އޯގަސްޓު 12، ގައި އެމްޑީޕީއިން ވެރި ރަށް މާލޭގައި މުޒާހަރާ ކުރަނީ

Aug 2, 2026, 10:41 PM
ނަޝީދު އެމްޑީޕީގެ ބައްދަލުވުމެއްގައި: މުޒާހަރާ ކުރަނީ ތަކެތީގެ އަގުބޮޑުވާތީ -- ފޮޓޯ: އަދަދު ފައިލް

ނަޝީދު އެމްޑީޕީގެ ބައްދަލުވުމެއްގައި: މުޒާހަރާ ކުރަނީ ތަކެތީގެ އަގުބޮޑުވާތީ -- ފޮޓޯ: އަދަދު ފައިލް

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން އޯގަސްޓު 12، ގައި ވެރި ރަށް މާލޭގައި މުޒާހަރާ ކުރަން ނިންމައިފި އެވެ. 

"ކަޅު ހުކުރު" ގެ ގޮތުގައި މަޝްހޫރުވެފައިވާ އޯގަސްޓު 12، ގައި މުޒާހަރާއެއް ބާއްވަން ނިންމާފައިވާކަން އިއުލާނު ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. 

އެމްޑީޕީ އިން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، މުޒާހަރާ ކުރުމުގެ ބޭނުމަކީ ތަކެތީގެ އަގު އުފުލުމާއި ރައްޔިތުންނަށް ދިމަވާ އެހެނިހެން ދަތިތަކާ ގުޅިގެން އަޑު އުފުލުން ކަމަށެވެ. 

"ކަޅު ހުކުރު ދުވަހާ ގުޅުވައި މުޒާހަރާއެއް ރާވާއިރުގައި އަޅުގަނޑުމެން މި ރާވަނީ ތަކެތީގެ އަގު ބޮޑުވުމާއި ޑޮލަރުގެ އަގު މައްޗަށް ދިޔުމާއި ގޭބީސީތަކަށް، އާއިލާތަކަށް ޖުމްލަކޮށް މި ކުރިމަތިވަމުން އަންނަ ދަތިތަކާ ގުޅޭ ގޮތުން އަޅުގަނޑުމެން އަޑު އުފުލަން ކަމުގެ ނިޔަތުގައި،" ނަޝީދު ވިދާޅުވި އެވެ. 

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ސަރުކާރުން އާންމު ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރެއްގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ އަގު ވަނީ އަށް ޕަސެންޓު އުފުލިފަ އެވެ. 

ސްޓެޓިސްޓިކްސް ބިއުރޯއިން ނެރޭ އެސެންޝަން ކޮމޮޑިޓީސް ޕްރައިސް އިންޑެކްސް އިން ދައްކާ ގޮތުގައި އަހަރެއްގެ ތެރޭގައި އެންމެ ބޮޑުވީ ގޭހާއި ތެލުންނެވެ. ކާބޯތަކެއްޗާއި ބެވެރޭޖާސް އާއި ރީތިވާ ސާމާނުގެ އަގުތައް ވެސް ވަނީ އުފުލިފަ އެވެ.

އޭގެ އިތުރުން، ޑޮލަރުގެ ހަރަދު މަދު ނުކުރުމާއި ޑޮލަރުން ލިބޭ އާމްދަނީ އެކަށީގެންވާ މިންވަރަކަށް އިތުރުނުވާތީ ޑޮލަރުގެ އަގު ވެސް ވަނީ ވަރަށް ބޮޑުތަން އުފުލިފަ އެވެ. މިވަގުތު ޑޮލަރެއް ގަންނަން ލިބެނި 21.70 ރުފިޔާއަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox