ހުޅުމާލޭގެ ޖަންކްޝަންތައް ފުރިގެން ނަޖިސް ބޭރުވާތީ ކަންބޮޑުވުން ފާޅުކޮށް މުއިއްޒަށް ސިޓީއެއް

ހުޅުމާލެ ފޭސް 1 ގެ ޖަންކްޝަނުން ނަޖިސް ބޭރުވުން

ހުޅުމާލެ ފޭސް 1 ގެ ޖަންކްޝަނުން ނަޖިސް ބޭރުވުން

ހުޅުމާލޭގެ ޖަންކްޝަންތައް ފުރިގެން ނަޖިސް ބޭރުވާތީ ސިއްހީ ކާރިސާއެއް ދިމާވެދާނެތީ ކަންބޮޑުވުން ފާޅުކޮށް މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވައިފި އެވެ. 

ހުޅުމާލޭގައި ދިރިއުޅޭ އަލީ އިބްރާހިމް ކިޔާ މީހަކު މުއިއްޒަށް ފޮނުވި ސިޓީގައި ބުނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ ބްލޫހެވަން ރެސިޑަންސްގެ ޖަންކްޝަންތަކާއި ރީތިގަސް ރެސިޑެންސްގެ ޖަންކްޝަންތައް ފުރިގެން ނަޖިސް ބޭރުވަމުންދާއިރު އެކަމުގެ ސަބަބުން ހީނުކުރާވަރުގެ ސިއްހީ ކާރިސާއެއް ހިނގާފާނެ ކަމަށް ބެލެވޭ ކަމަށެވެ. 

"މިކަމުގެ ސަބަބުން ހީނުކުރާވަރުގެ ސިއްހީ ކާރިސާއެއް ހިނގާފާނެ ކަމަށް ބެލެވޭ. އަދި ވަކިން ހާއްސަކޮށް ރަށުގެ ފެންފަށަލައަށް މިގޮތަށް ރޯ ނަޖިސް ބޭރުވުމަކީ ކިހާ ނުރައްކާ ކަމެއްކަން ހަމަގައިމުވެސް ތިޔަ މަނިކުފާނަށް އަޅުގަނޑަށްވުރެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ،" އޭނާ ބުންޏެވެ. 

Advertisement

އޭނާ ބުނީ މިކަން ހައްލުކުރަން ތަކުރާރުކޮށް އެމްޑަބްލިއުއެސްސީގައި އެދުނު ނަމަވެސް މިހާތަނަށް ދާއިމީ ހައްލެއް ލިބިފައި ނުވާ ކަމަށެވެ. މިކަމަށް ދާއިމީ ހައްލެއް ލިބޭނީ އެ ސަރަހައްދުގެ ޖަންކްޝަންތައް ސަރަހައްދަށް އެކަށީގެންވާ ގޮތަށް އަލުން ރީ ޑިޒައިންކޮށްގެން ކަމަށް އޭނާ ފާހަގަކުރި އެވެ. 

"ދާއިމީ ހައްލަކަށްވާނީ މުޅި ހިސާބު އެއްކޮށް ރީޑިޒައިންކޮށް، އައިސީތައް ބަދަލުކޮށް މިޒާތުގެ އެތައް ކަމެއް ކޮށްގެން. އިތުރަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހިސާބުގެ ނަޖިސް ލައިނަކީ، މި ހިސާބަށް އެކަށީގެންވާވަރަށްވުރެ މާކުޑަ ކެޕޭސިޓީއެއް ހުރި އެއްޗެއް. ކުރިން މި ހިސާބަކީ މިވަރުގެ އުސް އިމާރާތްތަކާއި، މާ ގިނަ ބަޔަކު އުޅޭ ސަރަހައްދެއް ކަމުގައި ކަނޑައެޅިފައި ނުވާތީ، މި ހިސާބުގައި އޮތީ ކުރީގެ ޕްލޭނަކަށް ހެދިފައިވާ ކުޑަ ނަޖިސް ލައިނެއް ކަމަށް މައުލޫމާތު ލިބޭ،" އޭނާ ބުންޏެވެ. 

އަލީ އިބްރާހިމް ބުނީ ނަޖިސް ބޭރުވާ ސަރަހައްދުތަކުގައި މުޅިން އަލަށް ހަތަރު އިމާރާތް ކުރަމުންދާއިރު އެތަނުގައި މީހުން ދިރިއުޅެން ފެށުމުން އެ ސަރަހައްދަށް ނުކަތާވަރުވުމުން ދެން ވާނެ ގޮތެއް އަންދާޒާ ވެސް ނުކުރެވޭ ކަމަށެވެ. 

މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ވިސްނުން މިވަގުތު އެމްޑަބްލިއުއެސްސީގައި ނެތްއިރު، ދާއިމީ ހައްލެއް ގެނައުމުގައި މުއިއްޒުގެ އެހީތެރިކަމަށް އަލީ އިބްރާހިމް އެދިވަޑައިގެންނެވި އެވެ. 

ހުޅުމާލޭގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގެ ޖަންކްޝަންތަކުން ވެސް ނަޖިސް ބޭރުވެ އެވެ. ނަމަވެސް ކޮންމެ ފަހަރަކު އެމްޑަބްލިއުއެސްސީން އެޓެންޑުވެ، އެތަނެއް ސާފުކުރަނީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox