ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތަކަށް ކަޕް ވިނާސް ކަޕް

Aug 2, 2026, 9:55 AM
ސީޒަން ހުޅުވުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ނިއު އާއި މާޒިޔާ އިން ވާދަކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ސީޒަން ހުޅުވުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ނިއު އާއި މާޒިޔާ އިން ވާދަކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތުގެ ގޮތުގައި، ކަޕް ވިނާސް ކަޕް ހަމަޖައްސައި، މާދަމާ އެ މުބާރާތް ފަށަން ތާވަލުކޮށްފި އެވެ. 

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ސީޒަން ކަލަންޑަރާއި ކަޕް ވިނާސް ކަޕްގެ ޝެޑިއުލް އަދި މީޑިއާ އަށް އާންމުކޮށްފައި ނުވީ ނަމަވެސް، މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމާ އެކު، ކަޕް ވިނާސް ކަޕް މާދަމާ ހަވީރު ފަށާ ގޮތަށް ޓީމުތަކަށް ވަނީ ޝެޑިއުލް ހިއްސާކޮށްފަ އެވެ. 

އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ ހަތް ވަނަ ފަހަރަށް ޝީލްޑް އުފުލާލައިފަ އެވެ.

މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން، މާޒިޔާ އާއި އެފްއޭ ކަޕްގެ ޗެމްޕިއަން، ނިއު ރޭޑިއަންޓްގެ އިތުރުން، ދެން، ކަޕް ވިނާސް ކަޕްގައި ކުޅެނީ، މިދިޔަ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން، އޮޑި ސްޕޯޓްސް ކްލަބާއި ލީގުގެ ގަދަ ހަތަރެއްގައި ހިމެނި، އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ކުޅުނު ބުރު ސްޕޯޓްސް ކްލަބް އެވެ. 

ކަޕް ވިނާސް ކަޕްގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު، ނިއު އިން ކުޅޭނީ ބުރުއާ އެވެ. އަދި، މާދަމާރޭ މާޒިޔާ އިން އޮޑިއާ ބައްދަލުކުރާނެ އެވެ. 

ދެން، ކަޕް ވިނާސް ކަޕްގެ މެޗުުތައް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު، ހަވީރު، މާޒިޔާ އިން ބުރުއާ ކުޅޭއިރު، އެރޭ ނިއު އިން އޮޑިއާ ބައްދަލުކުރާނެ އެވެ. އެ މެޗުތަކަށް ފަހު، ކަޕް ވިނާސް ކަޕް މެދުކަނޑާލާނީ، މި މަހު 11 ވަނަ ދުވަހު، މާޒިޔާ އިން އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިންގައި ކުޅޭ މެޗަށެވެ. ޗެލެންޖު ލީގުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދަން އަންނަ ހަފްތާގައި މާޒިޔާ އިން ގަލޮޅު ދަނޑުގައި ނުކުންނާނީ، ތަޖިކިސްތާންގެ ކަޕް ޗެމްޕިއަން، އެފްސީ ރެގާރުއާ ދެކޮޅަށެވެ. 

ކަޕް ވިނާސް ކަޕްގެ ލީގު ބުރުގެ ފަހު މެޗުތައް އޮތީ، މި މަހު 15 ވަނަ ދުވަހު އެވެ. އެ ދުވަހު ހަވީރު، އޮޑިން ބުރުއާ ކުޅޭއިރު، މާޒިޔާ އިން އެރޭ ބައްދަލުކުރާނީ ނިއުރޭޑިއަންޓާ އެވެ.

ކަޕް ވިނާސް ކަޕްގެ ލީގު ބުރުގެ ކުޅުން ނިމުމަށް ފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމުގެ މެދުގައި ފައިނަލް މެޗު އޮންނާނީ މި މަހު 18 ވަނަ ދުވަހުގެރޭގަ އެވެ.

 ރާއްޖޭގެ ފުޓްބޯޅައިގައި ކުރިން ފޯރިގަދަކޮށް ކުރިއަށްގެންދިޔަ އެއް މުބާރާތް ކަމަށްވާ ކަޕް ވިނާސް ކަޕް ފުޓްބޯޅަ މުބާރާތް އެނބުރި މި އަންނަނީ 18 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފުރަތަމަ ކަޕް ވިނާސް ކަޕް ބޭއްވީ މީގެ 31 އަހަރު ކުރިން، 1995 ވަނަ އަހަރު އެވެ. ކަޕް ވިނާސް ކަޕްގެ 11 މުބާރާތް ބޭއްވުމަށް ފަހު، 2009 އިން ފެށިގެން އެ މުބާރާތް ކުޅެފައިނުވެ އެވެ. އެންމެ ފަހުން، 2008 ވަނަ އަހަރު ބޭއްވި ކަޕް ވިނާސް ކަޕްގެ ޗެމްޕިއަންކަން ހޯދި ނިއު ރޭޑިއަަންޓް ސްޕޯޓްސް ކްލަބުންނެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ، ހަ ފަހަރު ތަށި ހޯދާފައިވާ ކްލަބް ވެލެންސިއާ އެެވެ.

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox