕޯޓިން އެއްވަރު

ޗެމްޕިއަންސް ލީގުގައި ރޭ ކްލަބް ބްރޫޖް އަތުން 3-0 އިން ލިވަޕޫލް މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ސްޕޯޓިން ލިޒްބަން ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން. ލިވަޕޫލްގެ ގޯލުތައް އިސާކް އާއި ވާޓްޒް ކާމިޔާބުކޮށްދިންއިރު، ޔުނައިޓެޑަށް ދެ ގޯލުވެސް ޖަހައިދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭސް

ނިއު ރޭޑިއަންޓް ފަސްބެލުމެއް ނެތި ވަރުގަދަ ފޯމުގައި ކުރިއަށް

އެފްއޭއެމް ވިމެންސް ލީގުގައި ދަ ގްރާންޑޭ އަތުން 10-0 އިން މޮޅުވެ، ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެގެން ނިއު ރޭޑިއަންޓް ތާވަލުގެ އެއްވަނައިގައި ވަރުގަދަ ފޯމެއްގައި އެބައޮތް. ދެ ވަނައިގައި އޮތް މާޒިޔާ އިން އެމްއެސް މޭޓްސް ބަލިކޮށް ތިން ޕޮއިންޓް ހޯދާފައިވާއިރު، މުބާރާތުގެ ކޮންމެ ޓީމަކަށް މިހާރު ބާކީ އޮތީ ދެ މެޗު

މުސިއާލާގެ ސިއްހަތަށް އިސްކަންދޭ ކަމަށް ބަޔާނުން ބުނެފި

ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާގެ ސިއްހީ ހާލަތާ ގުޅޭގޮތުން އެ ކްލަބުގެ އިސްވެރިން ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކަކާ ގުޅިގެން ފިފްޕްރޯ އިން ވަނީ ފާޑުކިޔައިފައި. މި ފާޑުކިޔުންތަކާ ގުޅިގެން، މުސިއާލާގެ ސިއްހީ ކަންކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމަށް ބަޔާނުން މިހާރު ވަނީ ބުނެފައި

ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފި

އަންނަ އަހަރުގެ އޭޕްރީލް މަހު ޕާކިސްތާނުގައި ބޭއްވުމަށް ތާވަލުކުރި 14 ވަނަ ސައުތު އޭޝިއަން ގޭމްސް، އެހެން މުބާރާތަކާ ތާރީޚު ފުށުއަރާތީ އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފި. މިއީ އެކި ސަބަބުތަކާ ހުރެ މި މުބާރާތް ފަސްކުރި ހަވަނަ ފަހަރު. ޕާކިސްތާނުގެ ތިން ސިޓީއެއްގައި ބާއްވާ މި ގޭމްސްގައި 27 ކުޅިވަރަކުން 4200 އެއްހާ އެތުލީޓުން ބައިވެރިވާނެ

Newsletter

Get the latest news delivered straight to your inbox