ފަޅުރަށްރަށް ކުއްޔަށް ދޫކުރުމުގެ ހުރިހާ ބާރެއް ރައީސަށް ދޭތީ އެމްޑީޕީ މެންބަރުންގެ ކަންބޮޑުވުން

Aug 5, 2026, 2:20 PM
އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަާށް އެކަށައެޅުމާއި ކުއްޔަށް ދިނުމުގެ އިޖުރާއަތްތައް ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަކީ އެ ކަމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ފަރުމާކޮށްފައިވާ އޮތް ބިލެއް ކަމަށް ވިދާޅުވެ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ ހުށަހެޅުއްވި ބިލުގެ އިބްތިދާއީ ބަހުސް މިއަދުގެ މަޖިލިސް ޖަލްސާގައި ކުރިއަށްގެންދިޔަ އެވެ. އެ ބިލުގެ ބަހުސްގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ އެއީ ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް ސަރުކާރުން ބޭނުން ބަޔަކަށް ދިނުމަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް ވިދާޅުވެފަ އެވެ. 

"ފަސް އަހަރުގެ ދައުރަކަށް އަޅުގަނޑުމެން ހޮވާ ރައީސަކަށް މުޅި ގައުމުގެ، މި ގައުމަކީ އެތައް ހާސް އަހަރަކަށް ދެމިއޮންނާނެ. ގައުމެއް، އެ ރައީސަކަށް މި ގައުމުގައި ހުރި ހުރިހާ ފަޅުރަށްރަށާއި ފަޅުތައް ދޫކޮށްލުމުގެ އިހުތިޔާރު ލިބިގެން ނުވާނެ. ގާނޫނުގައި ލިމިޓޭޝަންތަކެއް އޮންނަންވާނެ،" ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވި އެވެ. 

އޭގެ އިތުރުން، ރާއްޖޭގެ ސަރަހައްދުތަކުން ވަކި އިންސައްތައެއްގެ ފަޅުރަށްރަށާއި ފަޅުތައް ދޫނުކުރެވޭ ގޮތަށް ގާނޫނުގައި ހިމަނަން ޖެހޭ ކަމަށް ޝަމްހީދު ވިދާޅުވި އެވެ. އޭނާއަށް ފަހު ވާހަކަ ދެއްކެވި ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު ވެސް ވަނީ ރާއްޖެއަކީ ބިން ކުޑަ ގައުމަކަށްވުމާއެކު ބޭނުން ގޮތަކަށް ރަށްރަށް ދޫކުރެވިގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

"މާލެ އަތޮޅާއި ކައިރި އަތޮޅުތަކުގެ ފަޅުތަކާއި ފަޅުރަށްތަކެއް ނެތޭ މިއަދު. އަޅުގަނޑުމެން އެއްބަސްވެގެން ނުވާނެ ވެރިކަމަށް އަރާ ބަޔަކަށް މުޅި ރާއްޖޭގެ ހުރިހާ ރަށަކާ ކުޅުމުގެ އިހުތިޔާރާ ބާރު.... މިއީ ހުރިހާ ދިވެހި ރައްޔިތުންގެ ރައުސުލްމާލެއް. އެންމެ މީހެއްގެ އަތް މައްޗަށް މި ބާރު ދިނުމަކީ ރައްޔިތުންނަށް ވެވޭ ބޮޑު ހިޔާނާތެއް،" ސަމީރު ވިދާޅުވި އެވެ.

މީގެކުރިން ރަށްރަށް ދޫކުރުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމުގެ ބަދަލުގައި އެ ބިލުގައި އޮތީ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވި އެވެ. 

ފަޅުރަށްރަށް ކުއްޔަށް ދޫކުރެވޭނީ ފަތުރުވެރިކަމާއި، ސިނާއީ ބޭނުންތަކާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އިގުތިސޯދީ އެހެނިހެން ބޭނުންތަކާއ، އިޖުތިމާއި ބޭނުންތަކާއި ދައުލަތުގެ ބޭނުމަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ. 

ސިނާއީ އަދި އިގުތިސޯދީ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް އަހަރަކަށް ތިން ރުފިޔާ އެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް 2.50ރ. އެވެ. އަދި އިޖުތިމާއީ ބޭނުމަށް ދޫކުރާ ރަށްރަށުގެ ކުއްޔަކީ އަކަމީޓަރަކަށް ދެ ރުފިޔާ އެވެ.

ފަޅު ކުއްޔަށް ދޫކުރެވޭނީ ލާޖް-ސްކޭލް ސިނާއީ މަސައްކަތްތަކާއި، މީޑިއަމް-ސްކޭލް ސިނާއީ މަސައްކަތްތަކާއި، ލާޖް-ސްކޭލް އިގުތިސޯދީ މަސައްކަތްތަކާއި އެކުއަކަލްޗާ ނުވަތަ އެކުއަކަލްޗާއާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށް ކަމަށް ބިުގައި ބަޔާންކޮށްފައިވެ އެވެ. 

ސިނާއީ އަދި އިގުތިސޯދީ ބޭނުމަށް ކުއްޔަށް ދޫކުރާ ފަޅުގެ ކުއްޔެއްގެ ގޮތުގައި އޮތީ އަކަމީޓަރަކަށް ތިން ރުފިޔާ އެވެ. މަސްވެރިކަމުގެ ބޭނުމަށް ދޫކުރާ ފަޅުތަކުގެ ކުއްޔަކީ އަކަމީޓަރަކަށް 50 ލާރި އެވެ. 

ފަޅާއި ފަޅުރަށްރަށް ވިޔަފާރީގެ ބޭނުމަށް ކުއްޔަަށް ދެވޭނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި، ޕާޓްނާޝިޕްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ އިތުރުން ރީރަޖިސްޓްރީކޮށްފައިވާ ބޭރުގެ ކުންފުނިތަކާއި ޕާޓްނާޝިޕްތަކަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox