ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭވަރަށް ވޯޓު ނުލިބޭނެކަން މުއިއްޒަށް މިހާރު އެނގޭނެ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން؛ ޔާމީން ވިދާޅުވީ މުއިއްޒަށް ތައީދު ނެތްކަން މިހާރު އެނގޭނެ ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން؛ ޔާމީން ވިދާޅުވީ މުއިއްޒަށް ތައީދު ނެތްކަން މިހާރު އެނގޭނެ ކަމަށް

ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭވަރާ ގާތަށްވެސް މުހައްމަދު މުއިއްޒަށް ވޯޓު ނުލިބޭނެކަން އެމަނިކުފާނަށް މިހާރު އެނގޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ. 

ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރެވޭވަރަށް ވޯޓު ނުލިބޭނެކަން މުއިއްޒު މިހާރު ގަބޫލުކުރައްވަނީ ދިމާވެފައިވާ ދަތިތަކުން އަރައިގަނެ ދެ އަހަރު ތެރޭގައި ސަރުކާރަށް ތާއީދު ނުހޯދޭނެތީ ކަމަށެވެ. 

"ޖެނެރަލީ ފީލްވޭ މި ހުރިހާ ދައްޗަކާއި އަދި މި ދަތިތަކުން އަރައިގަތުމުގައި އެއްވެސް ކަހަލަ ފޯމިއުލާއެއް ސަރުކާރުގައި ނެތީމަ، ރައްޔިތުންގެ ތާއީދެއް އިތުރުވެގެން ދާނެ ކަމަކަށް ބާކީ އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިތުރުވެގެންދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" ޔާމީން ވިދާޅުވި އެވެ. 

"އެހެންވީމަ ހަމަ ގަބޫލުކުރެވެނީ ރައީސް މުއިއްޒުވެސް ގަބޫލުކުރައްވާނެއޭ ހަމަ ރިޔާސީ އިންތިހާބެއް ކާމިޔާބުކުރެއްވޭވަރާ ކައިރިއަށްވެސް ރައީސް މުއިއްޒަށް ވޯޓު ލިބިވަޑައި ނުގަންނަވާނެކަން މުއިއްޒު ގަބޫލުކުރައްވާނެ މިހާރު." 

ޔާމީން ވިދާޅުވީ ދިމާވެގެން އުޅޭ ދަތިތަކުން އަރައިގަތުމުގެ ގާބިލުކަން ސަރުކާރުގެ ނެތް ކަމަށާއި އެއާއެކު ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށެވެ. އެއާއެކު މުއިއްޒަށް ތާއީދު އޮތްކަން ވެސް އެމަނިކުފާނު ގަބޫލުނުކުރައްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. 

ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައިވެސް މުޅި ސަރުކާރު އެއްކޮށް ނުކުމެ ވަކި ގޮތަކަށް ވޯޓުދޭން ބާރުއެޅިއިރު ރައްޔިތުން ވޯޓުލި ގޮތާއި މޭޔަރު އިންތިހާބު ސަރުކާރަށް ގެއްލުމުން ދައްކުވައިދެނީ ސަރުކާރަށް ތާއީދު ނެތްކަން ކަމަށް ޔާމީން ފާހަގަކުރެއްވި އެވެ. 

ކުރިއަށް އޮތް ރީޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ޔާމީން އިއުލާންކުރައްވާފައިވާއިރު، މުއިއްޒުވެސް ދެވަނަ ދައުރަކަށް ކުރިމަތިލައްވާކަން ވަނީ އިއުލާން ކުރައްވާފަ އެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި މުއިއްޒު ވާދަކުރެއްވީ އެ އިންތިހާބުގައި ޔާމީނަށް ކުރިމަތިލެއްވޭނެ މަގު ބަންދުވުމުން އެމަނިކުފާނުގެ ބަދަލުގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox