މަރެސްކާ ބުނީ އޭނާ އަކީ "ޖާދޫ ހަދާ މީހެއް ނޫން ކަމަށް"

Nov 27, 2026, 8:05 PM
ސިޓީގެ ކޯޗު އެންޒޯ މަރެސްކާ.

ސިޓީގެ ކޯޗު އެންޒޯ މަރެސްކާ.

މެންޗެސްޓާ (ނޮވެމްބަރު 27) - މެންޗެސްޓާ ސިޓީގެ ހާލަތު ކުއްލިއަކަށް ބަދަލުކޮށްލަން އޭނާ އަކީ "ޖާދޫ ހަދާ މީހެއް ނޫން ކަމަށް" އެ ޓީމާ މި ސީޒަނުގައި ހަވާލުވި ކޯޗު، އެންޒޯ މަރެސްކާ ބުނެފި އެވެ. 

ދިހަ އަހަރަށް ފަހު ޕެޕް ގާޑިއޯލާ، ސިޓީގެ ކޯޗުކަމުން މިދިޔަ ސީޒަނަށް ފަހު ވަކިވުމުން، ދެން ސިޓީއާ ހަވާލުވީ ކުރިން ލެސްޓާ ސިޓީ އާއި ޗެލްސީގެ ހެޑް ކޯޗުކަން ކުރި މަރެސްކާ އެވެ. އިޓަލީ އަށް އުފަން މަރެސްކާ ވަނީ ކުރިން ގާޑިއޯލާގެ ކޯޗިން ޓީމުގައި ސިޓީގައި ހުރެ މަސައްކަތްކޮށްފަ އެވެ. 

ސިޓީގެ ހެޑް ކޯޗުކަމާ ހަވާލުވެ، މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެފަ އެވެ. އެކަމަކު، އޭގެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައެއް ނުވެ އެވެ. ލީގުގައި އެންމެ އަވަހަށް ދެން ސިޓީން ކުޅޭނީ ރަށުންބޭރުގައި އެންމެ ފަހުގެ ލީގު ޗެމްޕިއަން އާސެނަލާ އެވެ. 

ސިޓީން އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅެއް ނުވެ އެވެ. އަދި، އެންމެ ފަހުން ހަތް މެޗަށް ބަލާއިރު، ސިޓީ އަށް ހޯދުނީ ދެ މޮޅެވެ. 

މަރެސްކާ ވަނީ މި ފަހުން ސިޓީގެ ފޯމު ދަށްވުމާ ބެހޭގޮތުން ނޫސްވެރިން ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބު ދީފަ އެވެ. 

"އަހަންނަކީ ޖާދޫ ހަދާ މީހެއް ނޫން. އަހަރެމެންގެ އެބަތިބި އަށެއް ނޫނީ ނުވަ ވަރަކަށް އާ ކުޅުންތެރިން. ހުރީ އާ ކޯޗެއް. އަހަރެމެން ވަގުތު ބޭނުން. އަހަރެން މި ހުރީ ހަގީގަތުގައި ވަރަށް ހަމަޖެހިލައިގެން، އެއީ، މިއީ ކްލަބެއްގައި ނޯމަލް ކަމެއް،" މަރެސްކާ ބުންޏެވެ. 

"ތެދެއް، އަހަރެމެން މެޗުތަކުން މޮޅުވާން ޖެހޭ. އެއީ، އަހަރެމެން ކުރަމުން އައި ކަމެއް. އަހަރެން މި މަސައްކަތް ކުރަނީ މި ކަންކަން ރަނގަޅުކުރަން،" 

ސިޓީގެ ފޯމާ މެދު ކަންބޮޑުވުން ފާޅުކޮށް އެ ޓީމުގެ ތަރި، އާލިން ބްރައުޓް ހާލަންޑް ދިން އިންޓަވިއު އަކީ ވަކި ކުޅުންތެރިއެއްގެ ވިސްނުން ކަމަށް މަރެސްކާ ވަނީ ބުނެފަ އެވެ. އަދި، ކަންކަން ބަދަލުކުރަން ކުރަން ޖެހޭ ކަމަކީ މެޗުތަކުން މޮޅުވުން ކަމަށް ސިޓީގެ އެންމެން ވެސް ގަބޫލުކުރާ ކަމަށް މަރެސްކާ ވަނީ ބުނެފަ އެވެ. 

ސިޓީ އާއި އާސެނަލް ބައްދަލުކުރާ މެޗު އޮތީ އާދިއްތަ ދުވަހުގެރޭގަ އެވެ. އާސެނަލް މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ ތިން ވަނައިގައި އޮތް ސިޓީ އަށް ވުރެން ހަ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފީފާގެ ސިސްޓަމް ހެކްކޮށް 12 ޖީބީގެ މައުލޫމާތު ވަގަށް ނަގައިފި

ފީފާގެ މުވައްޒަފެއްގެ ގޮތުގައި ސިސްޓަމަށް ވަދެ، ހެކަރުންތަކެއް ވަނީ 12 ޖީބީގެ ޒާތީ އަދި މާލީ މައުލޫމާތުތަކެއް ވަގަށް ނަގާފައި. މި ހަމަލާގެ ޒިންމާ "ހޭންޑްސަމް ބޯއީ ހެކިން ކްލަބް" އިން އުފުލާފައިވާއިރު، މީގެ ތެރޭގައި އައިޑެންޓިޓީ ލިޔެކިޔުންތަކާއި ގާނޫނީ މައުލޫމާތުތައް ހިމެނޭ ކަމަށް ފީފާ އިން ބުނޭ

އެފްއައިއޭގެ ފަންޑިން ޕްރޮގްރާމުން ރާއްޖެ އަށް އެހީއެއް

ދުނިޔޭގެ މޮޓޯސްޕޯޓްސް ޖަމިއްޔާ (އެފްއައިއޭ) އިން ރާއްޖޭގައި މި ކުޅިވަރު ކުރިއެރުވުމަށް ދެ ގޯކާޓް ހަދިޔާކޮށްފިއެވެ. ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ނިންމާފައިވަނީ މި ކާޓުތައް ބޭނުންކޮށްގެން އަންނަ އަހަރު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޒުވާން ރޭސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށެވެ.

ބާސެލޯނާ އަށް މޮޅެއް، ބަޔާން ބަލި، ޕީއެސްޖީގެ ރެކޯޑް ނިމުމަކަށް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ 4-1 އިން ސަބާ ބަލިކުރިއިރު، ބަޔާން މިއުނިކް ވަނީ ލިލް އަތުން 2-1 އިން ބަލިވެފައި. މުބާރާތުގައި މޮޅުވަމުން އައި ޕީއެސްޖީ، ރޯމާއާ 2-2 އިން އެއްވަރުވެ އެ ޓީމުގެ ރެކޯޑަށް ނިމުން އައިއިރު، މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ޓީމަކީ މިހާރު ރެއާލް މެޑްރިޑް

ލިވަޕޫލް މޮޅުވިއިރު، ޔުނައިޓެޑާއި ސްޕޯޓިން އެއްވަރު

ޗެމްޕިއަންސް ލީގުގައި ރޭ ކްލަބް ބްރޫޖް އަތުން 3-0 އިން ލިވަޕޫލް މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ސްޕޯޓިން ލިޒްބަން ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން. ލިވަޕޫލްގެ ގޯލުތައް އިސާކް އާއި ވާޓްޒް ކާމިޔާބުކޮށްދިންއިރު، ޔުނައިޓެޑަށް ދެ ގޯލުވެސް ޖަހައިދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭސް

ނިއު ރޭޑިއަންޓް ފަސްބެލުމެއް ނެތި ވަރުގަދަ ފޯމުގައި ކުރިއަށް

އެފްއޭއެމް ވިމެންސް ލީގުގައި ދަ ގްރާންޑޭ އަތުން 10-0 އިން މޮޅުވެ، ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެގެން ނިއު ރޭޑިއަންޓް ތާވަލުގެ އެއްވަނައިގައި ވަރުގަދަ ފޯމެއްގައި އެބައޮތް. ދެ ވަނައިގައި އޮތް މާޒިޔާ އިން އެމްއެސް މޭޓްސް ބަލިކޮށް ތިން ޕޮއިންޓް ހޯދާފައިވާއިރު، މުބާރާތުގެ ކޮންމެ ޓީމަކަށް މިހާރު ބާކީ އޮތީ ދެ މެޗު

މުސިއާލާގެ ސިއްހަތަށް އިސްކަންދޭ ކަމަށް ބަޔާނުން ބުނެފި

ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާގެ ސިއްހީ ހާލަތާ ގުޅޭގޮތުން އެ ކްލަބުގެ އިސްވެރިން ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކަކާ ގުޅިގެން ފިފްޕްރޯ އިން ވަނީ ފާޑުކިޔައިފައި. މި ފާޑުކިޔުންތަކާ ގުޅިގެން، މުސިއާލާގެ ސިއްހީ ކަންކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމަށް ބަޔާނުން މިހާރު ވަނީ ބުނެފައި

ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފި

އަންނަ އަހަރުގެ އޭޕްރީލް މަހު ޕާކިސްތާނުގައި ބޭއްވުމަށް ތާވަލުކުރި 14 ވަނަ ސައުތު އޭޝިއަން ގޭމްސް، އެހެން މުބާރާތަކާ ތާރީޚު ފުށުއަރާތީ އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފި. މިއީ އެކި ސަބަބުތަކާ ހުރެ މި މުބާރާތް ފަސްކުރި ހަވަނަ ފަހަރު. ޕާކިސްތާނުގެ ތިން ސިޓީއެއްގައި ބާއްވާ މި ގޭމްސްގައި 27 ކުޅިވަރަކުން 4200 އެއްހާ އެތުލީޓުން ބައިވެރިވާނެ

Newsletter

Get the latest news delivered straight to your inbox