އެމްޑީޕީގެ މުޒާހަރާ އޯގަސްޓު 13 ވަނަ ދުވަހުގެ ރެއަށް ބަދަލުކޮށްފި

ޖޫން 18، 2026: އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން

ޖޫން 18، 2026: އެމްޑީޕީން ބޭއްވި އެއްވުމުގެ ތެރެއިން

ތަކެތީގެ އަގު އުފުލުމާއި ރައްޔިތުންނަށް ދިމަވާ އެހެނިހެން ދަތިތަކާ ގުޅިގެން އަޑު އުފުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވެރި ރަށް މާލޭގައި ކުރުމަށް ތައްޔާރުވަމުން އަންނަ މުޒާހަރާ އޯގަސްޓު 13 ވަނަ ދުވަހުގެ ރެއަށް ބަދަލުކޮށްފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ކުރީގެ ނައިބުރައީސް، މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވީ އޯގަސްޓު 12، 13 އަކީ އަނިޔާވެރި ޒަމާންވީ ވެރިކަމެއް ބަދަލުކުރެވިދާނެކަން ދިވެހިރައްޔިތުންނަށް ހާމަކޮށްދިން ތާރީހު ކަމަށެވެ.

އެގޮތުން މި އަހަރުގެ އޯގަސްޓު 12،13 އާ ކުރިމަތިލާއިރު، މިހާރު މި އޮތް ވެރިކަން ބަދަލުކުރުމުގެ ހާލަތު ޖެހިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި، އެ މަގަށް ކަންކަން ގެންދިޔުމަށްޓަކައި އެމްޑީޕީގެ ހަރަކާތްތައް އިތުރުކުރަން ޖެހިއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް [އޯގަސްޓު] 13 ވަނަ ދުވަސް އަޅުގަނޑުމެން މި ފާހަގަކުރަނީ އަލުން އަނބުރާ އަޅުގަނޑުމެން މިހާރު މި ރާއްޖެއަށް ދިމާވެފައި އޮތް ހާލަތު ބަދަލުކުރުމަށް ސަރުކާރަށް ޕްރެޝަރު ކުރުމަށްޓަކައި މުޒާހަރާކުރާ ދުވަހެއްގެ ގޮތުގައި އަޅުގަނޑުމެން އާންމު މެންބަރުންނާއި ރާއްޖޭގެ ރައްޔިތުންނަށް މި އިއުލާނުކުރަނީ،" ޝިއްޕެ ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ތަކެތީގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. ސަރުކާރުން އާންމު ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރެއްގެ ތެރޭގައި އަސާސީ ކާބޯތަކެތީގެ އަގު ވަނީ އަށް ޕަސެންޓު އުފުލިފަ އެވެ. 

ސްޓެޓިސްޓިކްސް ބިއުރޯއިން ނެރޭ އެސެންޝަން ކޮމޮޑިޓީސް ޕްރައިސް އިންޑެކްސް އިން ދައްކާ ގޮތުގައި އަހަރެއްގެ ތެރޭގައި އެންމެ ބޮޑުވީ ގޭހާއި ތެލުންނެވެ. ކާބޯތަކެއްޗާއި ބެވެރޭޖާސް އާއި ރީތިވާ ސާމާނުގެ އަގުތައް ވެސް ވަނީ އުފުލިފަ އެވެ.

އޭގެ އިތުރުން، ޑޮލަރުގެ ހަރަދު މަދު ނުކުރުމާއި ޑޮލަރުން ލިބޭ އާމްދަނީ އެކަށީގެންވާ މިންވަރަކަށް އިތުރުނުވާތީ ޑޮލަރުގެ އަގު ވެސް ވަނީ ވަރަށް ބޮޑުތަން އުފުލިފަ އެވެ. މިވަގުތު ޑޮލަރެއް ގަންނަން ލިބެނި 21.70 ރުފިޔާއަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox