އެހެން މީހުންނާ ހަވާލާދީ އަމިއްލަ ނަފުސަށް ތައުރީފުކުރުމުގެ ހުނަރު

ތައުރީފު ލިބޭ ވަރަށް މަސައްކަތް ނުކުރެވޭތީ، އަދި އެފަދަ ކަމެއްގެ ނަތީޖާއެއް ވެސް ނުދެއްކޭތީ، އަމިއްލަ ނަފުސަށް ތައުރީފުކުރާ މީހުން އުޅޭ

ތައުރީފު ލިބޭ ވަރަށް މަސައްކަތް ނުކުރެވޭތީ، އަދި އެފަދަ ކަމެއްގެ ނަތީޖާއެއް ވެސް ނުދެއްކޭތީ، އަމިއްލަ ނަފުސަށް ތައުރީފުކުރާ މީހުން އުޅޭ

އިންސާނަކު ދުނިޔޭގައި މި ދިރިއުޅޭ އަށްޑިހައެއްހައި އަހަރުގެ ކުރު ހަޔާތުގައި މި ބޮޑު ދުނިޔެއިން އޭނާއަށް ހާސިލުކުރެވޭނޭ ލައްކަ ގިނަ މޮޅެއް ނެތެވެ. މި ވަގުތީ ދުނިޔޭގައި އޭނާ ކުރާހައި ކަމެއް އެ ކުރަނީ ހިތަށް ހަމަޖެހުން ހޯދުމަށެވެ. މުދާ ހޯދުމާއި، ޝަރަފާއި އިއްޒަތާއި ބޮޑެތި މަގާމުތައް ހޯދުމާއި ގިނަ މީހުންނާ އިނދެވަރިކުރުމާއި މިހިރަމިހިރަ ހުރިހައި ކަމެއްގެ އާހިރު ބޭނުމަކީ ހިތް މަސަލަސް ކުރުވުމެވެ. ހިތަށް ހަމަޖެހުން ހޯދުމަށްޓަކައި އިންސާނާ ނުކުރާނޭ ކަމެއް ނޯންނާނެ އެވެ. އަޅުގަނޑުމެން ކަހަލަ އާދައިގެ ކެނަޔަކަސް، ގައުމެއްގެ ވެރިޔަކަސް ހިތުގެ ހަމަޖެހުމުގެ މައްސަލައިގައި ކަންއޮތީ މިހެންނެވެ. ހިތުގެ ބައެއް އެދުންތަކަށް ފުރަގަސްދީ ހިތްމަރާލުމުގެ ކުޅަދާނަ ކަމަކީ ކޮންމެކޮންމެ މީހަކަށް ވާސިލުވެވޭ އުސްމިނެއް ނޫނެވެ.

އިންސާނީ ފިތުރަތުގެ ގާނޫނު ނިޔާކުރާ ގޮތުން، އެހެން މީހުން އޭނާއާމެދު ދެކޭ ހެޔޮގޮތާއި ކުރާ ތައުރީފަކީ އޭނާގެ ހިތަށް އެންމެ ބޮޑު އުފަލެއް ލިބޭ އެއް ކަމަކަށް އޮންނަނީ ވެފަ އެވެ. އެހެންވެ، އެ ތައުރީފުގެ ބަސް ހޯދުމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމަކީ އިންސާނީ ތަބީއަތެވެ. ކުޑަކުދިން ކުރާ ރަނގަޅު ކަންކަން ފާހަގަކޮށް އެކަންކަމަށް ތައުރީފުކުރަންވާނޭ ކަމަށް ކުޑަކުދިންގެ ނަފުސިއްޔާތު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާތީ އަޑުއަހަމެވެ. މިއީ މި ދެންނެވި އިންސާނީ ފިތުރަތުގެ އަސަރުކަމަށް ހީކުރަމެވެ.

އަޅުގަނޑުމެންގެ ގިނަ މީހުން މި ތައުރީފުން ހިތްހަމަޖެހުން ހޯދުމަށްޓަކައި ކުރާ ކަމަކީ ތައުރީފު ހައްގުވާ ވަރަށް މަސައްކަތްކުރުމެވެ. ޝަކުވާއެއް ނެތި ކުރެވޭ ބުރަ މަސައްކަތުން ނުކުންނަ ނަތީޖާއާ ހިސާބުން އޮންނަނީ އެ މަސައްކަތް ކުރި މީހަކަށް މުޅި މުޖުތަމައުގެ ތައުރީފު ހައްގުވެފަ އެވެ. ސިޔާސީ ލީޑަރުންނާއި، އިޖުތިމާއީ މަސައްކަތްތެރިން، މުދައްރިސުން، ޑޮކްޓަރުން، އަދި މި ނޫނަސް ކޮންމެ ދާއިރާއަކުން ވެސް އެ ދާއިރާއެއްގެ އެންމެ އުހުގައި، ތައުރީފު ލިބިލިބި އެ ތިބީ ކަމަށް ކަމޭހިތައިގެން ރަނގަޅު މަސައްކަތް ކުރި މީހުންނެވެ.

Advertisement

ދެން އުޅެނީ ދެވަނަ ބާވަތެވެ. އެއީ މީހުންގެ ތައުރީފު ލިބޭ ވަރަށް މަސައްކަތް ނުކުރެވޭތީ، އަދި އެފަދަ ކަމެއްގެ ނަތީޖާއެއް ވެސް ނުދެއްކޭތީ، އަމިއްލަ ނަފުސަށް ތައުރީފުކުރާ މީހުންނެވެ. މިއީ އާދަޔާ ހިލާފު ހުނަރުވެރި ބައެކެވެ. އެމީހުން އެ ވާހަކައެއްގެ އިބާރާތުގެ އެތުރުންގަނޑު ހަމަޖައްސާނީ އަމިއްލަ ނަފުސަށް ތައުރީފުކުރަނީއޭ ހީނުވާނެހައި ގޮތަކަށް ބަލައިގެންނެވެ. ވާހަކައެއް ކިޔައިދިނުމުގެ ނަމުގައި ނުވަތަ ތަޖުރިބާއެއް ހިއްސާކުރުމުގެ ނަމުގައި، އެ ނޫންނަމަ، އެހެން ބަޔަކު ދެއްކި ވާހަކައެއްގެ ގޮތުގައި މިބައިމީހުން އެ ޒާތުގެ ވާހަކަ ދައްކައި އުޅެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ މި ފަންނު ބޭނުންކުރުމުގައި އާދަޔާ ހިލާފު ކުޅަދާނަ ބޭފުޅެކެވެ. އޭނާގެ ސިޔާސީ ތަގުރީރުތަކުގައި އާންމުކޮށް ފެންނަން ނެތް "ސިއްރު" ސަޕޯޓަރުންގެ ވާހަކަތައް އިވެ އެވެ. އެ ސަޕޯޓަރުން އެ ވާހަކަ ދެއްކި އަޑެއް އެހެން އިންސިއަކަށް ނުއިވޭނެ އެވެ. އެމީހުން އެ ވާހަކައެއް ދެއްކި ވާހަކަ ވިދާޅުވަނީ ވެސް އޭނާ އެވެ. އެއްފަހަރަކު ވިދާޅުވި އެވެ. އަސްކަރިއްޔާގެ އިސްވެރިން ތިބީ އަހަރެންގެ އެހީތެރިކަމާމެދު ހައިރާންވެފަ އެވެ. އެމީހުން ބުންޏެވެ. ރައީސެވެ. ތިޔަވަރަށް އަހަރުމެންނަށް އެހީތެރިވީ އެއްވެސް ރައީސަކު އަހަރުމެންނެއް ނުދެކެމެވެ. އޭނާއަކީ 'ތާރީހީ ރައީސެއް' އެ ބޭފުޅުން ވިދާޅުވާ ކަމަށް ތަކުރާރުކޮށް ޓްރަމްޕް ވަނީ ދައުވާ ކުރައްވާފަ އެވެ. ނަމަވެސް، އެއްވެސް ރަސްމީ އިދާރާއަކުން ނުވަތަ ލިޔެކިޔުމަކުން މިފަދަ ވާހަކަތަކެއް ކަށަވަރުކުރެވޭކަށް ނެތެވެ. ސިފައިން ކަމަށް ވީތީ ސިޔާސީ ކަމެއްގައި ޝާމިލުނުވާން އާންމުކޮށް މިފަދަ ވާހަކަ ނުދައްކަނީ ތޯއްޗެކެވެ.

ޓްރަމްޕް ވިދާޅުވާ ގޮތުން ދުނިޔޭގެ ބޮޑެތި ލީޑަރުން އޭނާއާ މެދު ހަސަދަވެރި ވެ އެވެ. ކިމް ޖޮންގް އުން އާއި، ޕޫޓިން އަދި ޝީ ޖިންޕިންގް ފަދަ ބޭފުޅުން ސިއްރު ބައްދަލުވުންތަކުގައި އޭނާއަށް ނުހަނު އިހުތިރާމުކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.  އެ ގައުމުތަކުން ކުރާން އުޅުނު އެތައް ހަނގުރާމައެއް ހުއްޓުވައިލެއްވީ ވެސް އޭނާކަމަށް ޓްރަމްޕް ދައުވާކުރައްވަ އެވެ.

އެކި ގައުމުތަކުން އެތެރެކުރާ މުދަލުގެ ޓެރިފަށް ގެނައި ބަދަލާމެދު، އިގުތިސާދީ މާހިރުން ހައިރާންވެ، އޭނާގެ ތޫނުފިލިކަމަށް ތައުރީފުކުރާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އޭނާގެ ޓެކްސް އަދި ވިޔަފާރީގެ ސިޔާސަތުތަކަކީ "މީގެ ކުރިން ފެނިފައިނުވާ ފަދަ މޮޅު" ސިޔާސަތުތަކެއް ކަމަށް ނަން ހާމަނުކުރާ އިސް މާހިރުން ބުނި ކަމަށް ޓްރަމްޕް ވިދާޅުވެފައި ވެ އެވެ. އެހެންނަމަވެސް މިއިން އެއްވެސް މާހިރަކު އަމިއްލައަށް ނުކުމެ މިކަހަލަ ބަޔާނެއް ދީފައެއް ނުވެ އެވެ. އެމީހުންނާ ހަވާލާ ދެއްވައި މި ވާހަކަތައް ދައްކަވަނީ ޓްރަމްޕް އަމިއްލަފުޅަށެވެ.

ސިޔާސީ ލީޑަރުންނަށް ބަލާއިރު މިއީ ހަމައެކަނި ޓްރަމްޕަށް ހާއްސަ ސިފައެކޭ ހީނުކުރައްޗެވެ. އިހަށް ދުވަހު ސައިޒަށް ތިރިކުރެވުނު، ވެނެޒުއޭލާގެ ކުރީގެ ލީޑަރު ނިކޮލަސް މަޑޫރޯ ވެސް ބުނަމުންދިޔައީ އެ ގައުމުގެ ރައްޔިތުން އޭނާއަށް އާދަޔާހިލާފު ތާއީދެއްކޮށް ނުހަނު ބޮޑަށް ތައުރީފު ކުރާ ކަމަށެވެ. އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންއާއި ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ވެރިކަމުގައި ވެސް ފެނުނީ މި ސިފަ އެވެ. އުތުރު ކޮރެއާގައި ކިމް އާއިލާގެ ވެރިކަމުން ވެސް އެ ފެންނަނީ މި ސިފަ އެވެ. އެވެރިންނަކީ އާދަޔާހިލާފު ބުއްދިވެރި، އަސްކަރީ ގޮތުން ނުހަނު ރޭވުންތެރި އަދި މުޅި ދުނިޔޭގެ އިހުތިރާމު ލިބިގެންވާ ބައެއް ކަމަށް އެ ބޭފުޅުން އަމިއްލަފުޅަށް ސިފަކުރައްވައި، ދައުލަތުގެ މީޑިއާތަކުން އެ ވިސްނުން ފަތުރަން މަސައްކަތް ކުރައްވަ އެވެ. އެހެންނަމަވެސް، މިއިން އެއްވެސް ދައުވާއަކީ މިނިވަންކަމާއެކު ކަށަވަރު ކުރެވެން އޮތް ދައުވާއަކަށް ނުވެ އެވެ.

ވިސްނަންވީ ކަމަކީ، މިއިން އެއްވެސް ލީޑަރަކީ، އެމީހުން އަމިއްލަ ނަފުސަށް އެކުރި ތައުރީފު ހައްގުވެގެންވާ ލީޑަރުންކަމަށް ދުނިޔެ ގަބޫލު ނުކުރި ކަމެވެ. އޭގެ ބަދަލުގައި ފެންނާން އޮތީ އަމިއްލަ ނަފުސަށް ތައުރީފުކުރާ ލީޑަރުންނާމެދު ދުނިޔޭގައި އިހުތިރާމެއް ނެތްކަމެވެ. އެމީހުންނަށް ރައްދުވާ މަލާމާތެވެ.

ދުނިޔޭގެ އެތައް ބަޔަކު މިއަދާ ހަމައަށް ވެސް ތައުރީފުކުރާ ލީޑަރުންތައް ވެސް ދުނިޔެ ދެކެފި އެވެ. މިއިން އެއްވެސް ލީޑަރަކު ނުކުންނަވައި، ތިމަން މަނިއްޕުޅަށް އެވެނިމިވެނި ބަޔަކު ލައްކަ ތައުރީފެއް ކޮށްފިއޭ ވިދާޅުވި އަޑެއް ދުވަހަކުވެސް ނުއިވެ އެވެ. އެއިން ލީޑަރަކު އެފަދަ އިއުލާނެއް ނުވެސް ކުރައްވަ އެވެ. އެ ބޭފުޅުން ކުރައްވަމުން ގެންދެވި މަސައްކަތްތައް ފެނި، އެތައް ބަޔަކު ގެންދިޔައީ އެ ބޭފުޅުންނަށް ތައުރީފުކުރަމުންނެވެ. ސިއްރިޔާތުގައެއް ނޫނެވެ. ދިމާ ފާޅުގައި މުޅި ދުނިޔެއަށް އަޑުއިވޭ ވަރަށެވެ. އެ ތައުރީފުކުރާ ދުލުން އެ ވާހަކަ ބުނާ އަޑު އެހެން މީހުންނަށް އިވެ އެވެ. މިގޮތް ދިމާވަނީ ތައުރީފު ހައްގުވާ ވަރަށް މަސައްކަތް ކުރެވުމުންނެވެ. އެހެންނަމަވެސް އެފަދަ ކަމެއް ނުވެސް ކުރެވި، ތައުރީފުން ހިތްހަމަޖެހުން ވެސް ބޭނުންވާނަމަ ދެން އޮންނާނޭ ގޮތަކީ ކޮންމެވެސް މީހަކާ ހަވާލާދީ އަމިއްލަ ނަފުސަށް ތައުރީފުކުރުމެވެ.

މިއީ ނާސިސިޒަމްގެ އަސަރު ނޫން ދެވަނަ އާފާތެއް ނޫނެވެ. އެފަދަ ވެރިންނަށް ދުނިޔޭގެ ހަގީގަތުގެ ލޯގަނޑު ދެއްކުމަކީ މުޖުތަމައުގެ އަފުރާދުންގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ވާޖިބު ކަމެކެވެ. ނޫސްވެރިން ވެސް، ވެރިން ކުރާ އެފަދަ ދައުވާތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ސުވާލުކުރައްވަން ވީ އެވެ. އެ ލީޑަރަކަށް އެ ތައުރީފެއް ކުރީ ކޮން ބަޔަކުތޯ ވެސް ސުވާލުކުރަންވީ އެވެ. ވަކި ބަޔަކު ބުނެފިނަމަ އެއީ ތެދެއްތޯއާއި އަދި އެ ތައުރީފެއް ކުރީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްގެންތޯ އެ ބަޔަކާ ވެސް ސުވާލުކުރަންވީ އެވެ. މިހެން ހަދާން ފެށީމާ، ލޮލަށް ނުފެންނަ މަހުލޫގުންނާ ހަވާލާދީ އަމިއްލަ ނަފުސަށް ދޮގު ތައުރީފުކުރާ ވެރިން އެކަން ކުރާން ޖެހިލުންވާނެކަން ގައިމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox