ތަޖިކިސްތާންގެ ރެގާރުގެ ދަތުރުފަތުުރުގެ މައްސަލައެއް ދިމާވެ މާޒިޔާގެ އޭއެފްސީ ޗެލެންޖު ލީގު މެޗު ފަސްކޮށްފި

Aug 10, 2026, 1:56 PM
އެފްއޭއެމް ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން.

އެފްއޭއެމް ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން.

އޭޝިއާގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިން ބުރުގައި، ރާއްޖޭގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ތަޖިކިސްތާންގެ އެފްސީ ރެގާރު ޓަޑާޒް ބައްދަލުކުރަން އޮތް މެޗު ފަސްކޮށްފި އެވެ. 

 މި މެޗު ކުޅެން ތާވަލުކޮށްފައި އޮތީ މާދަމާ ހަވީރު ގަލޮޅު ދަނޑުގަ އެެވެ. އެކަމަކު، ތަޖިކިސްތާންގެ ކަޕް ޗެމްޕިއަން، ރެގާރު ޓަޑާޒް، ރާއްޖެ އަންނަން ދަތުރު ފަތުރުގެ ކަންކަން ހަމަޖެހުމުގައި، މައްސަލަތަކެއް ދިމާވެ، އަދިވެސް ރާއްޖެ އާދެވޭ ގޮތް ވަނީ ނުވެފަ އެވެ. މިއާ އެކު، އޭއެފްސީން މިހާރު ނިންމާފައިވަނީ، އެ މެޗު، ބުދަ ދުވަހު ހަވީރަށް ފަސްކުރުމަށެވެ. 

މިހާރު އޮތްގޮތުން، އެފްސީ ރެގާރު އަށް ރާއްޖެ އާދެވެނީ މާދަމާ ހެނދުނުގެ ވަގުތެއްގަ އެވެ. 

މިދިޔަ އަހަރު ރެގާރު ވަނީ އޭއެފްސީ ޗެލެންޖު ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅެފަ އެވެ. އެ ގޮތުން، މިދިޔަ ފަހަރުގެ ކޮލިފައިންގައި މާޒިޔާ ކަޓުވާލުމަށް ފަހު ގްރޫޕް ސްޓޭޖަށް ކޮލިފައިވި ކުވެއިތުގެ އަލް އަރާބީން ވަނީ ގްރޫޕް ސްޓޭޖުގައި ރެގާރު އަތުން 2-1 އިން މޮޅުވެފަ އެވެ. 

މީގެ ކުރިން އޭއެފްސީ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ރެގާރުން މިދިޔަ އަހަރުގެ ޗެލެންޖު ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. އެ ގޮތުން، އެ ޓީމުން ޕޮއިންޓެއް ހޯދީ ފުރަތަމަ މެޗުގައި ކިރްގިސްތާންގެ މުރާސް ޔުނައިޓެޑާ އެއްވަރުކޮށްފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ފަސް ވަނަ ފަހަރު ހޯދާފައިވާ މާޒިޔާ އަކީ އޭއެފްސީން ޗެލެންޖު ލީގު ތައާރަފްކުރި ފަހުން މި މުބާރާތުގައި ރާއްޖެ ތަމްސީލްކުރި ހަމައެކަނި ޓީމަކީ މާޒިޔާ އެވެ. 

އޭއެފްސީ ޗެެލެންޖު ލީގު ފުރަތަމަ ބޭއްވި އަހަރު މާޒިޔާ އިން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅެފަ އެވެ. އެއީ، 2024 ވަނަ އަހަރު، ކުވެއިތުގައި ސެންޓްރަލައިޒްކޮށް ބޭއްވި ގްރޫޕް ބީގެ މެޗުތަކުގަ އެވެ. އެ ފަހަރު މާޒިޔާ ވަނީ ފުރަތަމަ މެޗުގައި، ތުރުކުމެނިސްތާން ޗެމްޕިއަން، އަދި އެ މުބާރާތުގެ ވެސް ފުރަތަމަ ތަށި އުފުލާލި ޓީމު، އަކްރަޑަގް އަތުން 2-1 އިން ބަލިވެފަ އެވެ. ދެ ވަަނަ މެޗުގައި، ކުވެއިތުގެ އަލް އަރަބިއާ ބައްދަލުކޮށް މާޒިޔާ ބަލިވީ 2-0 އިންނެވެ. ގްރޫޕް ސްޓޭޖުގެ ތިން ވަނަ މެޗުގައި، ކިރްގިސްތާންގެ އަބްދީޝް އަތުން މާޒިޔާ ބަލިވީ 3-0 އިންނެވެ. 

މީގެ ކުރިންް، އޭއެފްސީ ކަޕްގައި ރާއްޖޭން ކުޅުނުއިރު، ލީގު ޗެމްޕިއަނަށް ގްރޫޕް ސްޓޭޖުގެ ސީދާ ޖާގައެއް، އަދި އެފްއޭ ކަޕް ޗެމްޕިއަން އަށް ކޮލިފައިން ޖާގައެއް ދިނެވެ. އެކަމަކު، އޭއެފްސީން ކްލަބް ފުޓްބޯޅަ މުބާރާތްތަކުގެ ފޯމެޓް ބަދަލުކުރި ފަހުން، ގައުމުތަކުގެ ލީގުތަކުގެ ފެންވަރާއި ކޯއެފިޝަންޓް ޕޮއިންޓް ސިސްޓަމަށް ބަލައި، ފުރުސަތު ދޭން ފެށި ފަހުން ރާއްޖެ އަށް ލިބެނީ އެންމެ ޖާގައެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox