ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

Aug 7, 2026, 8:27 AM
މެޓާގެ ސީއީއޯ މާކް ޒަކަބާގް

މެޓާގެ ސީއީއޯ މާކް ޒަކަބާގް

މެޓާގެ ޕްލެޓްފޯމްތަކުން ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކާމެދު އާންމުން ހޭލުންތެރިކުރުވުމުގައި އިހުމާލުވެފައިވާތީ، އިތުރު 567 މިލިއަން އެމެރިކާ ޑޮލަރުން އެ ކުންފުނި ޖޫރިމަނާކޮށްފި އެވެ.

މިއީ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން މެޓާއާ ދެކޮޅަށް ނެރުނު އެންމެ ބޮޑު ހުކުމެވެ.

މި މައްސަލަ ބެއްލެވި އެމެރިކާގެ ނިއު މެކްސިކޯ ކޯޓުގެ ފަނޑިޔާރު ބްރަޔަން ބީޑްޝެއިޑް ވިދާޅުވީ މެޓާ ކުންފުންޏަކީ ވައި ތަގައްޔަރުވުން ފަދަ "އާންމު އުނދަގުލެއް" ކަމަށެވެ.

Advertisement

މެޓާއިން މި ފައިސާ ޖަމާކުރަންޖެހޭނީ ކުރިމަގުގައި ލިބޭނެ ގެއްލުންތައް ކުޑަކުރުމަށް އުފައްދާ ހާއްސަ ފަންޑަކަށެވެ. މި ހުކުމާއެކު، މީގެ ކުރިން މި މައްސަލައިގައި ދައްކަން އަމުރުކުރި 375 މިލިއަން ޑޮލަރުގެ ޖޫރިމަނާއާއެކު، މެޓާއިން ދައްކަންޖެހޭ ޖުމްލަ އަދަދު މިހާރު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ.

ފަނޑިޔާރު ބީޑްޝެއިޑް މެޓާ ސިފަކުރެއްވީ ކާރުހާނާއެއްގެ ގޮތުގައެވެ. އެއީ އިޝްތިހާރާއި ކޮންޓެންޓަކީ އޭގެ އުފެއްދުންތައް ކަމަށްވާއިރު، ކުޑަކުދިންނަށް ލިބޭ ނަފްސާނީ ގެއްލުމާއި ޖިންސީ ނާޖާއިޒު ފައިދާ ނެގުމަކީ އެ ކާރުހާނާއިން ބޭރުވާ އަދި ނައްތާލަންޖެހޭ "ތަގައްޔަރުކަން" ކަމަށް ފާހަގަކުރެއްވިއެވެ.

އިންސްޓަގްރާމް، ފޭސްބުކް، ވަޓްސްއެޕް އަދި ތްރެޑްސްގެ މައި ކުންފުނި މެޓާގެ ތަރުޖަމާނަކު ވިދާޅުވީ، ކޯޓުގެ މި ނިންމުމާ މެދު ހިތްހަމަނުޖެހޭ ކަމަށާއި، މި ނިންމުން އިސްތިއުނާފު ކުރާނެ ކަމަށެވެ.

މި ޕްލެޓްފޯމްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގަދައަޅައި މަސައްކަތްކުރަމުންދާ ކަމަށާއި، ނުރައްކާތެރި ކޮންޓެންޓް ނައްތާލުމުގައި ހުރި ގޮންޖެހުންތަކާ މެދު ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ހިއްސާކޮށްފައިވާނެ ކަމަށްވެސް މެޓާއިން ބުނެއެވެ. 

މައްސަލައިގެ ފަސްފަހަތް

މި މައްސަލައަކީ ނިއު މެކްސިކޯގެ އެޓާނީ ޖެނެރަލްގެ އޮފީހުން 2023 ވަނަ އަހަރު ހުށަހެޅި މައްސަލައެކެވެ. މައްސަލައިގައި ބުނެފައިވަނީ މެޓާ ޕްލެޓްފޯމްތަކުން ކުޑަކުދިން ނުރައްކަލަށް ހުށަހެޅި، ޖިންސީ ބޭނުންތަކަށް ކުދިން ހޯދަން އުޅޭ މީހުންނާ ބައްދަލުވުމުގެ ފުރުސަތު ބޮޑުވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ.

ޝަރީއަތުގެ ފުރަތަމަ މަރުހަލާގައި ސާބިތުވި ގޮތުގައި، މެޓާގެ ރެކޮމެންޑޭޝަން އަލްގޮރިޒަމްތަކުން ކުޑަކުދިން ނުރައްކާތެރި ކޮންޓެންޓްތަކަށް މަގުދައްކައި، ނިއު މެކްސިކޯގެ "އަންފެއާ ޕްރެކްޓިސަސް އެކްޓް" އާ ތަކުރާރުކޮށް ވަނީ ހިލާފުވެފަ އެވެ. 

މެޓާއިން އުފައްދަންޖެހޭ ފަންޑުގެ ބޮޑު ބައެއް (420 މިލިއަން ޑޮލަރު) ހަރަދުކުރަންޖެހޭނީ ލިބިފައިވާ ގެއްލުންތަކުން ސަލާމަތްވުމަށް ކުދިންނަށް ދޭންޖެހޭ ނަފުސާނީ އަދި ކްލިނިކަލް ފަރުވާއަށެވެ۔ ބާކީ ފައިސާ ހަރަދުކުރާނީ މުދައްރިސުންނާއި ސިއްހީ އެހީތެރިން ހޭލުންތެރިކުރުވުމަށެވެ. މީގެ އިތުރުން ކޯޓުން ވަނީ މެޓާއަށް އަންނަނިވި ފިޔަވަޅުތައް އަޅަން އަމުރުކޮށްފަ އެވެ:

  • 18 އަހަރުން ދަށުގެ އެއްވެސް އެކައުންޓެއް ބޮޑެތި މީހުންނަށް ރެކޮމެންޑް ނުކުރުން
  • ބޮޑެތި މީހުންނަށް 18 އަހަރުން ދަށުގެ ކުދިންނަށް މެސެޖު ނުކުރެވޭ ގޮތް ހެދުން.
  • ކުޑަކުދިންގެ ބަރަހަނާ ފޮޓޯ/ވީޑިއޯ ފޮނުވުމާއި ބަލައިގަތުން މަނާކުރުން.
  • ކުޑަކުދިންގެ ޖިންސީ ނާޖާއިޒު ފައިދާ ނަގާ ބޮޑެތި މީހުންގެ އެކައުންޓްތައް "ވަން-ސްޓްރައިކް" އުސޫލުން ވަގުތުން ބަންދުކުރުން.
  • 18 އަހަރުން ދަށުގެ ކުދިންގެ އެކައުންޓްތަކުން "ލައިކް" ކައުންޓްތައް އުނިކުރުން.
  • ކޮންމެ ދުވަހެއްގެ ރޭގަނޑު 10:00 އިން ހެނދުނު 7:00 އަށް އަދި ކިޔަވާ ދުވަސްވަރުގެ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށް 'ޕުޝް ނޮޓިފިކޭޝަން' މަނާކުރުން.
  • އިންސްޓަގްރާމް އަދި ފޭސްބުކް ބޭނުންކުރެވޭނެ ގަޑިއިރު މަހަކު 90 ގަޑިއިރަށް (ދުވާލަކު ގާތްގަނޑަކަށް 3 ގަޑިއިރަށް) ލިމިޓްކުރުން.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox