އައްޑޫ ބްރިޖުގެ އަމަލީ މަސައްކަތް މި އަހަރު ފެށިދާނެކަމާމެދު ސުވާލު އުފެދިއްޖެ

މުއިއްޒު ހުޅުދޫ-މީދޫއަށް މިއަދު ހެނދުނު ވަޑައިގެންނެވިއިރު، މަރުހަބާ ކިޔުމަށްޓަކައި ބްރިޖެއް ގޮތަށް ހަދާފައިވާ ޕްލެޓުފޯމު މަތިން އެ މަނިކުފާނު ހިންގާފައި ވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް

މުއިއްޒު ހުޅުދޫ-މީދޫއަށް މިއަދު ހެނދުނު ވަޑައިގެންނެވިއިރު، މަރުހަބާ ކިޔުމަށްޓަކައި ބްރިޖެއް ގޮތަށް ހަދާފައިވާ ޕްލެޓުފޯމު މަތިން އެ މަނިކުފާނު ހިންގާފައި ވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް

އައްޑޫ ސިޓީގެ ހިތަދޫ އާއި ސ. ހުޅުދޫ އަދި މީދޫ ގުޅާލުމަށް ބްރިޖު އެޅުމަށް ލޯނު ނެގުމަކީ މިވަގުތަށް ދަތިކަމަކަށްވާތީ މިވަގުތު ކުރިއަށްދަނީ އިގުތިސޯދީ ގޮތުން ފުރުސަތު ލިބެން ވާއިރަށް މަސައްކަތް ފެށޭ ވަރަށް ތައްޔާރުވުމުގެ މަސައްކަތްތައް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބު ހާމަކުރެއްވުމާ ގުޅިގެން އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ފެށިދާނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ އާއި ހުޅުމީދޫ ބްރިޖުގެ މަސައްކަތާ ގުޅޭގޮތުން މުއްތަލިބުއާ ސުވާލުކުރެއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. އިގުތިސޯދީ ހާލަތު އޮތް ގޮތުން މިވަގުތު ލޯނު ނަގައިގެން އެކަން ކުރެވެން ނެތުމުން މިހާރު ކުރިއަށްދަނީ ލިޔެކިޔުން ތައްޔާރު ކުރުމުގެ މަސައްކަތް ކަމަށް އެ ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވި އެވެ. 

"އައްޑޫ ބްރިޖުގައި މިހާރު ކުރިއަށްދަނީ ޑީޓެއިލް ޑިޒައިނާއި، އީއައިއޭ މަސައްކަތްތަކާއި، ފީސިބިލިޓީގެ މަސައްކަތްތަކެއް. މިކަން ކުރުމުގެ ބޭނުމަކީ ހަގީގަތުގައި، އަޅުގަނޑުގެ އިގުތިސޯދު އޮތްގޮތުން، ދަރަނިތައް އޮތްގޮތުން އެ ވަރުގެ ބޮޑު މަޝްރޫއުއެއް ހިންގުމަށް ލޯނު ނެގުމަކީ މިވަގުތަށް ދަތިކަމަށްވާތީ،" މުއްތަލިބު ވިދާޅުވި އެވެ. 

އެ މަސައްކަތް ފެށުމަށް ބޭނުންވާ ވޯކް ސައިޓަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ކައުންސިލްތަކަށް އަންނަނީ ސިޓީ ފޮނުވަމުންނެވެ. އެ މަޝްރޫއު އިއުލާންކުރިއިރު ހުޅުދޫ އާއި މީދޫ އޮތީ އައްޑޫ ސިޓީ ކައުންސިލުގެ ބައެއްގެ ގޮތުގަ އެވެ. ފެބްރުއަރީ މަހު ނެގި ރެފަރެންޑަމަށްފަހު އެ ސިޓީން ވަކިވެ ހުޅުދޫ އާއި މީދޫގައި މިހާރު ވަނީ ވަކި ދެ ކައުންސިލް އުފައްދާފަ އެވެ.

"އިގުތިސޯދީ ގޮތުން ފުރުސަތު ލިބެން ވާއިރަށް މަސައްކަތް ފެށޭ ވަރަށް ތައްޔާރުވުމަށް ބޭނުންވާ ޑިޒައިނާއި، ޑޮކިއުމެންޓޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދަނީ،" އޭނާ ވިދާޅުވި އެވެ. 

މި މަޝްރޫއުގެ ޑިޒައިން މަރުހަލާއަށް ބޭނުންވާ 30 މިލިއަން ރުފިޔާ 2024 ވަނަ އަހަރުގެ ބަޖެޓުގައި ވެސް ހިމެނި އެވެ. އަދި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ފަށަން ސަރުކާރުގެ "ހަފުތާ-14" ރޯޑުމެޕުގައި ވެސް ހިމެނި އެވެ. 

ވިހަވަނަ މަޖިލިސް އިންތިހާބު ކުރުމަށް 2024 ވަނަ އަހަރު ނެގި ވޯޓާ ދިމާކޮށް ފެބްރުއަރީ 19، 2024، ގައި އައްޑޫގައި ބޮޑު ރަސްމިއްޔާތެއް ބޭއްވުމަށް ފަހު މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާ އެކު ސާވޭ މަސައްކަތް ކުރުމަށް ހަވާލުކުރި އެވެ. 

އަރަބް ކޮންޓްރެކްޓާސްއާއެކު އެއްބަސްވުން ހެދި ދުވަހު މުއިއްޒު ވިދާޅުވީ އެ އެއްބަސްވުން ކޮންޓްރެކްޓަކަށް ބަދަލުކޮށް، 2024 ވަނަ އަހަރު އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އޭރު މުއިއްޒު އަންދާޒާ ކުރެއްވީ ތިން އަހަރާއި ބައިގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އެ ސާވޭއަށް ވީ ގޮތެއް ނޭނގެ އެވެ. 

އެއަށްފަހު އެ ވާހަކަ ނުދެކެވި އޮތުމަށްފަހު ފެބްރުއަރީ 6، 2025، ގައި ރައްޔިތުންގެ މަޖިލީހަށް މުއިއްޒު އިއްވި ރިޔާސީ ބަޔާނުގައި އަނެއްކާ ވެސް ސާވޭގެ މަސައްކަތް ކުރުމަށް ބަޔަކު ހޯދުމަށް އިއުލާންކުރާނެ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތް ކުރުމަށް ޗައިނާގެ ޓީވައިލިން ކުންފުންޏާ ތިން މިލިއަން ޑޮލަރަށް ހަވާލުކުރީ އޮކްޓޯބަރު 26، 2025، ގަ އެވެ. 

ޖެހިގެން އައި ނޮވެމްބަރު މަހު ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ބްރިޖުގެ މަސައްކަތްތައް ފެށުމަށް މުއިއްޒު އާ ތާރީހެއް ދެއްވި އެވެ. ފަނަރަ ކިލޯމީޓަރުގެ އައްޑޫ ބްރިޖުގެ އަމަލީ މަސައްކަތް 2026 ވަނަ އަހަރު ފެށުމަކީ އަމާޒެއް ކަމަށް އެ ދުވަހު ވިދާޅުވި އެވެ. އެހެން ނަމަވެސް، މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަކަށް ނުބެލެވެ އެވެ. 

އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ހުޅުދޫ އާއި މީދޫ ގުޅާލުމަށް އެންމެ ފުރަތަމަ ވައުދުވެވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އޭރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް އަބްދުالله ޔާމީން އެވެ. ޔާމީންގެ ތަސައްވުރާ އެއްގޮތަށް އެ ބްރިޖުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް 2023 ވަނަ އަހަރުގެ އިންތިހާބުގެ ކެމްޕޭނުގައި މުއިއްޒު ވައުދުވެވަޑައިގަތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox