އާސެނަލް ފަހަތަށް ޖައްސާލައި ޗެލްސީން 150 މިލިއަން ޑޮލަރަށް ރޮޖާސްގެ ސޮއި ހޯދައިފި

Jul 22, 2026, 9:11 AM
އިނގިރޭސި މިޑްފީލްޑަރު މޯގަން ރޮޖާސް: އޭނާ ވަނީ ރެކޯޑް އަގަކަށް ޗެލްސީ އަށް ބަދަލުވެފައި.

އިނގިރޭސި މިޑްފީލްޑަރު މޯގަން ރޮޖާސް: އޭނާ ވަނީ ރެކޯޑް އަގަކަށް ޗެލްސީ އަށް ބަދަލުވެފައި.

ލަންޑަން (ޖުލައި 22) - އެސްޓަން ވިލާ އަށް ކުޅެމުން އައި އިނގިރޭސި މިޑްފީލްޑަރު، މޯގަން ރޮޖާސް އަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، އާސެނަލުން ފާރަލަމުން އަންނަނިކޮށް، ޗެލްސީން 150 މިލިއަން ޑޮލަރު ދައްކާގޮތަށް އެ ޑީލް ނިންމައިފި އެވެ. 

މިއާ އެކު، އުމުރުން 23 އަހަރުގެ ރޮޖާސް ވެފައިވަނީ، އިނގިރޭސި ކުޅުންތެރިއަކަށް ބަލާއިރު، އެންމެ އަގުބޮޑު ޓްރާންސްފާ އަށެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ނޮޓިންހަމް ފޮރެސްޓްގެ އެލިއަޓް އެންޑަސަން، މެންޗެސްޓާ ސިޓީ އަށް ބަދަލުވި ޑީލުގެ އަގު އަރަނީ، 145 މިލިއަން ޑޮލަރަށެވެ. 

މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރެއިން، އާސެނަލުން ވަނީ ރޮޖާސްގެ އެޖެންޓާ އެކު މަޝްވަރާތައް ކުރިއަށްގެންގޮސްފަ އެވެ. އެކަމަކު، އެ ވަގުތު ރޮޖާސްގެ ފޯކަސް ހުރީ ވޯލްޑް ކަޕަށެވެ. އެކަމަކު، ފަހުން އާސެނަލުން މި ޑީލްގެ މަޝްވަރާތައް މަޑުޖައްސާލާފައި ވަނިކޮށް، ޗެލްސީން މި ވަނީ ބޮޑު ފީއެއް ހުށަހަޅައި، މި ޓްރާންސްފާ ހައިޖެކްކޮށްފަ އެވެ. 

ރޮޖާސް އަށް ޗެލްސީން ދީފައިވަނީ ހަ އަހަރުގެ ކޮންޓްރެކްޓެކެވެ. ރޮޖާސް ގެންނަން ޗެލްސީގެ ބޯޑަށް އެންމެ ބޮޑަށް ބާރު އެޅީ ޗެލްސީގެ ކޯޗު ޒަބީ އަލޮންސޯ އެވެ. ރޮޖާސް ބުނީ، އަބަދުވެސް ޗެލްސީއާ މެދު ހާއްސަ ޝައުގުވެރިކަމެއް އޮންނަ ކަމަށާއި ކެރިއަރުގެ މުހިންމު އަހަރުތަކެއް އެ ޓީމަށް ކުޅެލަން ލިބުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. 

"ވަރަށް އުފަލުން މި ހުރީ ލަންޑަންގެ އެންމެ ބޮޑު ކްލަބަށް ބަދަލުވެވުނީމަ،" ރޮޖާސް ބުންޏެވެ. 

ރޮޖާސް ވަނީ މިދިޔަ ސީޒަނުގައި އެސްޓަން ވިލާއާ އެކު، ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެ ޓީމަށް މީގެ ދެ އަހަރު ކުރިން ބަދަލުވި ރޮޖާސް ވަނީ 85 މެޗުން 40 ގޯލު ޖަހައިފަ އެވެ. ރޮޖާސް އަކީ މި ފަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި އިނގިރޭސި ގައުމީ ޓީމުގެ ސްކޮޑުގެ މެމްބަރެކެވެ. އަދި، އޭނާ ވަނީ މިހާތަނަށް އިންގްލެންޑް ގައުމީ ޓީމަށް 22 މެޗު ކުޅެދީފަ އެވެ. 

ވެސްޓް ބްރޮމްގެ ޔޫތު ޓީމުން ކެރިއަރު ފެށި ރޮޖާސް ވަނީ 2019 ވަަނަ އަހަރު މެންޗެސްޓާ ސިޓީ އަށް ބަދަލުވެފަ އެވެ. އެ ޓީމުގައި ހުރިއިރު، ލޯން ޑީލެއްގައި، ލިންކޮން ސިޓީ، ބޯންމައުތު، އަދި ބްލެކްޕޫލަށް ކުޅެފަ އެވެ. އޭގެ ފަހުން، އެއް ސީޒަނުގައި މިޑްލްސްބަރާ އަށް ކުޅުނު ރޮޖާސް، 2024 ވަނަ އަހަރު އެސްޓަން ވިލާ އަށް ބަދަލުވީ 20 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. 

އިންގްލެންޑަށް ބަަލާއިރު ރޮޖާސް ވަނީ، ސީނިއާ ގައުމީ ޓީމަށް ކުޅުމުގެ ކުރިން ހަ އުމުރުފުރާއެއްގެ ގައުމީ ޓީމުތަކަށް ކުޅެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox