މީހުންނާ ހަވާލާދީ އަމިއްލަ ނަފުސަށް ތައުރީފުކުރުމުގެ ހުނަރު
އިންސާނާގެ ހިތަށް ހަމަޖެހުން ހޯދުމަށްޓަކައި ކުރާ އެންމެ މުހިންމު އެއް ކަމަކީ އެހެން މީހުންގެ ތައުރީފު ހޯދުމެވެ. މިގޮތުން ބައެއް މީހުން ބުރަ މަސައްކަތުން މުޖުތަމައުގެ ތައުރީފު ހޯދާއިރު، އަނެއް ބަޔަކު މަސައްކަތެއް ނުކޮށް އަމިއްލަ ނަފުސަށް ތައުރީފުކޮށްގެން އެ އުފާ ހޯދަން މަސައްކަތް ކުރެއެވެ.