ބުރު ބަލިކޮށް މާޒިޔާ ކަޕް ވިނާސް ކަޕް ފައިނަލާ ގާތަށް

Aug 6, 2026, 6:19 PM
މާޒިޔާގެ އައިސަމް އާއި ކުކޫ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

މާޒިޔާގެ އައިސަމް އާއި ކުކޫ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ފަހަތުން އަރައި 2-1 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކަޕް ވިނާސް ކަޕްގެ ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ. 

މި މެޗަށް ނުކުތްއިރު، މާޒިޔާ އިން ވަނީ މި ފަހަރުގެ ސީޒަނުގައި ފުރަތަމަ ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. އެއީ، ޗެރިޓީ ޝީލްޑް މެޗުގައި ޕެނަލްޓީ ޖަހައިގެން، މިދިޔަ ސީޒަނުގެ އެފްއޭ ކަޕްގެ ޗެމްޕިއަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުންނާއި ކަޕް ވިނާސް ކަޕްގައި، މާޒިޔާ އިން ކުޅުނު ފުރަތަމަ މެޗުގައި، މިދިޔަ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން، އޮޑި ސްޕޯޓްސް ކްލަބް އަތުން 2-1 އިންނެވެ. 

ކުޅުނު ދެ މެޗުން މޮޅުވެ، މާޒިޔާ އިން ކަޕް ވިނާސް ކަޕް ތާވަލުގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތްއިރު، ދެ ވަނައިގައި އޮތް ނިއު އިން މިރޭ އޮޑި ބަލިކޮށްފިނަަަމަ، ނޫނީ އެ މެެޗު އެއްވަރުވެއްޖެނަަމަ، މާޒިޔާ އަށް ފައިނަލުގެ ޖާގަ ލިބޭނެ އެވެ. 

ބުރުން ކަޕް ވިނާސް ކަޕްގައި ކުޅުނު ފުރަތަމަ މެޗުން ނިއު ރޭޑިއަންޓް އަތުން ބަލިވީ 5-0 އިންނެވެ. އަދި، ދެ ވަނަ މެޗުން ވެސް ބަލިވުމުން ބުރަށް ވަނީ އަމިއްލަ ބާރު ގެއްލިފަ އެވެ. މިރޭ، އޮޑި އަތުން ނިއު މޮޅުވެއްޖެނަމަ، ބުރު އާއި އޮޑި ކަޓައި، މާޒިޔާ އާއި ނިއު އަށް ބާކީ މެޗެއް އޮއްވައި ފައިނަލުގެ ޖާގަ ލިބުނީ އެެވެ.  

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން މާޒިޔާ އިން ބުރުގެ ހާފުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެން ފެށި އެވެ.  

މެޗުގެ ހަތަރު ވަނަ މިނިޓްްގައި މާޒިޔާގެ ނައްސާހު އިބްރާހިމް ނާސިރު، އޭރިއާ އަރިމަތީގައި ހުރެފައި ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލަން ފޮނުވާލި ޝޮޓް، ބުރުގެ ކީޕަރު، ހަސަން އަލީފް އިބްރާހިމް ވަނީ މަތަކޮށްފަ އެވެ. އޭގެ އިރުކޮޅެއް ފަހުން، މާޒިޔާގެ މިޑްފީލްޑަރު، އަހުމަދު އައިހަމް (ފަތޯ)، އޭރިއާބޭރުން ޖެހި ބޯޅަ ވެސް ހުއްޓުވީ ކީޕަރު، އަލީފް އެވެ. މިއީ، އަލީފް، މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗު ކަމަށްވާއިރު، ނައްސާހު އާއި އައިހަމް އަކީ، ކަޕް ވިނާސް ކަޕްގެ ފުރަތަމަ މެޗުގައި މާޒިޔާގެ ދެ ގޯލު ޖެހި ކުޅުންތެރިންނެވެ. 

އޭގެ ފަހުން، އައިހަމް އޭރިއާބޭރުން ޖެހި ބޯޅައެއް ދިޔައީ ގޯލާ ސީދާކޮށެއް ނޫނެވެ. 

ކައުންޓަ އެޓޭކުގައި ބުރުން ގޯލެއް ޖެހޭތޯ މަސައްކަތް ކުރި އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި، މާޒިޔާގެ އޭރިއާ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން، ބުރުގެ އަބްދުﷲ ޔާމީން (ޔާނު) ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. 

އޭގެ އިރުކޮޅެއް ފަހުން، ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ލިބުނު ފުރުސަތެއްގައި ބުރުން ވަނީ ލަނޑު ޖަހައި، ލީޑުނަގައިފަ އެވެ. އެ ގޮތުން، މާޒިޔާގެ އޭރިއާ ބޭރުން ލިބުނު ފުރުސަތަކުން، ބުރުގެ އަރީން އަބްދުﷲ އިބްރާހިމް ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު، ހުސެއިން ޝަރީފް (ހުސެން) އަތްމަތިން ގޮސް އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އަރީން އަށް އެ ފުރުސަތު ހޯދައިދިނުމުގައި، ބުރުގެ އަލީ ހަމްދާން (އައްޔަ) މުހިންމު ރޯލެއް އަދާކުރި އެވެ. 

މާޒިޔާ އިން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގެ ފުރަތަމަ އަށް މިނިޓް ތެރޭގަ އެވެ. އެ ގޮތުން، ދެ ވަނަ ހާފުގެ ތިން ވަނަ މިނިޓްގައި އިބްރާހިމް އައިސަމް، ގޯލުގެ މަތީ ކަނަށް ފޮނުވާލި ބޯޅައާ އެކު މާޒިޔާ އިން އެއްވަރުކުރި އެެވެ. އަދި، މެޗުގެ 53 ވަނަ މިނިޓްގައި މާޒިޔާ މޮޅުކޮށްދިން ލަނޑު އޭރިއާތެރެއިން ޖެހީ ނައިޖީރިއާގެ ފޯވާޑް ބެންޖަމިން ކުކޫ އެވެ. މިއީ، އެ ޓީމުގެ ސާބިއާ ޑިފެންޑަރު، ނަަމަންޏާ ޑްރަވްކޯވިޗް ދިން ބޯޅައަކުން، ކުކޫ ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. 

ބުރުން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، އެ ޓީމުގެ ރިލްވާން ވަހީދު (ރިލޭ) އަށް ދެ ރީނދޫ ކާޑާ އެކު ރަތެއް ދެއްކުމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox