ފޭސްބުކް އަދި އިންސްޓަގްރަމްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

Jul 19, 2026, 2:24 PM
މެޓާގެ ވެރިޔާ މާކް ޒަކަބާގް: ގާތްގަނޑަކަށް ތިން ބިލިއަނެއްހާ މީހުން ފޭސްބުކް ބޭނުން ކުރޭ -- ފޮޓޯ: ފައިލް

މެޓާގެ ވެރިޔާ މާކް ޒަކަބާގް: ގާތްގަނޑަކަށް ތިން ބިލިއަނެއްހާ މީހުން ފޭސްބުކް ބޭނުން ކުރޭ -- ފޮޓޯ: ފައިލް

ފޭސްބުކް އާއި އިންސްޓަގްރާމަށް މައްސަލައެއް ޖެހި، އެ ދެ ސޯޝަލް މީޑިއާ ޕްލެޓްފޯމަށް ނުވަދެވޭ ކަމަށް ދުނިޔޭގެ އެކި ހިސާބުތަކުން ރިޕޯޓު ކުރަން ފަށައިފި އެވެ.

ފޭސްބުކަށް ދިމާވެގެން އުޅެނީ ލޮގިން ކުރުމުގެ މައްސަލައެކެވެ. މައްސަލަ ޖެހިފައިވަނީ ޑެސްކްޓޮޕް ވާޝަންގަ އެވެ. އިންސްޓަގްރަމްގައި ފީޑް ލޯޑުނުވާ މައްސަލައެއް 

ވެބްސައިޓްތަކުގެ ހާލަތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ވަގުތުން ފޯރުކޮށްދޭ އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ "ޑައުންޑިޓެކްޓަރ" އިން ދައްކާ ގޮތުގައި، އާދިއްތަ ދުވަހުގެ ހެނދުނުން ފެށިގެން ފޭސްބުކް ބޭނުންކުރާ ގިނަ އަދަދެއްގެ މީހުން ވަނީ މައްސަލަތައް ރިޕޯޓްކޮށްފަ އެވެ.

އޭގެ އިތުރުން،ފޭސްބުކް މެސެންޖާ އަދި އިންސްޓަގްރާމް ބޭނުންކުރުމުގައި ދިމާވި މައްސަލަތައް ރިޕޯޓްކުރި މިންވަރު ވެސް އާދަޔާ ހިލަޔަށް އިތުރުވެފައިވާ ކަމަށް އެ ސައިޓުން ދައްކަ އެވެ.

އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށް މެޓައިން ވަނީ ހާމަކޮށްފަ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox