މެޓާގެ އޭއައި މޮޑެލްއެއް އަމިއްލައަށް ސިސްޓަމްތައް ހެކްކޮށްފި

Aug 7, 2026, 9:00 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ފޭސްބުކްގެ މައި ކުންފުނި މެޓާއިން ތައްޔާރުކުރި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްއެއް ޓެސްޓުކުރުމުގެ ތެރޭގައި، އަމިއްލައަށް އިންޓަނެޓާ ގުޅިގެން އެހެން އިދާރާއެއްގެ ސިސްޓަމްތައް ހެކްކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ. މިއާއެކު މެޓާ ވެފައިވަނީ މިފަދަ ހާދިސާއެއް ދިމާވިކަން ހާމަކުރި އެންމެ ފަހުގެ ޓެކްނޮލޮޖީ ކުންފުންޏަށެވެ.

މެޓާއިން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިނިވަން ކުންފުންޏަކުން އެ މޮޑެލް އިވެލުއޭޓް ކުރަމުން ދަނިކޮށެވެ. މިއީ އޭއައި ކުންފުނިތަކުން މިފަދަ ހާދިސާއެއް ހާމަކުރި ހަތަރުވަނަ ފަހަރެވެ.

މީގެކުރިން އޯޕަން އޭއައި އާއި އެންތްރޮޕިކްގެ މޮޑެލްތަކުން ވެސް މިފަދަ ގޮތަކަށް ސިސްޓަމްތަކަށް ވަދެފައިވާތީ، ސައިބަ ސެކިއުރިޓީއާ މެދު އޮތް ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ. އަދި މިކަމާ ގުޅިގެން އޭއައި މޮޑެލްތަކުގެ ރައްކާތެރިކަން ވަރުގަދަކުރުމަށާއި، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ޓެސްޓުތައް ކުރިއަށް ގެންދިއުމަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފަ އެވެ.

މި ހެކް ކުރުމުގެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް މެޓައިން ބުންޏެވެ. މީގެ އިތުރުން، މެޓާއިން ބުނި ގޮތުގައި މި ހާދިސާއަކީ މީގެ ކުރިން އެހެން ކުންފުނިތަކަށް ދިމާވި ކަންތައްތަކާ އެއްގޮތް ހާދިސާއެކެވެ.

މެޓާއިން ހާމަކުރި ގޮތުގައި މި ސެކިއުރިޓީ ޓެސްޓުތައް ކުރިއަށް ގެންގޮސްފައިވަނީ "އިރެގިއުލާ" ކިޔާ އޭއައި ސެކިއުރިޓީ މަސައްކަތް ކުރާ ކުންފުންޏަކުންނެވެ. މިއީ އެންތްރޮޕިކްގެ އޭއައި މޮޑެލް ޓެސްޓުކުރި ކުންފުނި ވެސް މެއެވެ. އެންތްރޮޕިކްގެ އެ ޓެސްޓުގެ ތެރޭގައި އެ ކުންފުނީގެ އޭއައި މޮޑެލް ވަނީ އެހެން ތިން ކުންފުންޏެއްގެ ސިސްޓަމްތަކަށް ވަދެފަ އެވެ.

އިރެގިއުލާ ކުންފުނީގެ ތަރުޖަމާނަކު ބުނީ، މެޓާއަށް ދިމާވި މި ހާދިސާއަކީ މިދިޔަ ހަފުތާގައި އެންތްރޮޕިކް އިން ހާމަކުރި ފަދަ، ޓެސްޓުކުރާ މާހައުލުގައި ދިމާވި މައްސަލައެއް ކަމަށެވެ.

އޭއައި އެޖެންޓުން ބޭނުންކޮށްގެން ސައިބަ ސެކިއުރިޓީ ޓެސްޓުތައް ރައްކާތެރިކަމާއެކު ކުރިއަށް ގެންދާނެ ގޮތުގެ ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިރެގިއުލާއިން ބުންޏެވެ.

މެޓާއިން ބުނީ މި ހާދިސާއާ ގުޅޭ ހުރިހާ ހަގީގަތްތަކެއް ސާފުވުމުން، އެކަމާ ގުޅޭ އިތުރު ތަފުސީލުތައް އާންމުކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox