މުއިއްޒުގެ އަތަށް ހުރިހާ ބާރެއް ދެވުމުން ޕީއެންސީގެ މަޖިލިސް މެންބަރުން ހިތާމަކުރޭ: ނަޝީދު

ނަވާރަވަނަ މަޖިލީހުގެ ރައީސްކަން ކުރެއްވި ނަޝީދު އެ އިދާރާގެ ބޭރުގައި މަޑުކުރައްވައިގެން --- ފައިލް ފޮޓޯ: ޝާބިން/އަދަދު

ނަވާރަވަނަ މަޖިލީހުގެ ރައީސްކަން ކުރެއްވި ނަޝީދު އެ އިދާރާގެ ބޭރުގައި މަޑުކުރައްވައިގެން --- ފައިލް ފޮޓޯ: ޝާބިން/އަދަދު

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕިއެންސީ) ގެ މެންބަރުންގެ ހުރިހާ ބާރެއް އަމިއްލަ އިހުތިޔާރުގައި ރައީސް މުހައްމަދު މުއިއްޒުގެ އަތްޕުޅަށް ދީފައިވާ ކަމަަށާއި އެކަމާ ގުޅިގެން އެ މެންބަރުން ހިތާމަކުރައްވާ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެންބަރުންނަށް ފަހު ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ލާމަރުކަޒީ ގާނޫނު ބަދަލުކުރުމަށްފަހު ކައުންސިލަރުންގެ ބާރުތައް ކަނޑުވާލުމަށް ކަމަށް ނަވާރަވަނަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވި އެވެ. ލާމަރުކަޒީ ގާނޫނަކީ ނަޝީދުގެ ވެރިކަމުގައި ފާސްކޮށް އަމަލުކުރަން ފެށި ގާނޫނެކެވެ. 

"ޕީއެންސީގެ މަޖިލިސް މެންބަރުން އެ ތިއްބެވީ އެ ބޭފުޅުން އަމިއްލަފުޅަށް އެ ބޭފުޅުންގެ ބާރުތައް އުނިކޮށް، ރައީސް މުއިއްޒުގެ އަތްޕުޅަށް ހުރިހާ ބާރެއް ދެއްވައިގެން. އެ ހިތާމަ މިއަދު މެންބަރުން ކުރޭ. މިފަހަރު މި ދަތުރު މި ޖެހެނީ ޕީއެންސީ ކައުންސިލަރުންނަށް،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވި އެވެ. 

Advertisement

ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކުގެ ބާރުތައް ކަނޑާލާއިރު ޕީއެންސީ ކައުންސިލަރުން ވެސް އެމްޑީޕީ އާއެކު އިހުތިޖާޖު ކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

މަޖިލީހަށް ހުށަހެޅިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ފާސްކޮށްފި

މި ބިލުގެ ފުރަތަމަ ކިޔުން އިއްވީ މިއަދު ހެދުނު 9:00 ގައި. އެ ބިލުގެ އިބްތިދާއީ ބަހުސާއި ކޮމިޓީ މަސައްކަތްވެސް ނިންމީ މިއަދު. ބިލު ފާސްކުރީ 78 މެންބަރުންގެ ވޯޓާއެކު. އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުން ވޯޓުގައި ބައިވެރިވެ ނުވެ ތަޅުމުގައި ވަނީ އިހުތިޖާޖުކޮށްފައި.

ސިޔާސީ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެ މީހަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ބުނާ މާއްދާ ގާނޫނުއަސާސީއަށް އިތުރު ކުރީ 2024 ވަނަ އަހަރު އެވެ. އެ އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ވެސް ހުށަހެޅި އެވެ.

އެންމެ މަތީ ކޯޓުން އެ މައްސަލަ ބަލަމުންދަނިކޮށް ތިން ފަނޑިޔާރަކު ސަސްޕެންޑުކުރި އެވެ. ސަސްޕެންޑު ކުރި ދެ ފަނޑިޔާރަކު ފަހުން މަގާމުން ވަކިކުރިއިރު، އެއް ފަނޑިޔާރަކު އަމިއްލައަށް އިސްތިއުފާ ދެއްވި އެވެ. އެ އިސްލާހު ބާތިލުކުރަން ޖެހޭ އަސާސެއް ނެތް ކަމަށް އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ހުކުމް ކުރީ އެޕްރީލް 29، 2026 ގަ އެވެ. 

ގޮނޑި ގެއްލޭ އިސްލާހު ބާތިލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ އަޣުލަބިއްޔަތުން މިއަދު ވަނީ ނިންމާފައެވެ. މި ނިންމުމާއެކު، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ވެސް އެ އިސްލާހު ތަންފީޒު ކުރެވޭނެ ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެންބަރުންގެ މައްޗަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ނުހިނގާނެ ކަމަށް ބުނެ ދައުވާ ކުރާ ފަރާތުން ހުށަހެޅި ނުކުތާއަށް ވެސް އެ ދުވަހު ކޯޓުން ގޮތެއް ކަނޑައެޅި އެވެ. ސުޕްރީމް ކޯޓުން ނިންމީ މިހާރުގެ މެންބަރުންގެ މައްޗަށް ވެސް އެ އިސްލާހު ތަންފީޒު ކުރެވޭނެ ކަމަށެވެ. 

އެ މައްސަލާގައި ހިލާފު ރައުޔެއް ނެރުއްވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އެވެ. ފަނޑިޔާރު ޝުޖޫންގެ ރައުޔުގައި ވިދާޅުވެފައި ވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ފެންނަ ކަމަށެވެ. އެއީ ގާނޫނުއަސާސީއާ ހިލާފަށް ގެނައި ބަދަލެއް ކަމަށް ވެސް ރައުޔު އިއްވަވަމުން ފަނޑިޔާރު ވިދާޅުވި އެވެ. 

ގޮނޑި ގެއްލޭ އިސްލާހު ސުޖޫން އެއްފަދަކުރީ މެޗުގެ މެދުތެރެއިން ގަވާއިދު ބަދަލުކުރުމާ

މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ، އެއްވެސް މަޝްވަރާއެއް ނެތި ކުޅުމުގެ މެދުތެރެއިން ގަވާއިދު ބަދަލުކުރުން ފަދަ ކަމެއް ކަމަށް ފަނޑިޔާރު އާއިޝަތު ޝުޖޫން ވިދާޅުވެއްޖެ. ޝުޖޫން ވިދާޅުވީ މި އިސްލާހު ބާތިލްކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާ ދެކޮޅަށް ރައުޔު ނެރުއްވި ރައުޔު.

"މިއީ ގަވާއިދުތަކެއްގެ މައްޗަށް ބިނާވާ ކުޅިވަރެއް ރައްޔިތުން ކުޅެމުންދަނިކޮށް، އެނގުމެއް، އަހާލުމެއް އަދި މަޝްވަރާ ކުރުމެއް ނެތި ކުޅުމުގެ މެދުތެރެއިން ގަވާއިދު ބަދަލު ކުރުމުގެ ހާލަތެއް،" ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox