ޓްރަމްޕްގެ އިވެންޓެއްގެ ކުރިން ހަތިޔާރާއެކު މީހަކު ހައްޔަރުކޮށްފި

Aug 5, 2026, 4:35 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭގަނޑުގެ ފަރިއްކޮޅަކަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށް ލޮސް އެންޖެލެސް ސަރަހައްދުގައި އޮންނަ ޓްރަމްޕްގެ ގޯލްފް ކޯސް ކައިރިން ހަތިޔާރާއެކު ހުރި މީހަކު ހައްޔަރުކޮށްފި އެވެ.

ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ރާންޗޯ ޕަލޯސް ވާޑޭސްގައި ހުންނަ ޓްރަމްޕް ނޭޝަނަލް ގޯލްފް ކޯހުން ހައްޔަރުކުރީ އުމުރުން 38 އަހަރުގެ ޖަނީން ޖޯން ޓައެލޭ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކުރި އިރު އަތުން ފިސްތޯލައަކާއި ގަވާއިދާ ހިލާފު ވަޒަންތަކެއް ފެނިފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ލޮސް އެންޖެލެސްގެ ޝެރިފް ޑިޕާޓްމަންޓުން މައުލޫމާތު ދޭ ގޮތުގައި، އެ މީހާ ގޯލްފް ކޯހުގެ ތެރޭގައި ހިނގަމުން ދިޔައިރު، އޭނާ ދިޔައީ އެ ތަނުގެ ފޮޓޯ އާއި ވީޑިއޯ ނަގައި، ރައީސްގެ ދަތުރުފުޅަށް ތައްޔާރުކޮށްފައިވާ ސަލާމަތީ ކަންކަން މޮނިޓަރު ކުރަމުންނެވެ.

އެ މީހާ ހައްޔަރުކޮށްފައިވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގަ އެވެ. ޓްރަމްޕް މިހާރު ކެލިފޯނިއާއަށް ކުރައްވަމުން ގެންދަވާ ދަތުރަކީ އަންގާރަ ދުވަހު އެ ގޯލްފް ކޯހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޕަބްލިކަން ޕާޓީގެ ފަންޑްރެއިޒިން އިވެންޓެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.

ފުލުހުން ޝައްކުކުރެވޭ މީހާއާ ސުވާލުކުރި އިރު، އޭނާއަކީ ރާންޗޯ ޕަލޯސް ވާޑޭސްގެ އުތުރުން 25 ކިލޯމީޓަރު ދުރުގައި އޮންނަ އެލް ސެގުންޑޯ ސަރަހައްދުގައި ހިނގި ފޭރުމުގެ މައްސަލައަކާ ގުޅިގެން އެލް ސެގުންޑޯ ފުލުހުން ހޯދަމުންދާ މީހެއްކަން ވަނީ އެނގިފަ އެވެ.

މި މައްސަލައާ ގުޅިގެން، އެފްބީއައިގެ ޖޮއިންޓް ޓެރަރިޒަމް ޓާސްކް ފޯސް އާއި ލޮސް އެންޖެލެސް ކައުންޓީ ޝެރިފް ޑިޕާޓްމަންޓުގެ މޭޖާ ކްރައިމްސް ބިއުރޯ ގުޅިގެން ހޯމަ ދުވަހު ވަނީ ލޮސް އެންޖެލެސް ސަރަހައްދުގެ ޑައުނީގައި ހުންނަ އެ މީހާގެ ގެ ބަލައި ފާސްކޮށްފައެވެ.

ޝެރިފް ޑިޕާޓްމަންޓުން ބުނީ އޭނާގެ ގެ ބަލައި ފާސްކުރީ މި ހާދިސާގެ ސަބަބުން ސަލާމަތީ ގޮތުން ނުރައްކަލެއް އޮވެދާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

އޭނާގެ ގެއިން ގަވާއިދާ ހިލާފަށް ބަދަލު ގެނެސްފައިވާ އޭއާރް މޮޑެލްގެ ރައިފލަކާއި، .45 މަރުކާގެ ފިސްތޯލައަކާއި، ވަޒަން ނާރާ ފޭރާމާއި (ބޮޑީ އާމާ)، ގިނަ އަދަދެއްގެ ވަޒަން އެޅޭ މެގަޒިންތަކުގެ އިތުރުން ފިސްތޯލަ އާއި ރައިފަލަށް ބޭނުންކުރާ ގިނަ އަދަދެއްގެ ވަޒަން ފެނިފައިވެ އެވެ. މީގެ އިތުރުން، ނުރައްކާތެރި ވާހަކަތަކެއް ލިޔެފައިވާ ގިނަ އަދަދެއްގެ ނޯޓުފޮތްތަކެއް ވެސް އެ ގެއިން ވަނީ ފެނިފަ އެވެ.

ފާއިތުވި އަހަރުތަކުގައި ޓްރަމްޕް އަވަހާރަކޮށްލަން ދިން ތިން ހަމަލާއަކުން އެމަނިކުފާނު ވަނީ ސަލާމަތްވެވަޑައިގެންފަ އެވެ. އެންމެ ފަހުން ވައިޓް ހައުސްގެ ފަރިއްކޮޅެއްގެ ތެރެއިން ވޮޝިންޓަނުގެ ހޮޓަލަކަށް ބަޑި ހިފައިގެން ހުރި މީހަކު ވަދެގަތް ހާދިސާއަށް ފަހު، ޓްރަމްޕްގެ ސަލާމަތީ ޓީމުން ވަނީ ރައީސް ރައްކާތެރިކުރުމުގެ އުސޫލުތައް މުރާޖައާ ކުރާނެ ކަމަށް ބުނެފަ އެވެ.

ރާންޗޯ ޕަލޯސް ވާޑޭސްއިން ހައްޔަރުކުރި މީހާއަކީ ޓްރަމްޕަށް ގެއްލުމެއް ދޭން އުޅުނު މީހެއް ކަމެއް ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ. އަދި އެފަދަ ތުހުމަތަކާ ގުޅޭ އެއްވެސް ދައުވާއެއް އޭނާގެ މައްޗަށް މިހާތަނަށް އުފުލާފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox