މުއިއްޒުގެ ވެރިކަން ވެއްޓުން ވަރަށް ގާތް ކަމަށް ނަޝީދު ވިދާޅުވެއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދު: މުއިއްޒަށް އޮތް ތާއީދު 30 ޕަސަންޓަށްވުރެ ވެސް ދަށް ކަމަށް ނަޝީދު ވިދާޅުވި -- ފޮޓޯ: އަދަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: މުއިއްޒަށް އޮތް ތާއީދު 30 ޕަސަންޓަށްވުރެ ވެސް ދަށް ކަމަށް ނަޝީދު ވިދާޅުވި -- ފޮޓޯ: އަދަދު

ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ވެއްޓުން ވަރަށް ގާތް ކަމަށް ކުރީގެ ރައިސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އަދަދު ނޫހުގެ ވިއުގަ ޕްލެޓްފޯމް ލޯންޗުކުރުމަށް އިއްޔެ ބޭއްވި ހަފްލާގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ އަލުން އަނބުރާ ވެރިކަމަށް އައުން ކަމަށްވިޔަސް އެކަމަށްވުރެ އެންމެ ގާތީ މުއިއްޒުގެ ވެރިކަން ވެއްޓުން ކަމަށެވެ. 

"އަޅުގަނޑުމެންގެ އަމާޒަކީ އަލުން އަނބުރާ ވެރިކަމަށް އައުން. ދެން އަޅުގަނޑަށް ފެންނަ ތަނުގައި އަޅުގަނޑުމެން ވެރިކަމަށް އައުމަށްވުރެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުން ވެއްޓުން މިއީ ބޮޑަށް ގާތީ. މީގައި ދެކަމެއް ހިނގާ އެނގޭތޯ. ބަޔަކަށް ވެރިކަމަށް އާދެވޭނެ. އެވެސް ކުރެވެން އޮތް ކަމެއް. ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގައިގެން. އަދި ވެރިކަމުގައި ތިބި ބަޔަކަށް އަމިއްލައަށް ވެރިކަމުން ވެއްޓެވިދާނެ. އަދި ބަލިވެވިދާނެ،" ނަޝީދު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ ވެރިކަން ދެމި ނޯންނަނީ ވާދަވެރި ފަރާތްތަކުން ކުރާ މޮޅު ކަންކަމުގެ އިތުރުން ވެރިކަމުގައި ހުންނަވާ ބޭފުޅަކު އަމަލުކުރައްވާ ގޮތަކުން، އެކަމުގައި އަމިއްލަ އަށް ބަލިވެގެން ކަމަށެވެ. 

މުއިއްޒުގެ ތާއިދު މިވަގުތުން ވަރަށް ބޮޑަށް ދަށްވެއްޖެ ކަމަށާއި އިންތިހާބެއް ބޭއްވިޔަސް 30 ޕަސަންޓު ވެސް މުއިއްޒަށް ނުލިބޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ފަސް ޕަސަންޓު ލިބޭ ދަރަޖައަށް މުއިއްޒު ނުވެއްޓުނަސް ދެވަނަ ދައުރެއް އެމަނިކުފާނަށް ލިބި ދައުރު ދެމިގެންދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.  

"މިއަދު އަޅުގަނޑު ލަފާކުރާ ގޮތުގައި ޑރ. މުއިއްޒަށް މި ސަރުކާރަށް 30 ޕަސަންޓަަށްވުރެ މިހާރު މަދުވާނެ ތާއީދު އޮތް މިންވަރު. އެހެންވީމަ މިހާރު ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ދާއިރުގައި ދެން އަޅުގަނޑަކަށެއް ނޭނގޭ ފަސް ޕަސަންޓާ ހަމައަށް އެއީ އަޅުގަނޑުމެން އަނެއްކާވެސް ފާހަގަވެފައި އިންނަ ޕަސަންޓެއް ވެރިމީހާ ހޯދި،" ކުރީގެ ރައީސް މުހައްމަދު ވަހީދަށް 2013 ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނު ނަތީޖާއަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ. 

"އެ ދަރަޖައަށް [މުއިއްޒު] ވެއްޓިގެން ނުދިޔަ ކަމުގައިވިޔަސްވެސް އަޅުގަނޑަކަށް ލަފައެއް ނުކުރެވޭ މި ވެރިކަން ދެވަނަ ދައުރަކަށް ދެމިގެން ގޮސްދާނެ ކަމަކަށް."

މަގުމައްޗަށް ނުކުމެ، ސަރުކާރު ހަމަ މަގަށް އެޅުވުމުގެ މަސައްކަތަށް ތައްޔާރުވަމުން އަންނަ ކަމަށް ނަޝީދު މިދިޔަ ހަފުތާގައި ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ އެ މަސައްކަތުގައި ރައްޔިތުން ބައިވެރިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. 

މީގެއިތުރުން ރާއްޖޭގެ ރައްޔިތުންނަށް ކަންކަން ތަހައްމަލު ނުކުރެވޭ ހިސާބަށް ކަންކަން ދިޔުމަށް ސަރުކާރާ ދެކޮޅަށް ރައްޔިތުން ތެދުވާނެ ކަމުގެ ޔަގީންކަން  އޮތްކަމަށް ނަޝީދު ވިދާޅުވި އެވެ. 

އޮންލައިން ވިޔަފާރިތައް ފަޅާމުން އަންނައިރު އަދި އެންމެން އޮންލައިންކޮށް ތިބޭއިރު އަދަދު ނޫހުން ތައްޔާރުކުރި ވިއުގަ ޕްލެޓްފޯމަކީ މުހިއްމު އަދި ކުރިއަރައިގެން ދިޔުމުގެ ފުރުސަތު އޮތް ޕްލެޓުފޯމެއް ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox