އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

Nov 1, 2026, 7:00 AM
ފޮޓޯ: ބީބީސީ

ފޮޓޯ: ބީބީސީ

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދު، އެ ގައުމުގެ ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދެއްވަން ފައްޓަވައިފި އެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި ސިފައިންގެ ތެރޭގައި އޮންނަ އަދަބު އަޚުލާގާއި ތަރުތީބުގެ ސަބަބުން، ވަރުގަދަ ލީޑަރުން ބިނާކުރުމަށާއި ގައުމުގެ ތަރައްގީ ކުރިއެރުވުމަށް އެހީތެރިވެދޭނެ އެވެ.

ބޮޑުވަޒީރު އަބީ އަހުމަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ފޮޓޯތަކުން ފެންނަ ގޮތުގައި، ހުރުސޯ މިލިޓަރީ ޓްރެއިނިން ސެންޓަރުގައި ކުރިއަށްދާ މި އަސްކަރީ ތަމްރީނުތަކުގައި ވަޒީރުންނާއި، ސްޓޭޓް މިނިސްޓަރުންގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއެކު ބޮޑުވަޒީރު އަމިއްލަފުޅަށް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

Advertisement

އިތިއޯޕިއާގެ ސަރުކާރުގެ އިސް މަދަނީ އޮފިޝަލުން މިފަދަ އަސްކަރީ ތަމްރީނުތަކެއް ފުރިހަމަކުރުމަކީ އެ ގައުމުގައި މީގެ ކުރިން ފެނިފައިނުވާ އާދަޔާ ހިލާފު ކަމެކެވެ.

މި އަސްކަރީ ތަމްރީނުތައް ފެށީ ކޮން އިރަކު ކަމެއް އަދި މި ތަމްރީނުތައް ކުރިއަށްދާނީ ކިހާ މުއްދަތަކަށް ކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ބޮޑުވަޒީރު އަބީ އަހުމަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިތިއޯޕިއާ އިން އުންމީދުކުރާ ފާގަތިކަމާއި ތަރައްގީ ހާސިލުކުރުމަށްޓަކައި، ގައުމުގެ ލީޑަރުންނަކީ ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަޚުލާގީ ގޮތުން ވަރުގަދަ އަދި ފިކުރީ ގޮތުން ގާބިލު ބަޔަކަށް ވާންޖެހޭ ކަމަށެވެ.

ސަރުކާރުގެ އިސްވެރިންނަށް މި ތަމްރީނުތައް ދޭން ފަށާފައި މިވަނީ، އިތިއޯޕިއާގެ ސަލާމަތީ މަޝްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން އުތުރުގެ ޓިގްރޭ ސަރަހައްދުގެ ބައެއް ހިސާބުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، އަމްހާރާ ސަރަހައްދުގައި ހިނގަމުންދާ ކުރިމަތިލުންތަކުގެ އިތުރުން އޮރޯމިއާ ސަރަހައްދުގެ ސަލާމަތީ ނުރައްކާތައް ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ގޯސްވެ، ދެ ގައުމުގެ ދެމެދުގައި އަލުން ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި މި ތަމްރީނުތައް ކުރިއަށް ގެންދިއުމަކީ ސަމާލުކަން ލިބިފައިވާ ކަމެކެވެ.

ބޮޑުވަޒީރު އަބީ އަހުމަދު މީގެ ކުރިން ވެސް ވަނީ، އަސްކަރީ ތައްޔާރީތަކާއި ގައުމީ ތަރައްގީއަކީ އޭނާގެ ސަރުކާރުގެ އެންމެ މުހިންމު އަމާޒުތައް ކަމަށް ވިދާޅުވެފަ އެވެ.

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox