ވާރޭ

7 ލިޔުން

ފަހުގެ

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއްހަބަރު

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ވާދޫއަށް ވާރޭވެހި ކައުންސިލް އިދާރާއަށް ގެއްލުންތަކެއް ލިބިއްޖެހަބަރު

ވާދޫއަށް ވާރޭވެހި ކައުންސިލް އިދާރާއަށް ގެއްލުންތަކެއް ލިބިއްޖެ

ގދ. ވާދޫއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ރަށު ކައުންސިލް އިދާރާއަށް ފެންވަދެ، ކޮމްޕިއުޓަރު ސިސްޓަމްތަކަށާއި އެހެނިހެން ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި. ކައުންސިލް އިދާރާގެ ބާވެފައިވާ އިމާރާތުގެ ސަބަބުން މިފަދަ މައްސަލަތައް ކުރިމަތިވަމުންދާއިރު، އައު އިމާރާތެއް އެޅުމަށް ސަރުކާރުގައި އެދިފައިވޭ.