އީސީގައި ރަޖިސްޓްރީކޮށްފައި އޮތް ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ނައިބު ރައީސުން ހޮވަންޖެހޭނީ ސިއްރު ވޯޓަކުން

ޕީއެންސީގެ އެންމެ މަތީ ލީޑަރު އަދި ޕާޓީގެ ރައީސް، ރައީސް މުހައްމަދު މުއިއްޒު: އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީ ހިންގެވުމަކީ އެމަނިކުފާނުގެ ޒިންމާއެއް -- ފޮޓޯ: އަދަދު ފައިލް

ޕީއެންސީގެ އެންމެ މަތީ ލީޑަރު އަދި ޕާޓީގެ ރައީސް، ރައީސް މުހައްމަދު މުއިއްޒު: އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީ ހިންގެވުމަކީ އެމަނިކުފާނުގެ ޒިންމާއެއް -- ފޮޓޯ: އަދަދު ފައިލް

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސުން އިންތިހާބު ކުރަން ހާމަ ވޯޓެއް ނަގަން އެ ޕާޓީ އިން ފާސް ކުރި ނަމަވެސް އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ނައިބު ރައީސުން ހޮވަންޖެހޭނީ ސިއްރު ވޯޓަކުން ކަން ހާމަވެއްޖެ އެވެ. 

ޕީއެންސީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީ އިން އަމަލު ކުރަމުންދަނީ އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ އެ ޕާޓީގެ އަސާސީ ގަވާއިދަށް ކަމަށެވެ. އެ ގަވާއިދުގައި ބުނާ ގޮތުން ނައިބު ރައީސުން ހޮވަން ނަގަންޖެހޭނީ ހާމަ ވޯޓެއް ކަމަށް ވެސް ޕީއެންސީ އިން ބުނެ އެވެ. 

"ޕާޓީގެ އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ޕާޓީގެ މަތީ މަޖިލީހުގެ ކަންކަން ފާސް ކުރުމަށް ވޯޓު ދޭނީ އަތް އުފުލައިގެން ކަމަށް. އަދި އެ މާއްދާގެ ށ. ގައި ބަޔާންކޮށްފައި ވަނީ ޕާޓީގެ މަތީ މަޖިލީހުގައި، ޕާޓީގެ މެންބަރުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށް ނެގޭނީ ހާމަ ވޯޓެއް ކަމަށް،" ޕީއެންސީގެ ބަޔާނުގައި ބުނެފައިވެ އެވެ. 

Advertisement

ޕީއެންސީގެ ބަޔާނުގައި ބުނެފައިވާ ގޮތަށް، އެ ޕާޓީގެ ވެބްސައިޓުން ފެންނަ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުން ނައިބު ރައީސުން ހޮވުމަށްޓަކައި ނަގަންޖެހެނީ ހާމަ ވޯޓަކުންނެވެ. އެކަމަކު މި ނޫހުން މިއަދު ބެލިއިރު ވެސް، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ފެންނަ، އެ ކޮމިޝަނުން އެންޑޯޒް ކޮށްފައި އޮތް ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ނައިބު ރައީސުން ހޮވަން ނަގަންޖެހޭނީ ސިއްރު ވޯޓެކެވެ. 

"ޕާޓީގެ މަތީ މަޖިލީހުގެ ކަންކަން ފާސް ކުރުމަށް ވޯޓު ދޭނީ އަތް އުފުލައިގެން. ޕާޓީގެ މަތީ މަޖިލީހުގައި މެންބަރުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށް ނެގޭނީ ސިއްރު ވޯޓެއް،" އީސީ އިން އެންޑޯޒްކޮށްފައިވާ ޕީއެންސީގެ އަސާސީ ގަވާއިދުގައި ބުނެފައިވެ އެވެ. 

ޕީއެންސީގެ ވެބްސައިޓުގައި މިހާރު އާންމުކޮށްފައިވާ އަސާސީ ގަވާއިދުގައި ބުނެފައި ވަނީ އެ ގަވާއިދަކީ، ޕާޓީގެ މަޝްވަރާ މަޖިލީހުން މެއި 15، 2025، ގައި އިސްލާހުކޮށްފައިވާ ގަވާއިދެއް ކަމަށެވެ. ނަމަވެސް މި ނޫހުން ބެލިއިރު، ޖެނުއަރީ، 2026، ގައި ވެސް އެ ބުނާ އިސްލާހު ކުރި ގަވާއިދު ވެބްސައިޓަކަށް ނުލަ އެވެ.

މެއި 15، 2025، ގައި ޕީއެންސީގެ ސެނެޓު ބައްދަލުވުމެއް ބާއްވައި ނައިބު ރައީސުންގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރި އެވެ. އެކަމަކު، އެ ދުވަހު ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި އަސާސީ ގަވާއިދު އިސްލާހު ކުރިކަން ހާމަކޮށްފައެއް ނުވެ އެވެ.

ޕީއެންސީ އިން އިއްޔެ ނެރުނު ބަޔާނުގައި، ބުނެފައިވާ ގޮތުން ސިއްރު ނޫން ވޯޓެއް ނަގަން އެ ޕާޓީގެ އިންތިހާބު ވިލަރެސް ކުރާ ކޮމީޓީއިން ނިންމާފައެއް ނުވެ އެވެ. ނަމަވެސް އަދަދު އާ ވާހަކަ ދެއްކި ޕީއެންސީގެ ސީނިއާ ދެ އޮފިޝަލަކު ވަނީ، ސިއްރު ނޫން ވޯޓެއް ނަގަން އިންތިހާބު ވިލަރެސް ކުރާ ކޮމިޓީއިން ނިންމިކަން ޔަގީންކޮށްދީފަ އެވެ.

"އަސާސީ ގަވާއިދުގައި އެހާ ސާފުކޮށް އޮތް ކަމެއް ވިއްޔާ ކީއްކުރަންތޯ ކޮމިޓީއިން ނިންމަންވީ ހާމަ ވޯޓެއް ނަގަން. އެކަމަކު ކޮމިޓީ އެގޮތަށް ނިންމި،" ނަން ހާމަނުކުރަން އެދި މި ނޫހާ ވާހަކަ ދެއްކި ޕީއެންސީގެ ސީނިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީއަށް ހަ ނައިބު ރައީސަކު ހޮވަންޖެހެ އެވެ. އެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް މިހާތަނަށް ހަތް މެންބަރަކު ވަނީ ހާމަ ކުރައްވާފަ އެވެ. އެއީ މެންބަރު އިބްރާހިމް ސުޖާއު އާއި މެންބަރު ފާތިމަތު ސައުދާ އާއި މެންބަރު އަސްމާ ރަޝީދާއި އޭނާގެ ދަރިކަލުން އަދި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް އާއި އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ސްޕޯޓް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. 

ޕީއެންސީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުން އެ ޕާޓީގެ ވެރިކަމެއްގައި އެ ޕާޓީގެ އެންމެ އިސް ލީޑަރަކީ އަދި ރައީސްއަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. ޕާޓީގެ ސިޔާސަތުތައް އެކުލަވާލުމާއި ޕާޓީ ހިންގުމުގެ އެންމެ އިސް ވެރިޔަކީ ވެސް ޕާޓީގެ ރައީސް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox