މާޒިޔާގެ ކާމިޔާބީއާ އެކު ކަކާގެ ކޯޗިން މަސައްކަތް އެހެން ހަރުފަތަކަށް

މާޒިޔާގެ ޒުވާން ޓީމުގެ ކޯޗު އިބްރާހިމް ސައީދު (ކަކާ).

މާޒިޔާގެ ޒުވާން ޓީމުގެ ކޯޗު އިބްރާހިމް ސައީދު (ކަކާ).

އެފްއޭއެމް އިން ބޭއްވި 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެ އަހަރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދާފައިވަނީ އެންމެ މެޗަކުން ވެސް ބަލިނުވެ އެވެ. މިއާ އެކު، އެ ޓީމުގެ ކޯޗުކަމާ ހަވާލުވެހުރި، އިބްރާހިމް ސައީދު (ކަކާ)ގެ ކޯޗިން ކެރިއަރުގައި އާ ހަރުފަތަކަށް މި ވަނީ ކާމިޔާބީތައް މިސްރާބު ޖަހައިފަ އެވެ. 

މާޒިޔާ އިން މިދިޔަ އަހަރުގެ 19 އަހަރުން ދަށުގެ މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ކްލަބް އީގަލްސް 6-1 އިން ބަލިކޮށްގެންނެވެ. މި ފަަހަރުގެ ފައިނަލުގައި މާޒިޔާ އިން ވަނީ، 4-1 އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. ނިއު އަތުން މި ލިބުނު މޮޅާ އެކު، މާޒިޔާ އިން ތަށި އުފުލާލީ މުބާރާތުގައި ކުޅުނު ހުރިހާ ޓީމެއް ބަލިކޮށްފަ އެވެ. 

ނިއު ރޭޑިއަންޓް ބަލިކޮށް ރެކޯޑަކާ އެކު މާޒިޔާ އިން 19 އަހަރުން ދަށުގެ މުބާރާތް ދިފާއުކޮށްފި

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި ނިއު ރޭޑިއަންޓް 4-1 އިން ބަލިކޮށް، މާޒިޔާ އިން މެޗަކުން ބަލިނުވެ މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައި ކަމަށްވާއިރު، މާޒިޔާގެ އިލާން ވަނީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

މިދިޔަ ދެ އަހަރު މާޒިޔާ އިން ޔޫތު މުބާރާތުގައި މި ހޯދި ކާމިޔާބީއާ ގުޅޭގޮތުން، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ކަކާ ބުނެފައިވަނީ، މިއީ، މާޒިޔާގެ ހުރިހާ ޓެކްނިކަލް ސްޓާފުންނާއި މެނޭޖްމަންޓުން ގުޅިގެން ކުރި މަސައްކަތުން ހާސިލްކުރެވުނު ވަރަށް "ޕޮޒިޓިވް" ނަތީޖާއެއް ކަމަށެވެ. މާޒިޔާ އަކީ އަބަދުވެސް ވާދަކުރާ ކޮންމެ މުބާރާތެއް ކާމިޔާބު ކުރުމުގެ ޗެލެންޖު ނަގައިގެން އަންނަ ކްލަބެއް ކަމަށާއި ޔޫތުގެ ކާމިޔާބަކީ ވެސް ވިސްނުމުގެ ތެރެއިން އަންނަ ކަމެއް ކަމަށް ކަކާ ވަނީ ބުނެފަ އެވެ. 

Advertisement

"މާޒިޔާގެ ސީނިއާ ޓީމުގައި ވެސް މި ޒުވާން ޓީމުގައި ހިމެނޭ ކުޅުންތެރިން ތިބުމަކީ، ޔޫތު ލެވަލަށް ވުރެން ދުރަށް މުސްތަގުބަލަށް މާޒިޔާ އިން ވިސްނާ ކަމުގެ ހެއްކެއް. ފެންވަރު ދަމަހައްޓައިގެން ކުރިއަށްދިއުން އެންމެ ފުރަތަމަ ދުވަހު ވެސް ވިސްނުމަކީ،" 2016 އިން ފެށިގެން ކޯޗިން މަސައްކަތުގައި ގިނަ ކުރިއެރުންތަކެއް ހޯދަމުން އަންނަ ކަކާ ބުންޏެވެ. 

"އަމިއްލަ އަށް ވިސްނާ ކަމަށްވާނަަމަ، މިއީ ވަރަށް ފަހުރުވެރިވާ ކާމިޔާބެއް. އެއީ، އަބަދުވެސް އަމިއްލަ ނަފްސަށް ވިސްނައިދެމުން މި އަންނަނީ އިއްޔެ ހޯދި ކާމިޔާބަކުން ވާކަށެއް ނެތޭ. މިއަދު ވެސް ޖެހޭނީ އަމިއްލަ އަށް ސާބިތުކޮށްދޭށޭ މިކަން ކުރެވޭނެކަން،" 

ކަކާ ބުނީ އަމިއްލަ އަށް ވިސްނާ އެ ގޮތުގެ ސަބަބުން ކާމިޔާބުގެ މަގުން ކުރިއަށްދިއުމަށް މަގުފަހިވާ ކަމަށެވެ. 

"އުންމީދަކީ އަންނަ އަހަރު ވެސްމި ކާމިޔާބީ ތަކުރާރުކުރުން،" ކަކާ ބުންޏެވެ. 

މާޒިޔާގެ ޒުވާން ޓީމުގެ ކޯޗު އިބްރާހިމް ސައީދު (ކަކާ).
މާޒިޔާގެ ޒުވާން ޓީމުގެ ކޯޗު އިބްރާހިމް ސައީދު (ކަކާ).

މާޒިޔާ އިން ޒުވާން ކުޅުންތެރިންނަށް ސީނިއާ ޓީމުން ފުރުސަތު ދިނުމާއި އެކަޑަމީން ކުރިއެރުން ހޯދާ ކުޅުންތެރިންނަށް ސީނިއާ ޓީމަށް ދިއުމަށް މަގުކޮށިފައި އޮންނަ އޮނިގަނޑެއްގެ ތެރެއިން ކަންކަން ހިނގާތީ އެއީ ކޯޗުންނަށް ވެސް ވަރަށް ބޮޑު ފަސޭހައެއް ކަަމަށެވެ. 

މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބު ހޯދި ޓީމުގެ 80 ޕަސެންޓަކީ، މާޒިޔާ އެކަޑަމީން އައި ކުޅުންތެރިންކަން ކަކާ ވަނީ ފާހަގަކޮށްފަ އެވެ. 

ކްލަބް އީގަލްސް އިން ކޯޗިން މަސައްކަތް ފެށި ކަކާ އެންމެ ފުރަތަމަ ހުރީ އީގަލްސްގެ ކޯޗު، އަހުމަދު ޝާކިރު (ޝާކިއްޓެ)ގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭރު، 2016 އާއި 2017 ވަނަ އަހަރު ބޭއްވި ޔޫތު ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކްލަބް އީގަލްސް އިން ހޯދި އެވެ. އެ އަށް ފަހު، އީގަލްސްގެ ޔޫތު ޓީމުގެ ހެޑް ކޯޗެއްގެ ގޮތުަގައި ހުއްޓައި، ކްލަބް ގްރީން ސްޓްރީޓްސް އަތުން 2018 ވަނަ އަހަރުގެ ފައިނަލުގައި ބަލިވި އެވެ. އެކަމަކު، ޖެހިގެން އައި ސީޒަނުގައި ހެޑް ކޯޗެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި އެވެ. 

އޭގެ ފަހުން، ކްލަބް އީގަލްސް ދޫކޮށްލައި، މާޒިޔާއާ ގުޅުމަށް ފަހު، 22 ވަނަ އަހަރު ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާއާ އެކު މާ އެދެވޭ ކާމިޔާބެއް ނުލިބުނެވެ. މާޒިޔާގައި ވެސް ޔޫތު މުބާރާތުުގައި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި، އަހުމަދު ސުޒެއިރު (ކޮއްކޮ)އާ އެކު މަސައްކަތްކުރި ކަކާ، 2024 ވަނަ އަހަރު މާޒިޔާ ޔޫތު ޓީމުގެ ހެޑް ކޯޗުކަމާ ހަވާލުވި އެވެ. އަދި، ފުރަތަމަ އަހަރު ސެމީ ފައިނަލުން ބަލިވިއިރު، އޭގެ ފަހުން ދެ އަހަރު މި ވަނީ ބަލިނުވެ މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ފަހަރު ހޯދައިފަ އެވެ. 

މާޒިޔާގެ ޕްރެކްޓިސް ސެޝަނެއްގެ ތެރެއިން ކޯޗު އިބްރާހިމް ސައީދު (ކަކާ).--- ފޮޓޯ: އަދަދު ސްޕޯޓްސް
މާޒިޔާގެ ޕްރެކްޓިސް ސެޝަނެއްގެ ތެރެއިން ކޯޗު އިބްރާހިމް ސައީދު (ކަކާ).--- ފޮޓޯ: އަދަދު ސްޕޯޓްސް

ޔޫތު ފުޓްބޯޅައިގައި ކަކާގެ މަސައްކަތް އިންޓަ ސްކޫލްގެ 15 އަހަރުން ދަށާއި 19 އަހަރުން ދަށުގެ މުބާރާތްތަކުގައި ވެސް ރަނގަޅެވެ. އެ ގޮތުން، 19 އަހަރުން ދަށުގެ ދެ މުބާރާތް، ވިލާ އިންޓަނޭޝަަނަލް ހައި ސްކޫލާ އެކު ކާމިޔާބުކުރި ކަކާ ވަނީ، 15 އަހަރުން ދަށުގެ މުބާރާތުގައި، ދެ އަހަރު މުހިއްޔުއްދީން ސްކޫލު ފައިނަލަށް ގެންގޮސް، އެއް ފަަހަރު ތަށި ހޯދައިދީފަ އެވެ. 

ކަކާ ބުނީ، ލިބޭ ކޮންމެ ތަޖުރިބާއެއްގެ އަލީގައި ކޯޗިންގައި ކުރިއަށްދިއުމަށްޓަކައި، އަމިއްލަ އަށް އިސްނަގައިގެން ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. 

"މި މަސައްކަތްތަކުން ހިތްވަރު ލިބިގެން، އިތުރަށް އެހެން ކަންކަން ކުރަން ބޭނުންވަނީ ކޯޗިން ކެރިއަރުގައި. ޓާގެޓަކީ ނެޝަނަލް ޔޫތު ޓީމެއްގެ ހެޑް ކޯޗުކަން. ކޮންމެ ވެސް ދުވަހަކުން، އިންޝާﷲ،" ކަކާ ބުންޏެވެ. 

"މާޒިޔާގެ ޔޫތު ސެޓަޕް ރަނގަޅަށް ކުރިއަށް ގެންގޮސް، ކުރިއަށް އޮތް އަހަރުތަކުގައި، ރާއްޖޭގެ 17 އަހަރުން ދަށް ނޫނީ 19 އަހަރުން ދަށުގެ ޓީމުގެ ހެޑް ކޯޗުކަން ކުރުން އެއީ އަމާޒަކީ،" 

މާޒިޔާ މެނޭޖްމަންޓުން އޭނާގެ ކުރިއެރުމަށްޓަކައި ދޭ ފުރުސަތުތައް އަބަދުވެސް ފާހަގަކުރާ ކަމަށް ކަކާ ވަނީ ބުނެފަ އެވެ. އެ ގޮތުން، މާޒިޔާގެ ސީއީއޯ، ހުސެއިން ޝާފިއު (ކޮކީ) ދޭ އެއްބާރުލުމާއި މެނޭޖްމަންޓުގެ އެހެން ފަރާތްތަކުން ބަހައްޓާ ގާތްކަން ކަކާ ވަނީ ފާހަގަކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox