މާޒިޔާ އާއި ނިއު ބައްދަލުކުރާ މެޗުން މި މަހު 31 ވަނަ ދުވަހު ފުޓްބޯޅަ ސީޒަން ފަށަނީ

Jul 23, 2026, 2:19 PM
DPL: Maziya vs New Radiant

DPL: Maziya vs New Radiant

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުުކުރާ މެޗުން މި މަހު 31 ވަނަ ދުވަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ. 

ނިއު އަކީ ކުރިއަށް އޮތް ސީޒަނަށް އެންމެ ކުރިން ޕްރީ ސީޒަން ފެށި ޓީމެވެ. މާޒިޔާ އިން ވެސް ވަނީ އާ ސީޒަނަށް ތައްޔާރީތައް ފަށައިފަ އެވެ. އޭގެ އިތުރުން، ބުރު ސްޕޯޓްސް ކްލަބުން ވެސް ވަނީ އާ ކޯޗެއްގެ ބެލުމުގެ ދަށުން ޕްރެކްޓިސްތައް ފަށައިފަ އެވެ. 

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގެ އެންމެ ކާމިޔާބު ޓީމަކީ މާޒިޔާ އެވެ. މިދިޔަ އަހަރު، ކްލަބް އީގަލްސް 2-0 އިން ބަލިކޮށް މާޒިޔާ އިން ވަނީ ހަ ވަނަ ފަަަހަރަށް ޗެރިޓީ ޝީލްޑް އުފުލާލައިފަ އެވެ. އެންމެ ގިނަ ފަހަރު ޝީލްޑް އުފުލާލުމުގެ ރެކޯޑް އޮތް މާޒިޔާ އިން ވަނީ 2015، 2016، 2017، 2021، 2023 އަދި 2025 ވަނަ އަހަރު ޝީލްޑް ހޯދައިފަ އެވެ.

ކަޕް ވިނާސް ކަޕް އުވާލުމަށް ފަހު، 2009 އިން ފެށިގެން ކުޅެން ފެށި ޗެރިޓީ ޝީލްޑް، ނިއު އިން ވަނީ ދެ ފަހަރެއްގެ މަތިން އުފުލާލައިފަ އެވެ. އެއީ، 2013 އާއި 2014 ވަނަ އަހަރު އެވެ. 

މިދިޔަ ސީޒަނުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި ނިއު އިން ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްްޑް މެޗުގައި އެންމެ ފަހުން ކުޅެފައިވަނީ، މީގެ 10 އަހަރު ކުރިން، 2016 ވަނަ އަހަރު އެވެ. އެ ފަަހަރު ނިއު އިން ވަނީ، މާޒިޔާ އަތުން ބަލިވެފަ އެވެ. ނިއު އިން މީގެ ކުރިން ޝީލްޑް އުފުލާލި ދެ ފަހަރު ވެސް ވަނީ މާޒިޔާ އަތުން މޮޅުވެފަ އެވެ. 

އާ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން، ނިއު އިން ވަނީ ކްލަބް ވެލެންސިއާގެ ކެޕްޓަން، އީތަން އިބްރާހިމް ޒަކީ އާއި ބުރު ސްޕޯޓްސް ކްލަބްގެ މުހައްމަދު ނާއިމް އަދި މީގެ ކުރިން ބަންގްލަދޭޝްގެ ބަޝުންދަރަ ކިންގްސް އަށް ކުޅުނު ބްރެޒިލްގެ ފޯވާޑް، ޑޮރިއެލްޓަންގެ ސޮއި ހޯދައިފަ އެވެ. 

ނިއު އަށް ކޯޗުކޮށްދޭނީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕްގައި ވެސް އެ ޓީމަށް އިރުޝާދުދިން ސްޕެއިނުގެ ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ) އެވެ. މާޒިޔާގެ އާ ކޯޗު ކުރިއަށް އޮތް ހަފްތާ ތެރޭގައި ޓީމާ ގުޅޭނެ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. 

އެފްއޭއެމް އިން އަދި ސީޒަން ކަލަންޑަރު މީޑިއާ އަށް އާންމުކޮށްފައިނުވާއިރު، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ދިވެހި ޕްރިމިއާ ލީގު ފަށަނީ ސެޕްޓެމްބަރު މަހު އެވެ. އޭގެ ކުރިން، ކަޕް ވިނާސް ކަޕް ކުޅެން ނިންމާފައިވާއިރު، އަންނަ މަހު 11 ވަނަ ދުވަހު، އޭއެފްސީ ޗެލެންްޖު ލީގު ކޮލިފައިންގައި މާޒިޔާ އިން ވާދަކުރާނެ އެވެ.

އޭޝިއާގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ޗެލެންޖު ލީގުގެ އަންނަ ސީޒަނުގެ ކޮލިފައިން ބުރުގައި، ރާއްޖޭގެ ލީގު ޗެމްޕިއަންކަން ޖެހިިޖެހިގެން ފަސް ފަހަރު ހޯދާފައިވާ، މާޒިޔާ އިން ބައްދަލުކުރާނީ ތަޖިކިސްތާންގެ ކަޕް ޗެމްޕިއަން، އެފްސީ ރެގާރު ޓަޑާޒްއާ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ޖާގައެއް ލިބޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox