އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު 19، ގައި، ގައުމީ މަޖިލިސް އިންތިހާބު އެއަށްފަހު

Aug 2, 2026, 11:10 PM
އެމްޑީޕީ އިން މީގެ ކުރިން ބޭއްވި ގައުމީ މަޖިލިސް ޖަލްސާއެއްގެ ތެރެއިން: ކޮންގްރެސްއަކީ ޕާޓީގެ އެންމެ އިސް ގުނަން

އެމްޑީޕީ އިން މީގެ ކުރިން ބޭއްވި ގައުމީ މަޖިލިސް ޖަލްސާއެއްގެ ތެރެއިން: ކޮންގްރެސްއަކީ ޕާޓީގެ އެންމެ އިސް ގުނަން

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސް ސެޕްޓެމްބަރު 19، ގައި ބާއްވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

ސެޕްޓެމްބަރު 19، އެމްޑީޕީގެ ކޮންގްރެސް ބާއްވަން ހުށަހެޅުއްވީ ގައުމީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. 

ނަޝީދުގެ ހުށަހެޅުން ފާސްވީ 52 ވޯޓާއެކު އެވެ. މިރޭގެ ޖަލްސާއަށް 63 މެންބަރުން ވަޑައިގެންނެވި އެވެ. 

"19 ސެޕްޓެމްބަރުގައި ކޮންގްރެސް ބާއްވާފަ ވެސް ގައުމީ މަޖިލީހުގެ އިންތިހާބު ބާއްވާކަށް ލަހެއް ނުވާނެ. ގައުމީ މަޖިލީސް ދަންމާލަކަށް ވެސް ނޫޅެން. ގައުމީ މަޖިލީހުގެ ދައުރު ހަމަވާއިރަށް އިންތިހާބު ބޭއްވޭނެ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސްއަކީ ގޮފިތަކާއި އެހެނިގެން މުހިންމު ހުރިހާ ގުނަވަނެއް ހިމެނޭ ގޮތަށް އެކުލެވިގެންވާ ޕާޓީގެ އެންމެ އިސް ގުނަވަނެވެ. އެންމެ މަދުވެގެން ކޮންމެ ފަސް އަހަރަކުން އެއްފަހަރު ކޮންގްރެސްގެ ބައްދަލުވުމެއް ބާއްވަންޖެހެ އެވެ. 

ކޮންގްރެސްގެ ޒިންމާއަކީ ޕާޓީގެ ސިޔާސަތުތައް އެކަށައެޅުމާއި އަސާސީ ގަވާއިދު އިސްލާހު ކުރުމާއި ޕާޓީ އުވާލުމެވެ. 

އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރަށް ތާވަލުކޮށްފައިވާއިރު، އެ ބައްދަލުވުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހަށް ބަދަލުތަކެއް ގެންނަން ވަނީ މަޝްވަރާ ކުރެވިފަ އެވެ. އޭގެ ތެރޭގައި އިންތިހާބަކާ ނުލާ ގައިމީ މަޖިލީހަށް އެއްވެސް މެންބަރަކު އައްޔަން ނުކުރެވޭ ގޮތަށް އިސްލާހެއް ގެނައުން ހިމެނެ އެވެ. 

އެމްޑީޕީ އިން ކޮންގްރެސް ބާއްވަން ތައްޔާރުވަމުން އަންނައިރު ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ، ޕާޓީ ކޮންގްރެސް ވެސް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ. އެ ކޮންގްރެސްގައި ޕާޓީގެ ނައިބު ލީޑަރުންގެ މަގާމަށް ހަ ބޭފުޅަކު އިންތިހާބު ކުރާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox