އޮޑި އަތުން ހޯދި މޮޅާ އެކު މާޒިޔާ އަށް ކަޕް ވިނާސް ކަޕްގައި ރަނގަޅު ފެށުމެއް

Aug 3, 2026, 11:22 PM
އޮޑި ކޮޅަށް ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ފަތޯ އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

އޮޑި ކޮޅަށް ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ފަތޯ އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

މި ފަަހަރުގެ ފުޓްބޯޅަ ސީޒަންގެ ފުރަތަމަ މުބާރާތް، ކަޕް ވިނާސް ކަޕްގައި އޮޑި ސްޕޯޓްސް ކްލަބް އަތުން 2-1 އިން މޮޅުވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަނުން ފެށުން ރަނގަޅުކޮށްފި އެވެ. 

އަށާރަ އަހަރަށް ފަހު، ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ކަޕް ވިނާސް ކަޕް ހިމަނައިގެން ފުރަތަމަ ފަހަރަށް ކުޅޭއިރު، މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވަނީ 5-0 އިން ބުރު ސްޕޯޓްސް ކްލަބް އަތުން މޮޅުވެފަ އެވެ. 

މި ފަހަރުގެ ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުން މާޒިޔާ އިން ވަނީ ޕެނަލްޓީ ޖަހައިގެން ނިއު ބަލިކޮށް، ހަތް ވަނަ ފަހަރަށް ޝީލްޑް އުފުލައިލައިފަ އެވެ. އެ މެޗަށް މާޒިޔާ އިން ނުކުތީ އެސިސްޓަންޓް ކޯޗުން ކަމަށްވާ އަހުމަދު ސުޒެއިރު (ކޮއްކޮ) އާއި އިބްރާހިމް ސައީދު (ކަކާ)ގެ ބެލުމުގެ ދަށުންނެވެ. އެހެން ނަމަވެސް، މިރޭގެ މެޗުގައި މާޒިޔާ އިން ކުޅުނީ އެ ޓީމާ ގުޅުނު ޗެކް ރިޕަބްލިކްގެ ކޯޗު، ތޯމްސް ޓްރޫޗާގެ ބެލުމުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއާ ހަވާލުވާ ޕޯޗުގަލްގެ ކޯޗު، ޕްރާޓާ ރުއީ ޕެޑްރޯ އަދި ޓީމާ ނުގުޅެ އެވެ. 

Advertisement

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗުގެ 18 ވަނަ މިނިޓްގައި މާޒިޔާ އިން ކައުންޓަ އެޓޭކުގައި ލީޑުނެގި އެވެ. މިއީ، މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) އަރިމަތިން ގޮސް، އޭރިއާތެރެއަށް ދުވެފައި އެރި ނައްސާމް އިބްރާހިމް ނާސިރު އަށް ދިން ބޯޅައަކުން އޭނާ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ. 

މާޒިޔާ އަށް ލީޑުގައި އޮވެވުނީ 10 މިނިޓެވެ. އޮޑިން ވަނީ މެޗުގެ 28 ވަނަ މިނިޓްގައި ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. މި ލަނޑު ޖެހީ މުޒްދާން ހަސަން އެވެ. މިއީ، އޮޑީގެ އަހުޒަމް ރަޝީދު (އަހު) ނަގައިދިން ހުރަަހަކުން މުޒްދާން ބޮލުން ޖެހި ގޯލެކެވެ. މުޒްދާން ފޮނުވާލި ބޯޅަ ގޯލުގެ ދުރު ކަނަށް އަމާޒުވީ މާޒިޔާގެ ކީޕަރު، ހުސެއިން ޝަރީފް (ހުސެން) އަތްމަތިން ގޮހެވެ. 

މެޗުން މާޒިޔާ މޮޅުވި ގޯލު ޖެހިީ ދެ ވަނަ ހާފުގަ އެވެ.  ފަތޯ، މި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 12 މިނިޓަށް ވެފައި ހުއްޓަ އެވެ. އޭރިއާބޭރުން ފަތޯ އަށް ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ. އެ ބޯޅަ ހުއްޓުވަން އޮޑީގެ ގޯލުގައި ހުރި ކީޕަރު، މުހައްމަދު އަޝްވާން އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. 

 ރާއްޖޭގެ ފުޓްބޯޅައިގައި ކުރިން ފޯރިގަދަކޮށް ކުރިއަށްގެންދިޔަ އެއް މުބާރާތް ކަމަށްވާ ކަޕް ވިނާސް ކަޕް، އެންމެ ފުރަތަމަ ބޭއްވީ މީގެ 31 އަހަރު ކުރިން، 1995 ވަނަ އަހަރު އެވެ. ކަޕް ވިނާސް ކަޕްގެ 11 މުބާރާތް ބޭއްވުމަށް ފަހު، 2009 އިން ފެށިގެން އެ މުބާރާތް ކުޅެފައިނުވެ އެވެ. އެންމެ ފަހުން، 2008 ވަނަ އަހަރު ބޭއްވި ކަޕް ވިނާސް ކަޕްގެ ޗެމްޕިއަންކަން ހޯދި ނިއު ރޭޑިއަަންޓް ސްޕޯޓްސް ކްލަބުންނެވެ.

ބުރާސްފަތި ދުވަހު ހަވީރު ކުޅޭ މެޗުގައި، މާޒިޔާ އިން ކުޅޭނީ ބުރުއާ އެވެ. އަދި، އެ ރޭ ކުޅޭ މެޗުގައި ނިއު އިން އޮޑިއާ ބައްދަލުކުރާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox