ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21.85ރ. އަށް އުފުލިއްޖެ

މީހަކު ޑޮލަރު ބޮނޑިއެއްގައި ހިފަހައްޓައިގެން

މީހަކު ޑޮލަރު ބޮނޑިއެއްގައި ހިފަހައްޓައިގެން

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އަތުފަތުނޭޅި އަނެއްކާ ވެސް ރެކޯޑު މިންވަރަކަށް އުފުލި، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޑޮލަރެއްގެ އަގު 21.85ރ. އަށް އަރައިފި އެވެ.

މިއީ މިހާތަނަށް ރާއްޖޭގައި އެމެރިކާ ޑޮލަރުގެ އަގު މިހާ މަތީ މިންވަރަކަށް ރެކޯޑު ކުރެވުނު ފުރަތަމަ ފަހަރެވެ.

މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21.70 ރުފިޔާގައި ހުރުމަށްފަހު، ފާއިތުވި ދުވަސްތަކުގައި އަގު ވަނީ މަޑުމަޑުން އުފުލެން ފަށައިފަ އެވެ. އިއްޔެ ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 21.80 ރުފިޔާގަ އެވެ. ނަމަވެސް މިއަދު އަގުތަކަށް އައި ބަދަލާއެކު، ޑޮލަރުގެ ރޭޓު މިވަނީ 5 ލާރި އިތުރުވެ، 21.85ރ. އަރައިފަ އެވެ. 

ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުކުރުމުގެ ގޮތުން، ރިސޯޓުތަކާއި ގެސްޓުހައުސްތަކުން ލިބޭ ޑޮލަރު ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ރައީސް މުހައްމަދު މުއިއްޒު ވަނީ އާ ސިޔާސަތެއް ތައާރަފު ކުރައްވާފަ އެވެ. އެ ސިޔާސަތު އިއުލާނު ކުރެއްވުމަށްފަހު ސަރުކާރުން ބުނެފައިވަނީ ޑޮލަރުގެ އަގު ދެން އިތުރަށް މައްޗަށް ނުދާނެ ކަމަށެވެ. ނަމަވެސް ބާޒާރުގެ ހަގީގީ ހާލަތު ފެންނަނީ ސަރުކާރުގެ އުންމީދުތަކާ ދެކޮޅަށެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑިކަމުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ފަތުރުވެރިކަން މުޅިން ހުއްޓިފައި އޮތް ދުވަސްވަރުވެސް ޑޮލަރުގެ އަގު އެންމެ މައްޗަށް ދިޔައީ 19.50ރ. އަށެވެ. އެއީވެސް ވަރަށް ކުޑަ ދުވަސްކޮޅަކަށެވެ. އަދި  މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 17.45ރ. ގަ އެވެ.

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ވިއްކުމަށް ކަނޑައަޅާފައިވާ ރަސްމީ ރޭޓަކީ 15.42ރ. އެވެ. ކަޅު ބާޒާރުގެ މިހާރުގެ އަގަށް ބަލާއިރު، މިއީ ރަސްމީ ރޭޓަށްވުރެ 6.43ރ. ބޮޑު އަދަދެކެވެ. މިއީ އިންސައްތައިން ބަލާނަމަ ރަސްމީ ރޭޓަށްވުރެ 41.70 ޕަސެންޓުގެ ބޮޑުވުމެކެވެ.

އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި ޑޮލަރުގެ އަގު މިހާ ބޮޑަށް އުފުލެން ދިމާވި މައިގަނޑު ސަބަބަކީ ރާއްޖެއަށް އެތެރެކުރާ މުދަލަށް ބޭނުންވާ ޑޮލަރު ރަސްމީ ބޭންކިން ނިޒާމުގެ ތެރެއިން ލިބުން ދަތިވުމެވެ. މީގެ އިތުރުން، ބޭރުގެ ދަރަނިތައް ދެއްކުމަށްޓަކައި ދައުލަތަށް ބޮޑެތި އަދަދުތަކުން ޑޮލަރު ބޭނުންވުމަކީވެސް ކަޅު ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑު އިންތިހާއަށް ބޮޑުވެގެން ދިޔަ ސަބަބެކެވެ.

ޑޮލަރުގެ އަގު ކޮންޓްރޯލުން ނެއްޓިގެން ދިއުމުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް ވެސް ދަނީ ހަލުވިކަމާއެކު މަތިވަމުންނެވެ. މީގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، އިގްތިސާދީ ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

ޑޮލަރުގެ އަގަށް އަންނަ ބަދަލުތައް އަދަދު ނޫހުގެ ޑޮލަރު ޓްރެކަރ މެދުވެރިކޮށް ވަގުތުން ބަލާލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox