ހަނަފަސްކަން ކުރިމަތިވެ ޕުއެޓޯ ރީކޯއިން ފެން ރޭޝަންކުރަން ފަށައިފި

Aug 11, 2026, 7:30 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އެމެރިކާގެ ބާރުގެ ދަށުގައި އޮންނަ ޕުއެޓޯ ރީކޯއަށް ކުރިމަތިވެފައިވާ ހަނަފަސްކަމާ ގުޅިގެން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކާއެކު، އެތައް ލައްކަ ބަޔަކު ފެނަށް ޖެހި، ދެ ދުވަސް ވަންދެން ފެނުގެ ހިދުމަތް މެދުކެނޑެމުން އެބަދެ އެވެ.

ކެރީބިއަން ކަނޑުގައި އޮންނަ މި ޖަޒީރާ ގައުމުގެ ގިނަ ގޭބިސީތައް މިހާރު ވަނީ ދެ ބަޔަކަށް ބަހާލާފަ އެވެ. އަދި ކޮންމެ ބަޔަކަށް ވެސް ފެން ދޫކުރާނީ ބަހާލައިގެން، ވަކި ތަރުތީބަކުން 48 ގަޑިއިރަށް ފެނުގެ ހިދުމަތް މެދުކަނޑާލާ ގޮތަށެވެ.

ޕުއެޓޯ ރީކޯގެ ވެރިރަށް ސެން ހުއާންގައި މިދިޔަ ހުކުރު ދުވަހު ފެން ކަނޑާލުމާ ގުޅިގެން، އެ ސިޓީގެ ރައްޔިތުން ދަނީ ފެން ކޮންޓްރޯލް ކުރަން ނިންމި ނިންމުމަށް ފާޑުކިޔަމުންނެވެ. ނަމަވެސް، މި ފިޔަވަޅުތައް ނިމުމަކަށް އަންނާނެ ތާރީހެއް ސަރުކާރުގެ އިދާރާތަކުން އަދި ހާމައެއް ނުކުރެ އެވެ.

Advertisement

އެމެރިކާގެ "ޑްރޯޓް މޮނީޓާ" އިން ހާމަކޮށްފައިވާ ގޮތުގައި، ޕުއެޓޯ ރީކޯގެ ބޮޑު ބަޔަކަށް ވަނީ މެދު މިންވަރަކަށް އަދި ބައެއް ސަރަހައްދުތަކަށް ވަރަށް ބޮޑަށް ހަނަފަސްކަން ކުރިމަތިވެފަ އެވެ. މީގެ އިތުރުން، އެ ގައުމުގެ ފެނުގެ ނިޒާމަށް ދިމާވެފައިވާ ދިގު މުއްދަތުގެ މައްސަލަތަކުގެ ސަބަބުން މި ހާލަތު ވަނީ އިތުރަށް ގޯސްވެފަ އެވެ.

ސީބީއެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕުއެޓޯ ރީކޯގެ ވޯޓާ އޮތޯރިޓީން އުފައްދާ ފެނުގެ ގާތްގަނޑަކަށް 65 އިންސައްތަ ފެން ބޭކާރުވެގެންދަނީ، ހަލާކުވެފައިވާ ހޮޅިތަކުން ފެން ލީކުވުމާއި ދުވަސްވީ އިންފްރާސްޓްރަކްޗާގެ ސަބަބުންނެވެ.

އެ ގައުމުގެ ގަވަރުނަރު ޖެނިފާ ގޮންޒާލޭޒް ވަނީ މި މައްސަލަތައް ހުރިކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. ނަމަވެސް، ފެން ކޮންޓްރޯލް ކުރަން ޖެހުނީ މޫސުމީ ބަދަލުތަކުގެ ސަބަބުން، ގައުމަށް އެންމެ މުހިންމު ކަރައިޒޯ ރިޒަވޯއާ ނުވަތަ ފެން ރައްކާކުރާ ފެންގަނޑު ހިކުމާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ޕުއެޓޯ ރީކޯގެ ތާރީހުގައި ވެސް އެންމެ ހަނަފަސް ޖުލައި މަސް ތަޖުރިބާކޮށްފައިވަނީ މި އަހަރު ކަމަށްވާއިރު، މިހާރު ވެސް އެ ގައުމުގެ 68 އިންސައްތަ ސަރަހައްދަށް ވަނީ ހަނަފަސްކަން ކުރިމަތިވެފަ އެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، ކަރައިޒޯ ރިޒަވޯއާއިން ފެން ފޯރުކޮށްދޭ ހަތް ސަރަހައްދަކަށް މިކަމުގެ އަސަރު ވަނީ ކޮށްފަ އެވެ. އަދި 180,000 އަށްވުރެ ގިނަ ގޭބިސީއާއި އިމާރާތްތަކުން ފެން ބޭނުންކުރާ މިންވަރު ކޮންޓްރޯލް ކުރަން ވަނީ މަޖުބޫރުވެފަ އެވެ.

ގަވަރުނަރު ގޮންޒާލޭޒް ވިދާޅުވީ، ފެން ކޮންޓްރޯލް ކުރަން ނިންމީ ކަރައިޒޯ ރިޒަވޯއާގެ ހާލަތާއި ކުރިއަށް އޮތް ދުވަސްތަކުގެ މޫސުން ލަފާކުރާ ގޮތަށް ވަރަށް ބޮޑަށް ބެލުމަށްފަހު ކަމަށެވެ.

ފެނުގެ ހިދުމަތް މެދުކެނޑެން ފެށުމާއެކު، ގިނަ ބަޔަކު ދަނީ ސަރުކާރުން ފޮނުވާ ފެން ބޯޓުތަކާއި ޓޭންކަރުތަކުން ބޮޑެތި ފުޅިތަކަށް ފެން އެޅުމަށް ކިއޫ ހަދަމުންނެވެ.

މީގެ ކުރިން 2015 އަދި 2020 ވަނަ އަހަރު ވެސް ޕުއެޓޯ ރީކޯގައި ފެން ކޮންޓްރޯލް ކޮށްފައިވެ އެވެ. އެ ފަހަރުތަކުގައި 400,000 ގޭބިސީއަށް ފެން ލިބެނީ ކޮންމެ ތިން ދުވަހަކުން އެއް ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox