ގެގް އޯޑަރުން ހާމަވަނީ ޝަރުއީ ދާއިރާއަށް މުއިއްޒު ނުފޫޒު ފޯރުވާ މިންވަރު: ޖަމީލު

ކުރީގެ ނައިބު ރައީސް ޖަމީލު: އޭނާ ވިދާޅުވީ ޝަރުއީ ދާއިރާއަށް މުއިއްޒުގެ ނުފޫޒު ފޯރާފައިވާއިރު، ފަނޑިޔާރުން ތިބީ ބިރުވެރިކަމެއްގައި --- ފޮޓޯ: އަދަދު

ކުރީގެ ނައިބު ރައީސް ޖަމީލު: އޭނާ ވިދާޅުވީ ޝަރުއީ ދާއިރާއަށް މުއިއްޒުގެ ނުފޫޒު ފޯރާފައިވާއިރު، ފަނޑިޔާރުން ތިބީ ބިރުވެރިކަމެއްގައި --- ފޮޓޯ: އަދަދު

މުހައްމަދު މުއިއްޒު ރައީސް އޮފީހުގެ މުވައްޒަފަކާ ކައިވެނިން ބޭރުން ގުޅުމެއް ބޭއްވެވި ކަމުގެ ތުހުމަތުތަކެއް ރައްދުވާ "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު (ގެގް އޯޑަރު) އިން ހާމަވަނީ ޝަރުއީ ދާއިރާއަށް މުއިއްޒު ނުފޫޒު ފޯރުވާ މިންވަރު ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

އަދަދު ނޫހުގެ އެތެރެފުށް ޕްރޮގްރާމްގައި ޖަމީލު ވިދާޅުވީ ގެގް އޯޑަރު އެންމެ ފުރަތަމަ ތަންފީޒުކުރެއްވީ މުއިއްޒު ކަމަށްވާއިރު، އެކަން ކްރިމިނަލް ކޯޓުން އެންޑޯޒްކުރީ ކަމަށެވެ. އެއާއެކު ޝަރުއީ ދާއިރާއަށް މުއިއްޒު ނުފޫޒު ފޯރުވާ މިންވަރާއި ފަނޑިޔާރުންނަށް އޮތް ބިރުވެރިކަން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ތުހުމަތުތަކެއް މިކުރެވުނީ. ރައީސުލްޖުމްހޫރިއްޔާ އެ ގެގް އޯޑަރު ފުރަތަމަ ތަންފީޒު ކުރެއްވި ފަރާތަކީ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތީތި ހިލާފޭ، ބުނީމަ އޭތި އެންޑޯޒް މިކުރީ ކްރިމިނަލް ކޯޓުން. އެހެންވީމަ އެނގެނީ ރައީސުލްޖުމްހޫރިއްޔާގެ ބާރާއި ނުފޫޒު ޝަރުއީ ނިޒާމުގެ ތެރެއަށާއި އަދި އެ ބިރުވެރިކަން ފަނޑިޔާރުގެއަށް އޮތް މިންވަރު،" ޖަމީލު ވިދާޅުވި އެވެ. 

"މުޅި މި ގެގް އޯޑަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް މިއަދު މި ތަމްސީލުކޮށްދެނީ. މިއަދުވެސް ތަމްސީލުކޮށްދެނީ. އެ ބިރުވެރިކަމުގެ ތެރޭގައި މުޅި ފަނޑިޔާރުގެ އޮތްކަން."

މިހާރު ނެރެފައި އޮތް ގެގް އޯޑަރު ގާނޫނާ ހިލާފުކަން ފާހަގަކުރައްވާ ޖަމީލު ވިދާޅުވީ ގެގް އޯޑަރު ނެރުމުގެ މައިގަނޑު ބޭނުމަކީ ކޯޓު ރޫމް ތެރޭގައި ނިޒާމު ހިފެހެއްޓުން ކަމަށެވެ.

ނަމަވެސް ކޯޓުން ބޭރުގައި ހިނގާ ކަންތައްތަކުގެ ހުދޫދު އިންނާނީ ގާނޫނުން ކަނޑައަޅާފައި ކަމަށާއި އެ ކަންކަަން ބަލާނީ އާންމު އުސޫލުން މިހާރުވެސް ތަހުގީގުކޮށްގެން ބަލާ ގޮތަށް ކަމަށް ޖަމީލު ވިދާޅުވި އެވެ. 

މީގެއިތުރުން ޖަމީލު ވިދާޅުވީ ގެގް އޯޑަރު ކަމާ ނުވެސް ބެހޭ މީހުން ހިމެނޭ ގޮތަށް އެންމެންގެ މައްޗަށް ނެރެވޭނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި އެ އަމުރު ނެރުނީ ވަކި މަގްސަދެއްގައި ކަމަށެވެ. 

މެއި 10، ގައި ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވި ގެގް އޯޑަރު ރައްދުވަނީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި އެންމެހާ ރައްޔިތުންނަށެވެ.

އެ ގެގް އޯޑަރު ނެރުނީ ފިޔާޒު އާއި ހަސަންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޒުފުކުރުމުގެ ދައުވާ އުފުލިފައިވާތީ ކްރިމިނަލް ކޯޓުން އެ މައްސަލަ ބަލަމުންދާތީ، އެ މައްސަލަ ބަލައި ނިމެންދެންނެވެ.އެ އޯޑަރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުމަކީ މަނާކަމެކެވެ.

މީގެއިތުރުން މުޖުތަމައުގެ އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމުގެ މުހިންމުކަމަށް ރިއާޔަތްކޮށް، މި މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ އާންމުކޮށް ހުޅުވާނުލައި ސިއްރު ޝަރީއަތެއްގެ ގޮތުގައި ކަމަށް ވެސް އެ އަމުރުގައި ބަޔާންކޮށްފައިވެ އެވެ.

މި މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ މައުލޫމާތެއް އެއްވެސް ސިފައެއްގައި ފެތުރުމަކީ ކޯޓު އަމުރާ ހިލާފުވުން ކަމުގައި ވެސް އެ އަމުރުގައި ކަނޑައަޅައިފައި ވެ އެވެ. 

 ޑޮކިއުމަންޓްރީގައި ބަޔާންކޮށްފައިވާ ގޮތަށް ރައީސް އޮފީހުގެ މުވައްޒަފަށް މުއިއްޒު 58 ފަހަރު ގުޅުއްވީ ކޮން ބޭނުމެއްގައިކަން ސާފުކޮށްދޭން އެމަނިކުފާނާ ލައިވް ޓީވީގައި އަދަދުގެ މުހައްމަދު ޝަހުޒާން ސުވާލުކުރުމުން، އޭނާ ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމާ 15 ދުވަހަށް ޖަލަށްލި އެވެ. އަދި ކޯޓު އަމުރުގެ ހަބަރު ލިޔުނު ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވެސް 10 ދުވަހަށް ޖަލަށްލި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox