މުއިއްޒުއަކީ ގަމާރެއް ކަމަށް މައުރޫފް ވިދާޅުވުމުން، މަޖިލީހުގައި އެއްވެސް މީހަކަށް ގަމާރަށް ނޮގެވޭނެ ކަމަށް އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް، އަހުމަދު ސަލީމް: މިއަދުގެ ރިޔާސަތު ބެލެހެއްޓެވީ އޭނާ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް، އަހުމަދު ސަލީމް: މިއަދުގެ ރިޔާސަތު ބެލެހެއްޓެވީ އޭނާ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވެރިކަމުގައި ހުންނެވި ރައީސް މުހައްމަދު މުއިއްޒުއަކީ ގަމާރެއް ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވިދާޅުވުމުން، އެއްވެސް މީހަކަށް ގަމާރަށް ނުގޮވޭނެ ކަމަށް ރިޔާސަތުން އަންގައިފި އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރަސްމާލޭގެ ބިމުން ބޮޑުބައެއް ބޭރުގެ ބަޔަކަށް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވީ ރާއްޖެއަށް ދިމާވެފައި އޮތް އިގުތިސާދީ ދަތިކަމުގެ އަސްލަކީ ރަސްމާލެ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ މިއަދު މި ރާއްޖެއަށް ދިމާވެފައިވާ ހުރިހާ މައްސަލައެއްގެ އަސްލަކީ ރަސްމާލެއޭ. މުޅި މި ރާއްޖެއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާގެ އަސްލަކީ ރަސްމާލެއޭ، އޭގެ އަސްލަކީ މިއަދު ވެރިކަމުގައި މި ހުރި ނާގާބިލު ގަމާރު ރައީސުލްޖުމްހޫރިއްޔާއޭ،" މައުރޫފް ވިދާޅުވި އެވެ.

"ހަމަ ވަރަށް ސާފުކޮށް މި ދަންނަވަނީ ގަމާރު ރައީސުލްޖުމްހޫރިއްޔާގެ ސަބަބުން މި ގައުމު މި ހާލަތަށް އައިސްފައި މި އޮތީ."

މައުރޫފް އެހެން ވިދާޅުވުމާއެކު މަޖިލީހުގެ ރިޔާސަތުން ވަނީ އޭނާގެ ވާހަކަ ހުއްޓުވައިފަ އެވެ. މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި އަހުމަދު ސަލީމް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި އެއްވެސް މީހަކަށް ގަމާރަށް ނުގޮވޭނެ ކަމަށެވެ.

"މީހުންނަށް ގަމާރަށް ގޮވުމައި މިކަހަލަ ތަނުގައި ނެތް މީހުންނަށް މިކަހަލަ ހަޑިހުތުރު ވާހަކަދެއްކުމަކީ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ކަމެއް ނޫން. އެހެންވީމާ މަޖިލީހުގައި ވާހަކަފުޅުދައްކަވާއިރުގައި މަޖިލީހުގެ ގަވާއިދަށް، ރީތި ބަހުން ވާހަކަދެއްކުމަށް ދަންނަވަން،" ސަލީމް ވިދާޅުވި އެވެ.

ސަލީމް އެހެން ވިދާޅުވި ނަމަވެސް، މަޖިލީހުގެ ތަޅުމުގައި ނުދެއްކޭނެ ކަމަށް މަޖިލިސް ގަވާއިދުގައި ބަޔާންކޮށްފައި އޮންނަނީ އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ ވާހަކަ އެވެ. އޭގެ އިތުރުން، ދެން މަނާވަނީ، މަޖިލީހުގެ އެއްވެސް މެންބަރެއްގެ ހުރުމަތަށް އުނިކަމެއް އަންނާނެ ގޮތަށް ވާހަކަދެއްކުމެވެ.

"ގަމާރު" މި ލަފުޒަކީ ހަޑިހުތުރު އެއްޗެއްކަމަށް ސަލީމް ވިދާޅުވިނަމަވެސް، އެ ލަފުޒަކީ ދިވެހީންގެ އާންމު ބަހުރުވައިގައި ބޭނުންކުރެވޭ ލަފުޒެކެވެ. ގަމާރުގެ މާނައަކީ ވިސްނުންކޮށިކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox