މާޒިޔާގެ ކޯޗަކަށް ޗެކް ރިޕަބްލިކްގެ ޓްރުޗާ ހަމަޖަައްސައިފި

Aug 3, 2026, 8:21 AM
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް މި ސީޒަނުގައި ގެނައި ކޯޗު ޓްރުޗާ (ވ) އާއި އެ ކްލަބްގެ ޗެއާމަން ސާޖިދު.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް މި ސީޒަނުގައި ގެނައި ކޯޗު ޓްރުޗާ (ވ) އާއި އެ ކްލަބްގެ ޗެއާމަން ސާޖިދު.

ފާއިތުވި ފަސް ސީޒަނުގައި ވެސް ރާއްޖޭގެ ލީގު ޗެމްޕިއަންކަން ހޯދި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ. ކޯޗަކަށް ޔުއެފާ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ ޗެކް ރިޕަބްލިކްގެ ތޯމަސް ޓްރުޗާ ހަމަޖައްސައިފި އެވެ. 

އުމުރުން 54 އަހަރުގެ ޓްރުޗާ ވަނީ މީގެ ކުރިން، މެލޭޝިއާ އާއި އިންޑޮނޭޝިއާ ލީގުގައި މަސައްކަތްކޮށްފަ އެވެ. މާޒިޔާ އަކީ ދެކުނު އޭޝިއާގެ ގަައުމުތަކުން އޭނާ ކޯޗުކޮށްދޭ ފުރަތަމަ ޓީމެވެ. މީގެ ކުރިން، ޓްރުޗާ ވަނީ އިންޑޮނޭޝިއާގެ ޕީއެސްއެމް މަކަސާ އަދި މެލޭޝިއާގެ ޕެނަން އާއި ކެލަންޓަން ޔުނައިޓެޑަށް ކޯޗުކޮށްދީފަ އެވެ. 

ދެ ފަހަރެއްގެ މަތިން ކެންޏާގެ އޭފްސީ ލެޕާސް އަށް ކޯޗުކޮށްދިން ޓްރުޗާ ވަނީ ބޮޓްސްވާނާގެ ޓައުންޝިޕް ރޯލާސް އާއި އޮރާޕާ ޔުނައިޓެޑަށް ވެސް އިރުޝާދުދީފަ އެވެ. ދެކުނު އެފްރިކާގެ އެފްސީ ކޭޕް ޓައުންގެ ޔޫތު ޓީމަށް ކޯޗުކޮށްދިން ޓްރުޗާ ވަނީ، ޗެކް ރިޕަބްލިކްގެ މަޝްހޫރު ކްލަބް، ވިކްޓޯރިއާ ޕްލްޒެންގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތްކޮށްފަ އެވެ. 

މި ސީޒަނުގައި މާޒިޔާ އިން ކުޅުނު ފުރަތަމަ މެޗުގައި ނުކުތީ އެސިސްޓަންޓް ކޯޗުން ކަމަށްވާ އަހުމަދު ސުޒޭރު (ކޮއްކޮ) އާއި އިބްރާހިމް ސައީދު (ކަކާ)ގެ އިރުޝާދުގެ ދަށުންނެވެ. ޕެނަލްޓީ ޖަހައިގެން، ނިއު ރޭޑިއަަންޓް ބަލިކޮށް މާޒިޔާ އިން ވަނީ ހަތް ވަަނަ ފަހަރަށް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފަ އެެވެ. 

ޓްރުޗާ އަކީ މާޒިޔާ އަށް އިރުޝާދުދޭ އަށް ބިދޭސީ ކޯޗެވެ. މިދިޔަ ސީޒަނުގައި މާޒިޔާ އިން ކުޅެފައިވަނީ، ސްޕެއިނުގެ ލުއިސްމާ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުންނެވެ. ދެން، މާޒިޔާ އަށް ކޯޗުކޮށްދިން ބިދޭސީ ކޯޗުންނަކީ، ސާބިއާގެ ޑްރަގަން ޑުކަނޯވިޗް، މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ، ސާބިއާގެ މިއޮޑްރަގް ޖެސިކް އާއި ރިސްޓޯ ވިޑަކޮވިޗްގެ އިތުރުން ބަލްގޭރިއާގެ އިވާން ކޮލޭވް އާއި ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) އެވެ.

ޓްރުޗާގެ ކޯޗުކަމުގައި މާޒިޔާ އިން ކުޅޭ ފުރަތަމަ މެޗަކަށްވާނީ، 18 އަހަރަށް ފަހު ރާއްޖޭގެ ފުޓްބޯޅަ ކަލަންޑަރަށް އެނބުރި އައި ކަޕް ވިނާސް ކަޕްގައި، މާޒިޔާ އިން މިރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރާ މެޗެވެ. 

މާޒިޔާ އިން މި މަހު 11 ވަނަ ދުވަހު، އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިންގައި ކުޅެން ޖެހޭ މެޗުގައި، ބައްދަލުކުރާނީ ތަޖިކިސްތާންގެ ކަޕް ޗެމްޕިއަން، އެފްސީ ރެގާރުއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox