ނިއު އިން ކަޕް ވިނާސް ކަޕް ފެށީ ބުރު އަތުން ބޮޑު މޮޅެއް ހޯދައިގެން

Aug 3, 2026, 6:24 PM
ބުރު ސްޕޯޓްސް ކްލަބް ކޮޅަށް ލަނޑު ޖެހުމަށް ފަހު ނިއުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ނިއު ރޭޑިއަންޓް

ބުރު ސްޕޯޓްސް ކްލަބް ކޮޅަށް ލަނޑު ޖެހުމަށް ފަހު ނިއުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ނިއު ރޭޑިއަންޓް

އަށާރަ އަހަރުގެ މެދުކެނޑުމަކަށް ފަހު، ކަޕް ވިނާސް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވާއިރު، މި ފަަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން 5-0 އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. 

މި ފަހަރުގެ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ޕެނަލްޓީ ޖަހައިގެން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވި، ނިއު އިން މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެއް ގޯލުގެ ލީޑެއް ނެގިއިރު، ދެ ވަަނަ ހާފުގައި އިތުރު ހަތަރު ގޯލު ވަނީ ޖަހައިފަ އެވެ. 

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން 20 ސިކުންތުގެ ތެރޭގައި ނިއު އިން ލީޑުނެގި އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ، ޑޮރިއެލްޓަން ގޯމޭސް (ޑޯރީ) އެވެ. އޭރިއާތެރެއިން ހުރަސްވި ބޯޅައެއް ބުރުގެ ކީޕަރު، ޝައިހާން އަލީ އަތްމަތިން އައި ވަގުތު ޑޯރީ ވަނީ ބޮލުން ގޯލަށް ވައްދާލައިފަ އެވެ. 

ބުރުން ނަތީޖާ ހަަމަހަމަ ކުރަން ކުރި މަސައްކަތުގައި މެޗުގެ 33 ވަނަ މިނިޓްގައި ލަނޑެއް ޖެހި އެވެ. އެ ގޮތުން، ހިލޭ ޖެހުމެއްގައި ނިއުގެ އޭރިއާތެރެއިން ލިބުނު ބޯޅައެއް ބުރުގެ އަރީން އަބްދުﷲ އިބްރާހިމް ގޯލަށް ފޮނުވާލިއިރު، ލައިންސްމަން ހުރީ އޮފްސައިޑަށް ދިދަ ނަގައިގެންނެވެ. 

މެޗުގެ 60 ވަނަ މިނިޓްގައި ޑޯރީ ވަނީ ނިއުގެ ދެ ވަނަ ލަނޑު ޖަހައިދީ ލީޑުފުޅާކޮށްދީފަ އެވެ. މިއީ، ނިއުގެ ބްރެޒިލް މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާ ނެގި ހުރަހަކުން ޑޯރީ ބޮލުން ޖެހި ގޯލެކެވެ. އޭގެ ހަތަރު މިނިޓް ފަހުން، ބުރުގެ ހާފު މެދެެއްހާ ހިސާބުން ލިބުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން، ޑޯރީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަަކޮށްފަ އެވެ. ފަނަރަހާސް ޑޮލަރުގެ މުސާރަ އަކަށް ނިއު އަށް ގެނައި ޑޯރީ މި ވަނީ އެ ޓީމަށް ކުޅެދިން ފުރަތަމަ ދެ މެޗުން ފަސް ލަނޑު ޖަހައިފަ އެވެ. 

ނިއުގެ ހަތަރު ވަނަ ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި އަލީ ފާސިރު (ސެންޓޭ) އެވެ. އޭރިއާތެރެއަށް ޑަ ސިލްވާ ނެގި ހުރަހަކުން ސެންޓޭ ފުރަތަަަމަ ޖެހި ބޯޅަ ކީޕަރު ޝައިހާން އަތުގައި ޖެހިފައި ނުކުތް ވަގުތު އޭނާ ވަނީ ރީބައުންސް ގޯލަށް ވައްދާލައިފަ އެވެ. 

މެޗުގައި ނިއުގެ ފަހު ލަނޑު ޖެހީ، އަބްދުﷲ ބިލިޓީ އެވެ. ލައިބީރިއާގެ ޓީމަށް ކުޅެފައިވާ ބިލިޓީ އަށް ލިބުނު ފުރުސަތުގައި ވަނީ ތިރިތިރިން ގޯލަށް ބޯޅަ ވައްދާލައިފަ އެވެ. 

 ރާއްޖޭގެ ފުޓްބޯޅައިގައި ކުރިން ފޯރިގަދަކޮށް ކުރިއަށްގެންދިޔަ އެއް މުބާރާތް ކަމަށްވާ ކަޕް ވިނާސް ކަޕް، އެންމެ ފުރަތަމަ ބޭއްވީ މީގެ 31 އަހަރު ކުރިން، 1995 ވަނަ އަހަރު އެވެ. ކަޕް ވިނާސް ކަޕްގެ 11 މުބާރާތް ބޭއްވުމަށް ފަހު، 2009 އިން ފެށިގެން އެ މުބާރާތް ކުޅެފައިނުވެ އެވެ. އެންމެ ފަހުން، 2008 ވަނަ އަހަރު ބޭއްވި ކަޕް ވިނާސް ކަޕްގެ ޗެމްޕިއަންކަން ހޯދި ނިއު ރޭޑިއަަންޓް ސްޕޯޓްސް ކްލަބުންނެވެ.

މި ފަހަރުގެ މުބާރާތުގައި ނިއު އާއި ބުރުގެ އިތުރުން ކުޅެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޮޑި ސްޕޯޓްސް ކްލަބް އެވެ. މިރޭ ކުޅޭ މެޗުގައި އޮޑި އާއި މާޒިޔާ ބައްދަލުކުރާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox