ރޭ ކުރި ވިއްސާރައިގައި އަމާން ދޯދި ފްލެޓުތަކަށް ފެން ވަނުމުން ޝަކުވާ ބޮޑުވެއްޖެ

ރޭކުރި ވިއްސާރައިގައި އަމާން ދޯދި ފްލެޓަކަށް ފެން ވަދެފައި -- ފޮޓޯ: ސޯޝަލްމީޑިއާ

ރޭކުރި ވިއްސާރައިގައި އަމާން ދޯދި ފްލެޓަކަށް ފެން ވަދެފައި -- ފޮޓޯ: ސޯޝަލްމީޑިއާ

ރޭކުރި ވިއްސާރައިގައި އަމާން ދޯދި ޓަވަރުތަކަށް ފެން ވަނުމުން އެ ޓަވަރުތަކުގައި ދިރިއުޅޭ މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އަމާން ދޯދި ޓަވަރުތަކުަގައި ދިރިއުޅޭ ބައެއް މީހުން، ވަނީ އެ މީހުން ދިރިއުޅޭ ޓަވަރުތަކަށް ފެންވަދެ، ފެންބޮޑުވެފައިވާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލްމީޑިއާގައި ހިއްސާކޮށްފަ އެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ، ވާރޭވެހުމުގެ ސަބަބުން ފްލެޓުތަކުގެ ކޮރިޑޯގައި ފެން ހެދިފައި ވަނީ އިމަރާތުގައި ބަންދުކުރަންޖެހޭ ބައެއް ތަންތަން ބަންދުނުކޮށް ހުރުމުން ކަމަށެވެ.

"ވިއްސާރަ ވެއްޖެއްޔާ ދޯދި ފްލެޓު ތަކުގެ ހާލަތު. ދޮރު އަރުވައި ބަންދު ކުރަންޖެހޭ ތަންތަން ބަންދު ނުކޮށް، ބައެއް ތަންތަނުގަ ދަގަނޑު ގަނޑެއް ޖަހާފައި. ދޯދި 16 ވަނަ ޓަވަރުގެ އެއް ލިފްޓު ހަލާކުވެފަ ހުންނަތާ ތިންމަސް ވެއްޖެ،" ކޮރިޑޯގައި ފެން ހެދިފައި ހުރިތަން ފެންނަ ވީޑިއޯއަކާ އެކު މީހަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

އޭނާގެ އިތުރުން ވެސް ބައެއް އެހެން މީހުން އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެގޮތުން ލައްޕާފައި ހުރި ބައެއް ކުޑަދޮރުތަކުން ފްލެޓުތަކަށް ފެންވަދެފައިވާކަމުގެ ކަންބޮޑުވުން މީހަކު ހިއްސާކޮށްފައިވެ އެވެ.

"ވިނަރެސް ފްލެޓުތަކުގައި ކުޑަދޮރތައް ނުވަތަށް ހަރުކޮށްފައި ހުރީމާ ވާރޭކޮޅެއް ވެހޭއިރަށް މުޅި ގޭތެރެ ފެންބޮޑުވެ ފަރުނީޗަރުތައް ހަލާކުވެ ހުރިހާ ގެއްލުމެއް އަހަރުންނަށް،" މުހައްމަދު އަމާން ކިޔާ މީހަކު ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

އެކަމާ ބެހޭގޮތުން ބަހެއް ހޯދުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، ހަމްދޫން ޝަކީލްއަށް ގުޅުމުން ފޯނަށް ޖަވާބުނުދެއްވާތީ، ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ރޭކުރި ވިއްސާރައިގައި މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 45 މޭލާ ހަމައަށް ވައިޖެހޭނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރި އެވެ. މިއަދު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox