ސުވާލުތައް އެޖެންޑާކުރުން ލަސްވުމަކީ އަޅުގަނޑު ޒިންމާވާން ޖެހޭ ކަމެއް ނޫން: މުއްތަލިބު

އޮގަސްޓު 3، 2026: ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް މިނިސްޓަރު މުއްތަލިބު ޖަވާބު ދެއްވަނީ --- ފޮޓޯ: މަޖިލިސް އިދާރާ

އޮގަސްޓު 3، 2026: ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް މިނިސްޓަރު މުއްތަލިބު ޖަވާބު ދެއްވަނީ --- ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރައްވާ ސުވާލުތައް އެޖެންޑާ ކުރުމުގައި ލަސްތަކެއް އުޅުމަކީ އެ ސުވާލުތަކަށް ޖަވާބު ނުލިބުގެ ޒިންމާ ނަގަން ޖެހޭ ސަބަބެއް ނޫން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މަޖިލިސް ޖަލްސާއަށް މިއަދު މުއްތަލިބު ހާޒިރުވެވަޑައިގެންނެވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ދެ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. އެއީ އޭނާގެ ދާއިރާގައި ހިމެނޭ ކިހާދޫ އާއި ކުޑަރިކިލުގެ ފެނާއި ނަރުދަމާގެ ނިޒާމާ ގުޅޭ ސުވާލުތަކެކެވެ. އެއީ ސެޕްޓެމްބަރު 2025، ގައި ކޮށްފައިވާ ސުވާލެކެވެ.

"ތި ބޭފުޅުން ސުވާލުތަކުގެ އަދަދު ގިނަވީމާ ކިއުގައި، މަޖިލީހުގައި އެޖެންޑާ ކުރެވޭ ގޮތް ލަސްވުމަކީ އަދި އަޅުގަނޑު އެކަމުގައި ޒިންމާވާން ޖެހޭ ކަމެއް ނޫނޭ،" އެ ސުވާލަށް ޖަވާބު ދެއްވަން ފެއްޓެވުމުގެ ކުރިން މުއްތަލިބު ވިދާޅުވި އެވެ. 

Advertisement

އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހުށަހެޅި ސުވާލުތަކުގެ ތެރެއިން އެންމެ ގިނަ ސުވާލު އަމާޒުވެފައިވަނީ މުއްތަލިބަށެވެ. އެންމެ ގިނައިން ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވިހިވަނަ މަޖިލީހަށް ވަޑައިގެންނެވި އެއް ވަޒީރަކީ މުއްތަލިބެވެ. 

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހާމަކުރައްވާފައިވާ ގޮތުގައި މުއްތަލިބަށް އަމާޒުކޮށް 56 ސުވާލެއް އެމްޑީޕީގެ މެންބަރުން ވަނީ ކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ ސުވާލުތަކަށް އަދިވެސް ޖަވާބު ލިބިފައެއް ނުވެ އެެވެ. 

ވަޒީރުން މަޖިލީހަށް ހާޒިރުނުވެ، މެންބަރުންނަށް ޖަވާބުދާރީވެވަޑައިނުގަންނަވާތީ އެމްޑީޕީ މެންބަރުން ކަންބޮޑުވުން ފާޅުކުރެ އެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވެސް އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ މަޖިލީހަށް ޖަވާބުދާރީނުވުމުގެ މައްސަލަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox