ޕީއެންސީ ކޮންގްރެސް: މުއިއްޒުގެ ކޮއްކޮ ސައުދާ ފަހަތަށް ޖައްސައިލުމަށްފަހު އެންމެ ގިނަ ވޯޓު ރާފިއުއަށް

ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން: އެ ޕާޓީގެ ނައިބުރައީސްއަކު ހޮވުމަށް 1095 މީހުން ވޯޓުދިން -- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން: އެ ޕާޓީގެ ނައިބުރައީސްއަކު ހޮވުމަށް 1095 މީހުން ވޯޓުދިން -- ފޮޓޯ: ޕީއެންސީ

ވެރިކަންކުރާ ޕީއެންސީގެ ނައިބުރައީސުން ހޮވަން މިއަދު ބޭއްވި އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ކޮއްކޮ ފާތިމަތު ސައުދާ ފަހަތަށް ޖައްސައިލުމަށްފަހު އެންމެ ގިނަ ވޯޓު، ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު ހޯއްދަވައިފި އެވެ.

މިއަދު ކުރިއަށް ގެންދިޔަ އެ އިންތިހާބުގައި ސައުދާއަށްވުރެ ގިނައިން ދެ ބޭފުޅަކު ވޯޓު ހޯއްދެވި އެވެ. ރާފިއުގެ އިތުރުން، ސައުދާއަށްވުރެ ގިނަ ވޯޓު ހޯއްދެވީ އަހުމަދު ޝިޔާމް އެވެ.

އެ އިންތިހާބުގައި ވޯޓު ދިން 1095 މީހުންގެ ތެރެއިން ސައުދާއަށް ލިބިވަޑައިގެންނެވީ 923 ވޯޓެވެ. އެ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ރާފިއުއަށް ލިބިވަޑައިގެންނެވީ 968 ވޯޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމުއަށް 964 ވޯޓު ލިބިވަޑައިގެންނެވި އެވެ.

Advertisement

އެ އިންތިހާބުން ނާކާމިިޔާބުވެވަޑައިގެންނެވީ މާފަންނު މެދު ދާއިރާގެ މެންބަރު، އަސްމާ ރަޝީދު އާއި އެލްޖީއޭގެ ސީއީއޯ، މުހައްމަދު ނިމާލް އެވެ. އަސްމާއަށް ލިބިވަޑައިގެންނެވީ 288 މީހުންނެވެ. ނިމާލްއަށް ވޯޓުދެއްވީ 301 މީހުންނެވެ. 

ޕީއެންސީ ނައިބު ރައީސުންގެ އިންތިހާބު

0968
ޕީއެންސީ ނައިބު ރައީސުންގެ އިންތިހާބު
LabelValue
އަބްދުﷲ ރާފިއު968
އަހުމަދު ޝިޔާމް964
ފާތިމަތު ސައުދާ923
އިބްރާހިމް ސުޖާއު862
މުހައްމަދު ހުސައިން ޝަރީފް780
އަސްމާ ރަޝީދު288
މުހައްމަދު ނިމާލް301
މުހައްމަދު ސައީދު833
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް

މި އިންތިހާބުގައި ވޯޓުލުން ކުރިއަށް ގެންގޮސްފައި މޯބައިލް އެޕްލިކޭޝަނެއް ބޭނުންކޮށްގެންނެވެ. މެންބަރުން ވޯޓުލާންޖެހެނީ ކިއުއާރް ކޯޑެއް ސްކޭންކޮށްގެންނެވެ. އަދި ވޯޓުލުމަށް ދީފައި ވަނީ ފަސް މިނެޓުގެ ވަގުތުކޮޅެކެވެ. 

ވޯޓު ނިމުމުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާ ވަނީ އިއުލާނުކޮށްފަ އެވެ. ނަތީޖާ އިއުލާންކޮށްދެއްވީ ޕީއެންސީގެ އިންތިހާބު ކޮމިޓީގެ ފަރާތުން ފުއާދު ތައުފީގެވެ. 

މިއަދު ކުރިއަށްދާ އިންތިހާބުތަކަށްފަހު ޕާޓީ ބައިބައިނުވެ އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށްދާން ރައީސް މުހައްމަދު މުއިއްޒު ވަނީ ރޭ އިލްތިމާސްކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox