ކުންފުނި އުފެއްދީ ޑޮލަރުން އާމްދަނީ ލިބޭތީ، އެތަނުން އަދި މުއާމަލާތެއް ނުކުރަން: ފަލާހު

Oct 1, 2026, 9:15 AM
ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީއެންސީ

ޑޮލަރު ގަނެވިއްކާ ކުންފުންޏެއް އުފެއްދީ ޑޮލަރުން އާމްދަނީ ލިބެމުންދާތީ ކަމަށާއި ނަމަވެސް މިހާތަނަށް އެ ކުންފުނިން ޑޮލަރު މާރުކުރުމުގެ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ. 

ފަލާހު މިއަދު އަދަދު ނޫހަށް ވިދާޅުވީ، އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވެވަޑައިގަތުމުގެ ކުރިން ވެސް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ އަދި ޑޮލަރުން އާމްދަނީ ލިބޭ ބޭފުޅެއް ކަމަށެވެ. އެގޮތުން މިހާރު ވެސް އޭނާގެ ހަތަރު ސަފާރީ އޮންނަ ކަމަށާއި، އެ ވިޔަފާރިތަކުން އާމްދަނީ ލިބެނީ ޑޮލަރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި ބޭންކު ރޭޓުގައި ޑޮލަރުގެ މުއާމަލާތް ކުރި ނަމަވެސް އެކަމަށް ހާއްސަ ހުއްދައެއް އޮންނަންޖެހޭތީ ކުންފުނި އުފެއްދީ. އެހެންނަމަވެސް އެފަދަ މުއާމަލާތެއް އަދި ނުކުރާތީ އަދި ކުރަން ނުޖެހޭތީ އެމްއެމްއޭގެ ލައިސަންސް ވެސް ނުހޯދަން،" ފަލާހު ވިދާޅުވި އެވެ. 

ސަން ކަރަންސީ އެކްސްޗޭންޖުގެ ނަމުގައި އުފައްދާފައިވާ އެ ކުންފުންޏަކީ އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ކުރާ ތަނެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ނަމެއްގައި އޮތް، ވުޖޫދުގައި ނެތް ފަދަ ކުންފުންޏެއްގެ ގޮތުގައި ފަލާހު ވިދާޅުވި އެވެ.

މިކަން ފެންމަތިވެފައިވަނީ 20 ވަނަ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް މަޖިލީހުގެ ވެބްސައިޓުގައި އާންމުކުރުމާ ގުޅިގެންނެވެ.

އާންމުކޮށްފައިވާ މާލީ ބަޔާނަށް ބަލާއިރު، މިދިޔަ އަހަރުގެ ތެރޭގައި ފަލާހު ވަނީ އޭނާގެ 90 ޕަސެންޓު ހިއްސާ އޮންނަ ގޮތަށް ސަން ކަރަންސީ އެކްސްޗޭންޖުގެ އިތުރުން ސަން ކްރަފްޓް ކޮންސްޓްރަކްޝަންގެ ނަމުގައި ކޮންސްޓްރަކްޝަން ކުންފުންޏެއް ވެސް އުފައްދަވާފަ އެވެ.

ފާއިތުވި އަހަރު މަޖިލީހުގެ މުސާރައިގެ ގޮތުގައި އޭނާއަށް ނުވަލައްކަ ނުވަދިހަ ހާސް ރުފިޔާ ލިބިފައިވާއިރު، ވިޔަފާރީގެ ނަފާގެ ގޮތުގައި 1.8 މިލިއަން ރުފިޔާ އަދި ކުލީގެ ގޮތުގައި 2.8 މިލިއަން ރުފިޔާ ލިބިފައިވާކަން ބަޔާނުން އެނގެއެވެ.

ފަލާހުގެ މާލީ ބަޔާނުގައިވާ ގޮތުން އޭނާ ވަނީ ބޭންކް އޮފް މޯލްޑިވްސް އިން 15 މިލިއަން ރުފިޔާގެ ލޯނެއް ނަންގަވައިފަ އެވެ. އަދި މާލެއާއި ހުޅުމާލެ ހިމެނޭ ގޮތަށް ޖުމްލަ ފަސް ބިމެއް އޭނާގެ މިލްކިއްޔާތުގައި އޮތްކަން ވެސް އެ ބަޔާނުން ވަނީ ހާމަވެފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox