ސަރުކާރުގެ މަސައްކަތް ލަސްވުމުން ސަލްޓަން ޕާކާއި ރަސްފަންނު މަރާމާތުކުރަން ކައުންސިލުން ނިންމައިފި

މާލެ ސިޓީ ކައުންސިލް ބޭއްވި ޖަލްސާއެއްގެ ތެރެއިން

މާލެ ސިޓީ ކައުންސިލް ބޭއްވި ޖަލްސާއެއްގެ ތެރެއިން

ސަރުކާރުން ކުރިއަށްގެންދާ ކަމަށް ބުނާ ސަލްޓަން ޕާކާއި ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތުގައި އެއްވެސް ކުރިއެރުމެއް ނުލިބޭތީ އެ ދެ މަޝްރޫއުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދަން އިއްޔެ ފާސްކޮށްފި އެވެ. 

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މިނިސްޓްރީން އެދިގެން ސަލްޓަން ޕާކާއި ރަސްފަންނު މަރާމާތުކޮށް ތަރައްގީކުރަން ހަވާލުކުރި ފަހުން މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ތަކުރާރުކޮށް ކައުންސިލުން ފޮނުވި އެއްވެސް ސިޓީއަކަށް މިނިސްޓްރީން ޖަވާބު ދީފައި ނުވާ ކަމަށެވެ. 

"މަސައްކަތް އިންތިހާއަށް ލަސްވަމުންދިޔުމާއި، މަޝްރޫއުގެ އެއްވެސް ކުރިއެރުމެއް ނެތުމާއި، ތަކުރާރުކޮށް މައުލޫމާތަށް އެދުމުންވެސް ޖަވާބެއް ލިބިފައި ނުވުމާއި، އަދި އާންމުންނަށް މުހިންމު މިފަދަ ތަންަން ބަންދުކޮށްފައި ހުރުމުގެ ސަބަބުން އާންމުންގެ ކަންބޮޑުވުން އިތުރުވަމުންދާތީ، 12 އޮގަސްޓް 2026 ގައި ބޭއްވުނު މާލެ ސިޓީ ކައުންސިލުގެ 12 ވަނަ ޖަލްސާގައި ވަނީ، ސަލްޓަން ޕާކާއި ރަސްފަންނު ތަރައްގީކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދަން ފާސްކޮށްފައި،" ސިޓީގައި ބުންޏެވެ. 

ސަލްޓަން ޕާކުގެ މަސައްކަތް އެމްއެންޑީއެފްއާ ހަވާލުކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާކަން ފާހަގަކޮށް ކައުންސިލުން ބުނީ އެތަން ތަރައްގީކޮށް ބެލެހެއްޓުމުގެ ޒިންމާ އާރްޑީސީއާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ކުރިން ދީފައިވާ މައުލޫމާތު ފުށުއަރާ ކަމަށެވެ. 

މީގެއިތުރުން ސަލްޓަން ޕާކާއި ރަސްފަނު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްވެސް އަޕްޑޭޓެއް ހިއްސާކޮށްފައި ނުވުމާއި، އާންމުކޮށް ލިބެންހުރި މައުލޫމާތުތަކުގައި ފުށުއެރުންތައް ހުރުމުގެ ސަބަބުން މަޝްރޫއުގެ މަސައްކަތާމެދުވެސް މިހާރު ސުވާލު އުފެދޭ ކަމަށެވެ. 

އެމްޓީސީސީ އިން ރަސްފަންނު ސަރަހައްދު މަރާމާތު ކުރުމަށްފަހު އަލުން ހުޅުވިއިރު، އެ ސަރަހައްދުގެ މޫދު ތަގައްޔަރުވެފައިވާ މައްސަލަ ހައްލުކުރީ ސިޓީ ކައުންސިލުންނެވެ. މިދިޔަ ޖުލައި މަހު އާޒިމް ވިދާޅުވީ ރަސްފަންނު ސަރަހައްދު އެމްޓީސީސީން މަރާމާތުކޮށްފައި އޮތީ އެކަން ކުރަންޖެހޭ ގޮތަށް ނޫން ކަމަށެވެ.

އާޒިމް އޭރު ވިދާޅުވީ ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތާ ސަރުކާރުން ހަވާލުވީ އެ ސަރަހައްދު މަރާމާތު ކުރުމަށްޓަކައި ސިޓީ ކައުންސިލުން މަސައްކަތަކެއްކޮށް، ކޮންޓްރެކްޓުކޮށް ބަޔަކާ އެ މަސައްކަތް ހަވާލު ވެސް ކޮށްފައި ވަނިކޮށް ކަމަށެވެ.

މަރާމާތު ކުރުމަށްޓަކައި މިދިޔަ އޭޕްރިލް 9، އިން ފެށިގެން ރަސްފަންނު ބަންދުކޮށްފައި ބޭއްވުމަށްފަހު، އެ ސަރަހައްދު އަލުން ހުޅުވައިލީ މިދިޔަ ޖޫން 12، ގަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކުރި ރަސްފަންނު ބެލެހެއްޓުން އޭރުން ފެށިގެން ހަވާލުކޮށްފައި އޮތީ އެމްޓީސީސީއާ އެވެ. ނަމަވެސް އެތަން ރަނގަޅަށް ބަލަހައްޓަމުން ނުދާނީ އެ އެއްބަސްވުން މިހާރު ބާތިލްކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

ބަޖެޓު ނެތް ކަމަށް ބުނެ އެމަނިކުފާނުގެ މޭޔަރު ކަމުގައި ތަރައްގީ ނުކުރި ޕާކުތައް ވިރާނާވާތީ މުހައްމަދު މުއިއްޒު ފެބްރުއަރީ 14، 2025، ގައި ވަނީ ހިތާމަ ފާޅުކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކު ވީރާނާވަމުންދާތީ، އެ ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިއަށްވުރެ ފުރިހަމަ ކޮށްދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox