ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ 60 ޕަސެންޓަކީ ބިދޭސީން ކަމަށް މިނިސްޓަރު ގީލާ ވިދާޅުވެއްޖެ

ހެލްތު މިނިސްޓަރު ގީލާ އަލީ ރައްޔިތުންގެ މަޖިލީހުގައި ސުވާލުުތަކަށް ޖަވާބު ދެއްވަނީ: ގީލާއާ މެންބަރުން ސުވާލު ކުރީ ހެލްތު ސެކްޓާގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހެލްތު މިނިސްޓަރު ގީލާ އަލީ ރައްޔިތުންގެ މަޖިލީހުގައި ސުވާލުުތަކަށް ޖަވާބު ދެއްވަނީ: ގީލާއާ މެންބަރުން ސުވާލު ކުރީ ހެލްތު ސެކްޓާގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުންގެ ތެރެއިން 60 ޕަސެންޓު މީހުންނަކީ ބިދޭސީން ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުކޮށް މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ގީލާ ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ދިވެހީންގެ އަދަދު އިތުރު ކުރުމަށްޓަކައި މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން ގެންދާ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ މި ސިއްހީ ހިދުމަތަކީ ގިނަ އަދަދެއްގެ ދިވެހިންނާއެކު ފޯރުކޮށްދެވޭ ހިދުމަތަކަށް ވާނެ ކަމަށް އަދި އެކަންކަމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި ތަމްރީނުތައް ފޯރުކޮށްދެވެމުން ގެންދެވޭ،" ގީލާ ވިދާޅުވި އެވެ.

Advertisement

ސިއްހީ ދާއިރާގެ ކޯސްތަކަށް ގިނަ ދިވެހީން ކުރިމަތިލައި އެ ދާއިރާގައި މަސައްކަތްކުރާ ދިވެހީންގެ އަދަދު އިތުރުވާނެކަމަށް އުއްމީދުކުރައްވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުގައި 12،000 އަށްވުރެ ގިނަ މުވައްޒަފުން ސިއްހީ ދާއިރާގައި މަސައްކަތް ކުރާއިރު، އޭގެތެރެއިން 3000 އަށްވުރެ ގިނަ މުވައްޒަފުންނަކީ ބިދޭސީން ކަމަށް ގީލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ 12،000 ގެ ތެރެއިން 7000 އެއްހާ މުވައްޒަފުންނަކީ އަތޮޅުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށެވެ. ބާކީ 5000 އެއްހާ މުވައްޒަފުން މަސައްކަތް ކުރަނީ މާލެ ސަރަހައްދުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox