މި ސަރުކާރު ފެށުނީއްސުރެ މަޝްރޫއުތަކުގެ ނަމުގައި ކުރަމުންދަނީ ވައްކަން: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވާހަކަދައްކަވަނީ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވާހަކަދައްކަވަނީ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތަށް އެކި ގޮތްގޮތުން ފައިސާ ހޯދުމަށް ކަމަށް ބުނެ ތަފާތު އެކި މަޝްރޫއުތަކުގެ ނަމުގައި މި ސަރުކާރު ފެށުނީއްސުރެ ކުރަމުން ދަނީ ވައްކަން ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ ދައުލަތަށް ފައިސާ ހޯދުމަށް ކަމަށް ބުނެ މި ސަރުކާރުން ތަފާތު އެކި މަޝްރޫއުތައް ހިންގަމުން ދަނީ އެއްވެސް އުސޫލެއް ހަމައެއް ނެތި ކަމަށެވެ.

"އެހެންނަމަވެސް، މައިގަނޑު ގޮތެއްގައި މި ކުރާ ކަމަކީ، މަޝްރޫއުތަކުގެ ނަމުގައި ވައްކަން ކުރަނީ،" މައުރޫފް ވިދާޅުވި އެވެ.

އޭނާގެ ވާހަކައަށް ބާރުދެއްވުމަށް މައުރޫފް މިސާލުތަކެއް ދެއްކެވި އެވެ. އެގޮތުން، ހުޅުމާލޭގައި ތަރައްގީ ކުރުމަށް މި ސަރުކާރުން ނިންމި ފައިނޭންޝަލް ސެންޓަރާއި ދައުލަތުގެ ބަޖެޓުން އެތައް ފައިސާއެއް ހަރަދުކޮށްގެން ގެނައި ޑްރޯންތަކުން ދިވެހި ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ރާއްޖޭގެ އިގުތިސާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައި ފުށިދިއްގަރުފަޅު ހިއްކަމުންދާ ދިޔުމަށް ވެސް އޭނާ ފާޑުވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތު މި ވަގުތު މި އޮތް ގޮތުން، ދިވެހިރާއްޖޭގެ ޑޮލަރުގެ ދަތިކަން މިހާރު މި އޮތް ގޮތަށް ބަލާއިރު 800 މިލިއަން ޑޮލަރު ހަރަދުކޮށްގެން ފުށިދިއްގަރު ފަޅު ހިއްކަނީ، އެއީ ކީއްކުރަން މި ވަގުތު ކުރާ ކަމެއްތޯ؟ އޭގެން ކޮން ރައްޔިތަކަށްތޯ ފައިދާ ވަނީ،" މައުރޫފް ވިދާޅުވި އެވެ.

މި މޭރުމުން މައުރޫފް ވާހަކަދެއްކެވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، އަހުމަދު ޝަމްހީދު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

އޭނާ ހުށަހެޅުއްވި ގަރާރުގައި ވަނީ ދިވެހިރާއްޖޭގެ ބިމާއި، ފަޅުތަކާއި، ގައުމީ ސަލާމަތާ ސީދާ ގުޅިފައިވާ ސިޔާދަތީ ބާރުތަކެއް، ރައްޔިތުންގެ މަޖިލީހަށް ސިއްރުން ބޭރުގެ އަމިއްލަ ކުންފުންޏަކަށް ދޫކޮށްލާފައިވާ ކަމަށް ބުނާ މައްސަލާގައި "މޯލްޑިވްސް ޕާލް ރެޒިޑެންސް ޕްރޮގްރާމް" ވަގުތުން ހުއްޓާލުމަށް ގޮވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox