ގޮނޑި ގެއްލޭ އިސްލާހު ސުޖޫން އެއްފަދަކުރީ މެޗުގެ މެދުތެރެއިން ގަވާއިދު ބަދަލުކުރުމާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާާއިޝަތު ޝުޖޫން: ގާނޫނުއަސާސީއަށް އިސްލާހު ގެނައީ ކުޅުމުގެ މެދުތެރެއިން ގަވާއިދު ބަދަލުކުރާހެން ކަމަށް ވިދާޅުވި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާާއިޝަތު ޝުޖޫން: ގާނޫނުއަސާސީއަށް އިސްލާހު ގެނައީ ކުޅުމުގެ މެދުތެރެއިން ގަވާއިދު ބަދަލުކުރާހެން ކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފްލޯ ކްރޮސްކޮށްފި ނަމަ ނުވަތަ އެމީހަކު އެހެން ސިޔާސީ ޕާޓީއަކާ ގުޅިއްޖެ ނަމަ މެންބަރުކަމުން ވަކިވާނެ ކަމަށް ބުނެ ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނައީ ކުޅުމުގެ މެދުތެރެއިން ގަވާއިދު ބަދަލުކުރާހެން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝަތު ޝުޖޫން މިއަދު ވިދާޅުވެއްޖެ އެވެ. 

ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ނުޖެހޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމެވި ނިންމެވުމާ ދެކޮޅަށް ހަމައެކަނި ރައުޔު އިއްވަވަައި ޝުޖޫން ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ފެންނަ ކަމަށެވެ. އެއީ ގާނޫނުއަސާސީއާ ހިލާފަށް ގެނައި ބަދަލެއް ކަމަށް ވެސް ރައުޔު އިއްވަވަމުން ފަނޑިޔާރު ވިދާޅުވި އެވެ.

ޝުޖޫން ވިދާޅުވީ މިސާލެއް ބޭނުންކޮށްގެން ތިލަކުރާނަމަ ގަވާއިދުތަކުގެ މައްޗަށް ބިނާކުރާ ކުޅިވަރެއް ރައްޔިތުން ކުޅެނިކޮށް ބަދަލުގެނައީ އެއްވެސް އަހާލުމެއް އަދި މަޝްވަރާއެއް ނެތި ކުޅުމުގެ މެދުތެރެއިން ކަމަށެވެ. 

"ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު، ދައުލަތުގެ ފަރާތުން މާނަކުރާގޮތަށް ބެލި ނަމަވެސް، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) ގެ 2 ގައި ހިމަނާފައިވަނީ އެ ބަޔަކު ރައްޔިތުންގެ މަޖިލީހަށް ހޮވިއިރު ނެތް ޝަރުތެއް. މިސާލެއް ބޭނުންކޮށްގެން ތިލަކުރާނަމަ، ގަވާއިދުތަކުގެ މައްޗަށް ބިނާކުރާ ކުޅިވަރެއް ރައްޔިތުން ކުޅެމުންދަނިކޮށް އެނގުމެއް، އަހާލުމެއް އަދި މަޝްވަރާ ކުރުމެއް ނެތި ކުޅުމުގެ މެދުތެރެއިން ގަވާއިދު ބަދަލުވުމުގެ ހާލަތެއް،" ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ. 

ޝުޖޫން ވިދާޅުވީ މި އިސްލާހު ގާނޫނުއަސާސީއަށް ގެނެސްފައިވަނީ ދައުލަތުގެ އެކި ބާރުތަކަށް އެ ބާރުތައް ދީފައިވާ ގޮތުގެ މައްޗަށް ޖުމްލަކޮށް ނަޒަރު ކުރުމުން ގާނޫނު އަސާސީން އެކަށަ އަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ. 

"މި އިސްލާހަށް ރަޖުއީކޮށް އަމަލުކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ބިނާކޮށްފައި އޮތް ގޮތާއި ގާނޫނުއަސާސީ އަތުރާފައިވާ ގޮތާއި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގުތަކާއި ޒިންމާތަކަށް އަދި އޭގެއިންވެސް ހާއްސަކޮށް ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރުމަށާއި 2 ވަނަ ބާބުގައި ބަޔާންވެގެންވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމަށް މުޅި ދައުލަތަށް މަތިކޮށްފައިވާ ވާޖިބާއި އަދި ދައުލަތުގެ އެކި ބާރުތަކަށް އެ ބާރުތައް ދީފައިވާ ގޮތުގެ މައްޗަށް ޖުމްލަކޮށް ނަޒަރު ކުރުމުން ގާނޫނު އަސާސީން އެކަށަ އަޅާފައިވާ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް އަހުރެން ދެކެން،" ޝުޖޫން ވިދާޅުވި އެވެ. 

ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ނުޖެހޭ ކަމަށް އެންމެ މަތީ ކޯޓުން މިއަދު ނިންމީ އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރެއްގެ އަގުލަބިއްޔަތުންނެވެ. 

އެ މައްސަލައިގައި މިއަދު ހުކުމް ކުރައްވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ ގާނޫނުއަސާސީ މި ސަރުކާރުން ގެނައި އިސްލާހު ބާތިލް ކުރަންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ. 

"ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެންނުވާ ބާތިލު އިސްލާހެއް ކަމަށް ކަނޑައެޅޭނެ އެއްވެސް ހަމައެއް ނެތް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. 

ސިޔާސީ ޕާޓީއަކުން ވަކިވެއްޖެ ނަމަ އެމީހަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ބުނާ މާއްދާ ގާނޫނުއަސާސީއަށް އިތުރު ކުރީ 2024 ވަނަ އަހަރެވެ. 

އޭގެ ފަހުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅައި، ކޯޓުން އެ މައްސަލަ ބަލަމުންދަނިކޮށް ތިން ފަނޑިޔާރަކު ވަނީ ސަސްޕެންޑުކޮށްފަ އެވެ. ސަސްޕެންޑު ކުރި ދެ ފަނޑިޔާރަކު ފަހުން މަގާމުން ވަކިކުރިއިރު، އެއް ފަނޑިޔާރަކު އަމިއްލައަށް އިސްތިއުފާ ދެއްވީ އެވެ. 

ސުޕްރީމް ކޯޓުން މިއަދު މައްސަލަ ނިންމީ މި ސަރުކާރުން ފަހުން އައްޔަން ކުރި ތިން ފަނޑިޔާރަކު ހިމަނައިގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox